ޗައިނާގެ 2 ފްލައިޓު-- ފޮޓޯ/ މައިގްލޯބަލްނިއުސް
ދުނިޔެ
29 Jan 2026 | 16:01
އަންނަ މަހު ޗައިނާއާއި ޖަޕާނާއި ދެމެދުގެ ހުރިހާ ފްލައިޓެއް ކެންސަލް

ސިޔާސީ މަސްލަހަތު ގޯސްވުމާއި، ސަލާމަތީ ގޮތުން ހުރި ކަންބޮޑުވުންތަކުގެ ސަބަބުން، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ޗައިނާ އާއި ޖަޕާނާ ދެމެދު ދަތުރުކުރާ 49 ރޫޓެއްގެ ޝެޑިއުލް ފްލައިޓްތައް ޗައިނާގެ އެއަރލައިންތަކުން ކެންސަލްކޮށްފިއެވެ.

ވައިގެ ދަތުރުފަތުރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖެނުއަރީ 26 އާ ހަމައަށް، ބީޖިންގ، ޝަންހާއީ، ގުއަންޒޫ، ނަންޖިންގ އަދި ދާލިއަން ފަދަ ޗައިނާގެ މައިގަނޑު ސިޓީތަކުން ޖަޕާނުގެ ޓޯކިޔޯ، އޯސާކާ، ފުކުއޯކާ، ސައްޕޯރޯ އަދި އޮކިނާވާ ފަދަ މަންޒިލްތަކަށް ކުރަން ހަމަޖެހިފައިވާ ހުރިހާ ދަތުރެއް ވަނީ ރަސްމީ ޝެޑިއުލްތަކުން އުނިކޮށްފައެވެ. މިއީ ޖެނުއަރީ މަހު މި ދެ ގައުމުގެ ދެމެދުގައި ކުރާ ދަތުރުތަކުގެ ދެބައިކުޅަ އެއްބައި ކެންސަލްކޮށްފައި އޮތް އޮތުމަށްވުރެ ބޮޑު އިތުރުވުމެކެވެ.

މި ފްލައިޓްތައް ކެންސަލްކުރަން ފަށާފައިވަނީ ޗައިނާގެ ފޮރިން މިނިސްޓްރީއާއި އެ ގައުމުގެ ޑިޕްލޮމެޓިކް މިޝަންތަކުން ދަތުރުފަތުރުގެ އިންޒާރުތަކެއް ނެރުމާ ގުޅިގެންނެވެ. އެ އިދާރާތަކުން ވަނީ، ހާއްސަކޮށް ކުރިއަށް އޮތް ލޫނާ ނިއު އިޔާގެ ބަންދު ދުވަސްވަރު ޖަޕާނަށް ކުރާ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫން އެހެން ދަތުރުތައް ފަސްކުރުމަށް ނުވަތަ އެކަމާ މެދު އަލުން ވިސްނުމަށް ރައްޔިތުންނަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ. މީގެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޖަޕާނުގައި ޗައިނާގެ ރައްޔިތުންނަށް އަމާޒުކޮށް ހިންގާ ކުށްތައް އިތުރުވަމުންދާ ކަމަށް ބުނާ މައްސަލަތަކާއި، ބިންހެލުންތަކުގެ ނުރައްކަލާއި، އާންމު ސަލާމަތީ ކަންބޮޑުވުންތަކެވެ. މީގެ އިތުރުން، ސަރަހައްދީ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ބެއިޖިންގ އާއި ޓޯކިޔޯއާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ދަތުރުފަތުރުގެ ޑިމާންޑް  ވަނީދަށްވެފައެވެ.

އެއަރ ޗައިނާ، ޗައިނާ އީސްޓަން އެއަރލައިންސް އަދި ޗައިނާ ސަދަން އެއަރލައިންސް ފަދަ އެއަރލައިންތަކުން ވަނީ ޖެނުއަރީ 26 ގެ މެންދުރުގެ ކުރިން ޓިކެޓް ނަގާފައިވާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދީފައެވެ. އެގޮތުން، 2026 މާރިޗު 29 އިން އޮކްޓޫބަރު 24 އާ ދެމެދު ކުރަން ހަމަޖެހިފައިވާ ދަތުރުތަކަށް އެއްވެސް އިތުރު ފީއަކާ ނުލައި އެއްފަހަރު ބަދަލު ގެނައުމުގެ ނުވަތަ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިއީ ކުރިން ހަމައެކަނި މާރިޗު މަހުގެ ނިޔަލަށް ދީފައިވާ ލުއިތަކެއް ނަމަވެސް، ދަތުރުތައް މެދުކަނޑާލުން ދިގުލައިގެންދާނެ ކަމަށް ބެލެވޭތީ އިތުރުކުރި މުއްދަތެކެވެ.

ދާއިރާގެ މާހިރުން ވިދާޅުވާ ގޮތުގައި، ދޭތެރެއަކުން ފްލައިޓެއް ކެންސަލްކުރުމުގެ ބަދަލުގައި މުޅި ރޫޓްތައް އެއްކޮށް ހުއްޓާލުމުން ދޭހަވަނީ ދަތުރުފަތުރުގެ ޑިމާންޑަށާއި އެއަރލައިންތަކުގެ ސްޓްރެޓެޖީއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމެވެ. ޗައިނާ އާއި ޖަޕާނާ ދެމެދު ކުރާ މައިގަނޑު ބައެއް ދަތުރުތައް މަދު މިންވަރަކަށް ކުރިއަށް ދިޔަ ނަމަވެސް، 49 ރޫޓެއް އެއްކޮށް ހުއްޓާލުމުން، ހާއްސަކޮށް ޗައިނާގެ މެދު ސައިޒުގެ ސިޓީތަކުން ޖަޕާނަށް ދަތުރުކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެއެވެ. ޖެނުއަރީ މަހު އެކަނިވެސް ދަތުރުތައް ކެންސަލްވި ރޭޓް ވަނީ 47.2 އިންސައްތައަށް އަރާފައެވެ.

މި ބަދަލުގެ އަސަރު ފަތުރުވެރިކަމުގެ ދާއިރާއިން ވެސް ދަނީ ފެންނަމުންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2025 ގެ ޑިސެމްބަރު މަހު ޖަޕާނަށް ދިޔަ ޗައިނާގެ ފަތުރުވެރިންގެ އަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 40 އިންސައްތަ ދަށްވެފައެވެ. ފެބްރުއަރީ މަހަކީ އާންމުކޮށް ދަތުރުފަތުރު އެންމެ ގިނަ ދުވަސްވަރު ކަމަށްވާއިރު، މި ނިންމުމުގެ ސަބަބުން ޖަޕާނުގެ ހޮޓާ ފިހާރަތަކަށާއި ލޯކަލް އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ.

އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، މި ދަތިތަކުގެ އަސްލަކީ ސިޔާސީ މައްސަލަތަކާއި ދަތުރުފަތުރުގެ އިންޒާރުތައް ކަމަށްވީ ނަމަވެސް، ވިޔަފާރީގެ ގޮތުން ޑިމާންޑް ދަށްވުމާއި ހަރަދުތައް ބޮޑުވުން ފަދަ ކަންކަން ވެސް މީގައި ހިމެނެއެވެ. ބައެއް ފަރާތްތަކުން މިހާރު ތިންވަނަ ގައުމެއް މެދުވެރިކޮށް ދަތުރުކުރަން މަޖުބޫރުވެފައިވާއިރު، އަނެއްބައި ފަރާތްތަކުން ދަނީ ދަތުރުތައް އެއްކޮށް ފަސްކުރަމުންނެވެ. މި ހާލަތު ބަދަލުވަމުންދާ މިންވަރާއި މި 49 ރޫޓެއްގެ ދަތުރުތައް އަލުން ފަށާނެ ދުވަހެއް ބިނާވެފައި އޮތީ ދެ ގައުމުގެ ދެމެދުގައި ކުރެވޭ ސިޔާސީ މަޝްވަރާތަކާއި، ސަލާމަތީ ކަންކަން ވަޒަންކުރެވޭ ގޮތެއްގެ މައްޗަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.