ޗިލީ ޗިކަން
ލައިފްސްޓައިލް
30 Jan 2026 | 11:17
މިވެސް ޗިލީ ޗިކަން މީރުކޮށް ތައްޔާރުކޮށްލޭނެ ގޮތެއް؛ މިއަދު މިކަމާ އުޅެލާ ކަހަލައެއްނު؟

ޗިލީ ޗިކަން އަކީ ވަރަށް ގިނަ ގޭގޭގައި ހުކުރު ދުވަހު މެންދުރަށް ތައްޔާރު ކޮށްލާ ކެއުމެކެވެ. ތައްޔާރު ކޮށްލަން ކުޑަ ވަގުތުކޮޅެއް ނެގި ނަމަވެސް މިއީ  ކާލަން އެއްވަނައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ޗިލީ ޗިކަން ހަދާނެ ގޮތެވެ.

ބޭނުންވާ ތަކެތި

1 ކިލޯ ބޯންލެސް ޗިކަން ( އާދައިގެ މިނަކަށް ކިޔުބްކޮށް ކޮށާފައި)

1 ޖޯޑު ލީކްސް (ތުނިކޮށް ކޮށާފައި)

2 ރޯ ޓޮމާޓޯ (ކިޔުބްކޮށް ކޮށާފައި)

1 ޖޯޑު ކެރެޓް (މެދުން ފަޅާލުމަށްފަހު ކޮށާފައި)

1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި) 

4 ލޮނުމެދު (ޗޮޕް ކޮށްފައި) 

2 މޭޒުމަތީ ސަމްސާ އިނގުރު ލޮނުމެދު ޕޭސް

ލޮނު

1 ސައިސަމުސާ އަސޭމިރުސް

1 މޭޒުމަތީ ސަމުސާ މުގުރި ރަތްމިރުސް

3 ސައި ސަމުސާ ސޯޔާ ސޯސް

1/2 ޖޯޑު ފްރައިޑް ޗިކަން ސޯސް

1 ބެލްޕެޕާ (ކިޔުބްކޮށް ކޮށާފައި)

1 ސައި ސަމުސާ އޮއިސްޓާ ސޯސް

2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް

ގިތެޔޮ މިރުސް

ތެޔޮ

ހިކަންދިފަތް 

ރާނބާފަތް

ނޫޑްލްސް ސޫޕް

ތައްޔާރު ކުރާނެ ގޮތް

1) 1 މޭޒުމަތީ ސަމުސާ އިނގުރު ލޮނުމެދު ޕޭސްޓް، 2 ސައި ސަމުސާ ސޯޔާ ސޯސް، 1/2 ސައި ސަމުސާ ލޮނު، އަދި 1 ސައި ސަމުސާ މުގުރި އަސޭމިރުސް އަޅައި ކުކުޅު މެރިނޭޓް ކޮށްލަން 15 މިނެޓް ބަހައްޓާށެވެ. ދެން ރޯފިލައި ކުޑަކޮށް ހަރުވެލަންދެން ތެލުލާލާށެވެ.

2) ފިޔާ، ލޮނުމެދު، ގިތެޔޮމިރުސް، ބެލްޕެޕާ، ލީކްސް، 1 މޭޒުމަތީ ސަމުސާ އިނގުރުލޮނުމެދު ޕޭސްޓް، ލީކްސް، ކެރެޓް، ޓޮމާޓޯ، ހިކަނދިފަތް، ރާނބާފަތް ތެޔޮ ފޮދެއްގައި މިލުވާލާށެވެ. 

3) ދެން ޓޮމާޓޯ ޕޭސްޓް، މުގުރި ރަތް މިރުސް، އޮއިސްޓާ ސޯސް، 1 ސައިސަމުސާ ސޯޔާ ސޯސް އަޅައި، ފެންފޮދެއްވެސް އަޅާލުމަށްފަހު 5 މިނެޓްވަންދެން ކައްކާލާށެވެ.

4) އެއަށްފަހު ޗިކަން ސޯސް އަޅާލާފައި، އެކުލަވާލުމަށްފަހު ނޫޑްލްސް ސޫޕްވެސް އަޅާލާށެވެ. އަދި ކުކުޅު ކޮޅު އަޅާލާފައި ކުޑަ ފެންފޮދެއް އަޅާލައިގެން އޮލަވަންދެން ކައްކާލާށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ