ރާއްޖެއާއި އޮމާންގެ ފިނޭންސް މިނިސްޓްރީގެ ވެރިން... ފޮޓޯ: ފިނޭންސް
ހަބަރު
29 Jan 2026 | 22:06
ރާއްޖެއާ އޮމާންއާ ދެެމެދު އިގްތިސާދީ އަދި ވިޔަފާރީގެ މުހިންމު މަޝްވަރާތަކެއް

ދިވެހިރާއްޖެއާ އޮމާން އާ ދެޤައުމުގެ މެދުގައި އިގްތިސާދީ، ވިޔަފާރީގެ މުހިންމު މުއާމަލާތްތަކެއް ކޮށްފިއެވެ.

މާލީ ވަޒީރު، މޫސާ ޒަމީރު އޮމާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، މިއަދު ވަނީ އެ ޤައުމުގެ މާލީ ވަޒީރު ސުލްޠާން ބިން ސާލިމް ބިން ސައީދު އަލް ހަބްސީއާ މިއަދު ރަސްމީ ބައްދަލުވުމެއް ބާއްވަވާފައެވެ. 

ފިނޭންސް މިނިސްޓްރީން ބުނީ ދެ ބޭފުޅުންގެ މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އިޤްތިޞާދީ އެއްބާރުލުން ފުޅާކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ދެ ވަޒީރުން މަޝްވަރާ ކުރެއްވި ކަމަށެވެ. މިގޮތުން، ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމާއި، ކަނޑުގެ ވަސީލަތްތަކާއި މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މީގެ ތެރޭގައި ކަނޑުދަތުރުފަތުރުގެ ޚިދުމަތްތަކާއި، ވެލިއު ޗެއިން އަދި އެއާ ގުޅުންހުރި ވިޔަފާރީގެ ހަރަކާތްތަކުން ލިބެންހުރި ފުރުޞަތުތައް ހިމެނޭކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި ވަނީ ރާއްޖޭގައި ކުރިއަށްގެންދާ ހަކަތައާ ގުޅޭ މަޝްރޫޢުތަކުގައި ދެ ފަރާތް ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުންނާއި، ރާއްޖޭގެ ތަރައްޤީގެ އަމާޒުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައެވެ.

ރާއްޖޭގެ އިގްތިސާދުގައި އޮމާންއަކީ ވަރަށް މުހިންމު ބައިވެރިއެކެވެ. އެގޮތުން އޮމާނަކީ ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ޤައުމަށް ވުމާއެކު، އެ ޤައުމަކީ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ ކަމަށް މާލީ ވުޒާރާއިން ބުންޏެވެ.  އެހެންކަމުން، މި ޒަމާންވީ އިޤްތިޞާދީ ގުޅުން ދެމެހެއްޓުމާއި އިތުރަށް ތަރައްޤީކުރުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.

މާލީ ވުޒާރާއިން ބުނީ،  ޤައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ކުރިއެރުން ހޯދުމަށާއި، ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި އެކި މަޝްރޫޢުތަކުގައި އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ދިވެހި ސަރުކާރާއި އޮމާންއިން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދާނޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.