މާހިދުގެ ބައްޕަ-
ރިޕޯޓް
30 Jan 2026 | 08:36
ދަރިއެއްގެ ދުލުން, ކެންސަރު ބަލީގައި ބައްޕައަކު ތަހަންމަލު ކުރަމުންދާ ވޭނާއި ކެކުޅުން

ކެންސަރަކީ ހަމައެކަނި ބައްޔެއް ނޫނެވެ. އެއީ އިންސާނާގެ ހަށިގަނޑާއި ނަފްސު ހަލާކުކޮށްލާ ވަރުގަދަ ތޫފާނެކެވެ. އެ ތޫފާނުގައި ލިބޭ ވޭނާއި ކެކުޅުން އެނގޭނީ އެކަމާ ކުރިމަތިލާ މީހަކަށް އެކަންޏެވެ. ދެން އޭނާއާ އެންމެ ގާތުގައި ތިބޭ މީހުންނަށެވެ. ދަރިންނާއި، މައިންބަފައިންނާއި، އާއިލާގެ މީހުންނާއި ރަޙުމަތްތެރިންނެވެ. 

މިއީވެސް ދަރިއަކު އޭނާގެ ބައްޕަ މި ތޫފާނުގައި ތަޙައްމަލްކުރަމުންދާ ވޭނާއި ކެކުޅުން ބަޔާންކޮށް ކިޔައިދިން ވާހަކައެކެވެ. ދަރިފުޅަށް އެ ވޭން ނޭޅި ނަމަވެސް، ބައްޕަގެ ވޭން އޭނާ ދުށީ ނުހަނު ގާތުންނެވެ. އޭނާއަށްވެސް ބައްޕަގެ ވޭން އިޙްސާސް ކުރެވޭ ފަދައެވެ.

ބައްޕަގެ ކެންސަރުގެ ދަތުރުން ކުޑަ މިންވަރެއް އާއްމުންނާ ޙިއްސާކޮށް މުޙައްމަދު މާހިދު މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓުގައިވާގޮތުން، އޭނާގެ ބައްޕަ އެ ބަލީގައި ދިރިއުޅެމުންދާތާ މިހާރު އަށް އަހަރުވެއްޖެއެވެ. ބައްޕަގެ ދުލުން ބޭރުނުވާ ވޭނާއި، ހިތުގެ ކެކުޅުންތައް އޭނާ ކިޔައިދީފައިވަނީ، އެ މަންޒަރުތައް ލޮލުން ދެކެ، އެ ހިތްދަތިކަން އިހުސާސްކުރާ ދަރިއެއްގެ ހައިސިއްޔަތުންނެވެ.

އެގޮތުން އޭނާ ބުނީ 2017 ވަނަ އަހަރު ކެންސަރުގެ ސަބަބުން ބައްޕަގެ ކަތުރު ކަށިގަނޑުން ނެގި ތިން އިންޗީގެ ކަށިކޮޅުގެ ސަބަބުން ކެއުމާއި ބުއިމަށް ކުރިމަތިވި ހުރަސްތައް ނައްތާލުމަށް، އަނގައަށް ޕްލެޓް ފޮއްޗެއް ލައްވައިގެން ކަތުރު ކަށިގަނޑު އަލުން ބިނާކުރެވުނު ކަމަށެވެ. ނަމަވެސް، އުންމީދު ކުރި އުފާވެރިކަން ދެމިގެން ދިޔައީ ކުޑަ ދުވަސްކޮޅަކަށެވެ.

އޮޕަރޭޝަނަށްފަހު އެއްމަސް ވަންދެން އަނގައިގެ ފާރުގަނޑު ނުހިކި އޮތުމަށްފަހު، އަލުން އޮޕަރޭޝަންކޮށް އަނގަ ފަހަން ޖެހުނެވެ. ކެއުމަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުނު ނަމަވެސް، ތިން މަސް ފަހުން އަނގަޔަށް ލެއްވި ޕްލެޓް ފޮތި ބޭރަށް ނިކުންނަން ފެށުމާއި، ލޭ އައުމުގެ މައްސަލަތައް ކުރިމަތިވިއެވެ. އިންފެކްޝަނެއްގެ ބިރުވެރިކަން އޮތުމުން، ޢާއިލާއިން އަވަސްވެގަތީ ބައްޕަގެ ފަރުވާ ހޯދަމުންދާ އިންޑިއާގެ ކޮޗިންގައި ހުންނަ ހޮސްޕިޓަލަށް ދިއުމަށެވެ.

ކޮޗިންނަށް ދިޔަ ދުވަހު ޑޮކްޓަރުގެ ބުރަކަމުން ބައްދަލުނުވި ނަމަވެސް، ޖެހިގެން އައި ދުވަހު ނެގި އެކްސްރޭއިން ލިބުނީ ހިތްފަޅައިގެންދާ ފަދަ ޚަބަރެކެވެ. އަނގައަށް ކުރިން ލައްވާފައިވާ ކަށިތައް އެކްސްޕޯސް ވެފައިވާ ކަމަށް ޑޮކްޓަރު ބުންޏެވެ. 

"ދެން ކިހިނެއް ހަދަންޖެހޭނީ؟" މާހިދު ދުލުން މި ސުވާލު ނުކުތީ ބޭއިހްތިޔާރުގައެވެ. ޑޮކްޓަރު ބުނީ އަނގަޔަށް ލެއްވި ޕްލެޓް ފޮތި ނައްޓާލަން ޖެހޭ ކަމަށެވެ. ކުރި ހުރިހާ މަސައްކަތެއް ބޭކާރުވީއެވެ.

”އިމްޕްލާންޓް ކުރި އެތީގެ އެއްވެސް ބޭނުމެއް ނުކުރެވޭކަމަށް ޑޮކްޓަރު ބުންޏެވެ. ސުބުހާނަالله. ހިތާ ހިތާ ބުނެވުނެވެ. އެއީ ހާދަ ވޭނެކެވެ. ލޯމަތިން 6 ފަހަރު އެ މަންޒަރު ފެނިއްޖެއެވެ. އުފުލި ވޭނާއި ރުއި ރުއިން އަހަރެން އަޑު އެހީމެވެ. އަމިއްލައަށް މަރުވާންވެސް އުޅުނެވެ. އަހަރެންގެ ކުރިމަތީގައެވެ. އެ މަންޒަރަށް ކެތްނުވެގެން އަހަރެންގެ ހިތްވެެސް ފަޅައިގެން ގޮސްދާނެހެން ހީވާ ފަހަރު އާދެއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ.؟ ކެތްތެރިވުން ނޫން ގޮތެއް ނެތެވެ.“ މާހިދު ފޭސްބުކުގައި ލިޔެފައިވެއެވެ. 

ޑޮކްޓަރުގެ އެދުމާ އެއްގޮތަށް އާއިލާއިން އޮޕަރޭޝަނަށް އެއްބަސްވިއެވެ. އީ.ސީ.ޖީ އާއި އެކްސްރޭ އާއި ލޭގެ ސާމްޕަލް ނެގުމަށްފަހު ހޭނައްތާ ޑޮކްޓަރަށް ދައްކާ އެޑްމިޓް ކުރުމަށް ވާންޖެހޭ ހުރިހާ ކަމެެއް ކޮށް ނިންމުމަށްފަހު އޮޕަރޭޝަން ކުރީ 27 ޖެނުއަރީ 2026 ވަނަ ދުވަހު ހެނދުނެވެ. 9:30 ގައި ވެއްދި އޮޕަރޭޝަން ނިންމާލީ މެންދުރުފަހު 3:45 ގައެވެ. ޕްލެޓް ފޮތި ނެގުމަށްފަހު އެތަން ފިލްކުރުމަށް މޭމަތިން ނުވަތަ ފަލަ މަސްގަނޑުން މަސް ނަގަންޖެހިދާނެކަމަށް ޑޮކްޓަރު އޮތީ ބުނެފައެވެ.

އޮޕަރޭޝަނަށްފަހު 7 ދުވަސް ވަންދެން އަނގަ އެއްވެސް ވަރަކަށް ނުހުޅުވަން ޑޮކްޓަރު އެދުނު ކަމަށާ، އެ އޮޕަރޭޝަން ކުރުމަށް ބައްޕަގެ އަނގަ މިޔަކަނިން ފެށިގެ ކަންފަތް ފޫޅާ ހަމައަށް ކަފާލަން ޖެހުނު ކަމަށް އޭނާ ބުންޏެވެ. ބައްޕަގެ ހާލު ބަލާލުމަށް އައި.ސީ.ޔޫއަށް ވަތްއިރު ރަނގަޅަށް ހޭނާރައެވެ. އޮތީ ވެންޓިލޭޓަރުގައެވެ.

އިރުކޮޅެއްފަހުން އެތެރެއަށް ވަދެ ބައްޕާއޭ ކިޔާފައި ގޮވާލީމެވެ. ލޯހުޅުވާލުމާއި އެކު ދެލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. އާނއެކެވެ. އެއީ ވޭނީ ކަރުނައެވެ. ތަދުތަކަށް ކެތްނުވެގެން ފައިބަމުން ދިޔަ ކަރުނައެވެ. އަހާލީމެވެ. މާ ބޮޑަށް ތަދުވަނީ ހެއްޔެވެ.؟ ބޮލުގެ އިޝާރާތުން އާނއެކޭ ބުންޏެވެ. އަނގަމަތި ފެނުމުން ހިތްބަލި މީހަކަަށް ރޮވޭނެއެވެ. އެކަމަކު ބައްޕަ ކުރިމަތީ އަހަރެންގެ ފިނޑިކަން ދައްކާކަށް ބޭނުމެއް ނުވިއެވެ. އަހަރެންނަށް އެ ވޭނުގައި ހިއްސާ ލިބޭނެ ނަމައެވެ. ހިތްވަރު ދިނުމުގެ ގޮތުން ބުނެލީމެވެ. މީގެ ކުރިން 6 އޮޕަރޭޝަން ވެެސް ކޮށްގެން ހިތްވަރު ކުރީމެއް ނޫން ހެއްޔެވެ. އަދިވެސް ބައްޕައަށް ވާނެއެވެ. ކެތްކޮށްލާށެވެ. އޭގެ ފަހުން އަބަދުވެސް އޮންނަނީ ރޯލަ ރޯލައެވެ. ވޭން އަޅާތީއެވެ. ކެތްނުވާތީއެވެ. ކެތްތެރިކަން ކޮޅުންލީއެވެ. އެ އަޅާ ވޭން ބުނެދެވެނީ ކަރުނައިންނެވެ. ކުކުރުމުންނެވެ. ވާހަކައެއް ނުދެއްކެއެވެ.

މާހިދު ލިޔެފައިވެއެވެ

މާހިދު ހުރިހާވެސް ދުޢާއަކީ އޭނާގެ ބައްޕައަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށެވެ. އެ ބައްޕަގެ ވޭން ތަކަށް ލުއި ލިބުމެވެ. އޭނާގެ ފޭސްބުކު ޕޯސްޓު ނިންމާލާފައިވެސް ވަނީ ބައްޕައަށް އަވަސް ޝިފާއެެއް މޮންވަރުކުރެއްވުން އެދި ދުޢާ ކުރާ ހާލުގައެވެ. 

ކޮމެންޓް
ޝާޒް
ޝަފާކަ ﷲ މާހިދުގެ ބައްޕައަށް ކެތްތެރިކަން ދެއްވައި ތިޔަ އާއިލާއަށް ކެތްތެރިކަންދެއްވާށިއެވެ. ޢާމީން
31 Jan 2026
ގުޅޭ ލިޔުންތައް
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.