މުސްކުޅި ދެމަފިރިން-- ފޮޓޯ/ ވޮއިސް
ހަބަރު
29 Jan 2026 | 16:15
މިމަހު ޕެންޝަންގެ ގޮތުގައި 170 މިލިއަނަށްވުރެ ގިނަ ރުފިޔާ

މި އަހަރުގެ ޖެނުއަރީ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޕެންޝަން ނިޒާމުގެ ދަށުން 35,998 ފަރާތަކަށް ޖުމްލަ 170 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ޕެންޝަން އޮފީހުން ހާމަކޮށްފިއެވެ.

ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެންމެ ބޮޑު ހޭދައެއް ކުރެވިފައިވަނީ އަސާސީ ޕެންޝަނަށެވެ. މުސްކުޅިވުމުން ދިމާވެދާނެ މާލީ ދަތިތަކުން ރައްކާތެރިކޮށްދިނުމަށް ދައުލަތުން ފޯރުކޮށްދޭ މި އިނާޔަތް 26,128 ފަރާތަކަށް ދީފައިވާއިރު، މީގެ ޖުމްލަ އަދަދު 123 މިލިއަން ރުފިޔާއަށްވުރެ އިތުރެވެ. މީގެ އިތުރުން، ވަޒީފާއިން ވަކިވުމަށްފަހު އާމްދަނީގެ 50 އިންސައްތަ ކަށަވަރުކޮށްދިނުމަށް އަމާޒުކޮށްފައިވާ 'މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް' އިން 2,553 ފަރާތަކަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.

ދައުލަތުގެ ބަޖެޓުން ސީދާ ގޮތެއްގައި ހޭދަކުރާ ޕެންޝަންތަކަށް ޖުމްލަ 34 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހޭދައެއް ކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ސިވިލް ސަރވިސްގެ ރިޓަޔަރމަންޓް އިނާޔަތާއި، ދިގު މުއްދަތުގެ ޚިދުމަތުގެ ޕެންޝަނާއި އިނާޔަތްތަކެވެ. މިގޮތުން، ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރި 4,995 ފަރާތަކަށް 30 މިލިއަން ރުފިޔާ، އަދި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ 2,322 ފަރާތަކަށް 4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

ނިމިދިޔަ އަހަރުގެ ނިޔަލަށް 'މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް' ގައި ޖަމާކުރެވިފައިވާ ފަންޑުގެ ޖުމްލަ 27 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަން (ޖީޑީޕީ) ގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެކެވެ. ރާއްޖޭގެ ޕެންޝަން ނިޒާމު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ވަޒީފާ އަދާކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި، ދައުލަތުން ދޭ އަސާސީ ޕެންޝަންގެ މައްޗަށެވެ.

ޕެންޝަން ފަންޑުގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ ގޮތުން، ތަފާތު ދާއިރާތަކަށް އިންވެސްޓްމަންޓްތައް ބަހާލާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

* ދައުލަތުގެ ސެކިއުރިޓީޒް: ޓްރެޜަރީ ބިލާއި ބޮންޑު.

* ބޭންކިންގ ދާއިރާ: ފިކްސްޑް ޑިޕޮސިޓާއި އިންވެސްޓްމަންޓް އެކައުންޓްތައް.

* ކެޕިޓަލް މާކެޓް: މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ހިއްސާ އާއި ބޮންޑު.

ޕެންޝަން އޮފީހުން ފާހަގަކުރާ ގޮތުގައި، މި އިންވެސްޓްމަންޓްތަކުގެ މައިގަނޑު މަގްސަދަކީ މެންބަރުންގެ ރައްކާކުރެވިފައިވާ ފައިސާގެ އަގު ހިފަހައްޓައި، ރިޓަޔަރ ކުރާ ދުވަހު މާލީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. އަދި މިފަދައިން އިންވެސްޓްމަންޓްތައް ބަހާލުމަކީ ދިގު މުއްދަތުގައި ފަންޑަށް ލިބޭ ފައިދާ އިތުރުވެ، މުޅި ނިޒާމުގެ އިތުބާރު ދެމެހެއްޓޭނެ ކަމެއް ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.