ހުޅުމާލޭ ފުލެޓްތައް: ފޮޓޯ/ އެޗްޑީސީ
ހަބަރު
29 Jan 2026 | 15:48
ފްލެޓްތަކުގެ ކޮމަން އޭރިއާގައި މީހުންނަށް އުނދަގޫވާގޮތަށް ހުރި ތަކެތި ނަގަން އެޗްޑީސީން އަންގައިފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ ފްލެޓްތަކުގެ ކޮރިޑޯތަކާއި އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ތަކެތި ނެގުމަށް އެ ކޯޕަރޭޝަނުން މިއަދު އަންގައިފިއެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ، ފްލެޓްތަކުގެ ކޮރިޑޯއާއި އާންމު ސަރަހައްދުތަކުގައި އާންމުންނަށް ދަތިވާ ގޮތަށް ފަރުނީޗަރާއި، ބައިސްކަލާއި، ފައިވާން ހަރު ފަދަ ތަކެތި ބަހައްޓާފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތަށް ތަކެތި ބެހެއްޓުމުގެ ސަބަބުން އެހެން މީހުންނަށް އާންމު ބައިތައް ބޭނުންކުރުމުގައި ދަތިވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން، އާންމު ސަރަހައްދުތަކުގައި ތަކެތި ބެހެއްޓުމަކީ އިމާރާތުގެ ސާފުތާހިރުކަމާއި، ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ހުރަސްއެޅޭ ކަމެއްގެ ގޮތުގައި އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ފްލެޓްތަކުގެ އާންމު ބައިތަކާއި ވަސީލަތްތައް ބޭނުންކުރުމުގެ އުސޫލާވެސް ހިލާފު ކަމެކެވެ.

އެހެންކަމުން، އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ މިފަދަ ތަކެތި މިއަދުން ފެށިގެން 02 (ދޭއް) ދުވަހުގެ ތެރޭގައި ނެގުމަށް އެޗްޑީސީން ވަނީ އަންގާފައެވެ. އެ މުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ ތަކެތި އެ ކޯޕަރޭޝަނުން ނަގާނެ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން މުދަލަށް ލިބޭ އެއްވެސް ގެއްލުމަކަށް އެޗްޑީސީން ޒިންމާ ނުވާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

އެޗްޑީސީން ވަނީ މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.