އީޒެޕްގެ އިސްވެރިން ޔޫއޭއީއަށް ފުރުން: ފޮޓޯ/ އީޒެޕް
ހަބަރު
30 Jan 2026 | 08:14
އީޒެޕް މިފަހަރު ދުނިޔޭގެ ފެންވަރުގެ ހަރަކާތެއްގައި ޔޫއޭއީއަށް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޚިދުމަތް ދެމުން އަންނަ މަޝްހޫރު ސުޕަ-އެޕް "އީޒެޕް" (eeezap)، ޔުނައިޓެޑް އެރަބް އެމިރޭޓްސްގައި ބާއްވާ ބައިނަލްއަޤްވާމީ ފެންވަރުގެ ބޮޑު ހަރަކާތެއް ކަމަށްވާ "ޝާރްޖާ އެންޓްރަޕްރިނިއަރޝިޕް ފެސްޓިވަލް" (SEF) ގައި ރާއްޖެ ތަމްސީލުކުރުމަށް ފުރައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ އެހީތެރިކަމާއެކު ފަހިވެގެންދިޔަ މި ފުރުސަތަކީ ދިވެހި ސްޓާޓްއަޕްތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައިނަލްއަޤްވާމީ ބާޒާރުތަކަށް ފުޅާކުރުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ. 

ޝާރްޖާ އެންޓްރަޕްރިނިއަރޝިޕް ފެސްޓިވަލަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންވެސްޓަރުންނާއި، އައު އީޖާދުތައް ކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކުރުމަށް ބާއްވާ ދެ ދުވަހުގެ ބޮޑު ހަރަކާތެކެވެ. މިއީ އައު ޚިޔާލުތައް އަމަލީ ސިފައަށް ގެނައުމަށާއި، ވިޔަފާރީގެ ބައިވެރިން ހޯދުމަށް ފަހިވެގެންދާ ބައިނަލްއަޤްވާމީ ޕްލެޓްފޯމެކެވެ.

މި ދަތުރާ ގުޅޭގޮތުން އީޒެޕްގެ ސީއީއޯ  / ސީއެފްއޯ މިއުވާން "ވޮއިސް" އަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވީ، ރާއްޖޭގެ ސްޓާޓްއަޕް މާހައުލު އަދި އޮތީ ޅަފަތުގެ ދައުރެއްގައިވެސް ނޫން ކަމާއި އެޔަށް ވުރެވެސް ފަހަތުގައި ކަމަށާއި، މިފަދަ ފުރުސަތުތަކަކީ މި ދާއިރާ ކުރިއެރުވުމަށް ވަރަށް މުހިންމު ފުރުސަތުތަކެއް ކަމަށެވެ.

"ސްޓާޓްއަޕް އަކީ ހަމައެކަނި ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއް (SME) ނޫން. ކޮންމެ، ސްޓާޓްއަޕް އަކީ އައު

އަދި ރިސްކީ ކަމެއް ކުރާ ބައެއް.  އެކަމަކަު ސްކޭލް ކުރެވޭ ގޮތަށް ހިންގިއްޖެ ނަމަ ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި، ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހޯދައިދެވޭނެ އަދި އިގްތިސާދީވެއްޓައް އެހެނިހެން ގޮތް ގޮތުންވެސް އެތަކެއް ފައިދާ އެއް ގެނެސްދޭނެ ވަސީލަތެއް،" މިއުވާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އީޒެޕް ކަހަލަ ޓެކްނޮލޮޖީ ވިޔަފާރިތަކުގެ ސަބަބުން އިޤްތިޞާދީ މޮޑެލް ޑީސެންޓްރަލައިޒް ވެގެންދެއެވެ. 

މިހާރުވެސް އީޒެޕްގައި 1000 އަށްވުރެ ގިނަ ޑްރައިވަރުންނާއި އެތައް ސަތޭކަ ވެންޑަރުންނެއް އާމްދަނީ ހޯދަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ޖެނުއަރީ 15، 2025 ގައި  ސޮފްޓް ލޯންޗުކުރި މި އެޕްލިކޭޝަން މެދުވެރިކޮށް މިހާތަނަށް ހަމައެކަނި (އާއްމުކޮށް ދުއްވާ ޑްރައިވަރުންގެބތެރެއިން) ޑްރައިވަރުންނަށްވެސް އެބޭފުޅުުންގެ ފުރާގު 

ހޯދާލެވޭ ވަރަށް ދޫކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން، ޚާއްޞަކޮށް ބީސީސީން ލިބޭ އެހީތެރިކަން ފާހަގަކުރައްވަމުން މިއުވާން ވިދާޅުވީ، ޝާރްޖާ ފެސްޓިވަލްގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް މަގުފަހިވާނެ ކަމަށެވެ. 

"އަޅުގަނޑުމެންގެ އުންމީދަކީ ޝާރްޖާ އަށް ގޮސް ރާއްޖޭގެ ފައިނޭންޝިއަލް އެންވަޔަރަންމަންޓުން ނުލިބުނު ރެކޮގްނިޝަން އެކޮޅުން ހޯދައިގަނެ، ކުރިއަށް އޮތް ތަނުގައި އެހެން ސްޓާޓްއަޕްތަކަށްވެސް މަގުކޮށައިދިނުން،" މިއުވާން ވިދާޅުވިއެވެ.

އީޒެޕުން ދެކޭގޮތުގައި، ބޭރުގެ އިންވެސްޓަރުން މެދުވެރިކޮށް "ޕްރޫފް އޮފް ކޮންސެޕްޓް" ދެއްކުމުން، ރާއްޖޭގެ މާލީ އިދާރާތަކަށްވެސް މިފަދަ ހައި-ރިސްކް ސްޓާޓްއަޕްތަކަށް އިންވެސްޓްކުރުމަކީ ފައިދާހުރި ކަމެއްކަން ސާބިތުވެގެންދާނެއެވެ.

ރާއްޖޭގައި އުފައްދާފައިވާ ފުރަތަމަ "ސުޕަ އެޕް“ އީޒެޕް، ތަރައްގީކޮށްފައިވަނީ ރާއްޖޭގައި އޮންލައިންކޮށް މިހާރު ދެވޭ ގިނަ ޚިދުމަތްތައް އެއްތަނަކުން ދެވޭ ގޮތަށެވެ.

އީޒެޕް ފާހަގަކޮށްލެވޭ އެންމެ މައިގަނޑު އެއް ސަބަބަކީ ޕަބްލިކް ޑެލިވަރީ ޑްރައިވަރޒްގެ  ގޮތުގައި ސައިނަޕް ވެގެން ކޮންމެ ފަރާތަކައްވެސް އާމްދަނީ ހޯދުމުގެ ފުރުސަތު ދިވެހި ރާއްޖެއަށް ތަޢާރަފްކޮށްފައި ވާތީއެވެ. އަދި، ކޮންމެ ކަހަލަ ސްޓޯރ އަކަށްވެސް ސައިނަޕް ވެގެން އޮންލައިންކޮށް ސޭލްސް ހަދައި، ޑެލިވަރީ ކުރުމާއެކު ކަސްޓަމަރުންނާ ހަމަޔަށް ހިދްމަތް ފޯރުކޮށްދެވޭތީއެވެ. 

އިތުރު މައުލޫމަތު ބޭނުންވާނަމަ 7560606 އަށް ވަޓްސްއަޕް ކުރައްވާ 

އީޒެޕް އެޕް ޑައުންލޯޑް ކުރުމަށް

https://tinyurl.com/eeezap

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.