ކުދިން ސްކޫލަށް ދަނީ- ފޮޓޯ/ ވޮއިސް
ދީން
30 Jan 2026 | 12:38
”ދަރީން މަދަރުސާއަށް ފޮނުވުމުން ބެލެނިވެރިންގެ ޒިންމާ ނިމުނުކަމަށް ނުދެކޭށެވެ“

ދަރީން މަދަރުސާއަށް ފޮނުވުމުން ބެލެނިވެރިންގެ ޒިންމާ ނިމުނީ ކަމަށް ނުދެކުމަށް މިއަދުގެ ހުކުރު ޚުތުބާގައި އެދިއްޖެއެވެ. 

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުނު ހަފުތާއާ ގުޅުވައިގެން، މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "ވަށައިޖެހޭ ތަޢުލީމުގެ މަތީގައި އުންމަތް ބިނާކުރާށެވެ!" މި މައުޟޫޢަށެވެ.

ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ދަރިވަރުންނަކީ މާތް الله އަހަރެމެންނާ ޙަވާލުކުރައްވައިފައިވާ އަގުބޮޑު އަމާނާތެކެވެ. އިސްލާމްދީނުގައި ތަޢުލީމަކީ ހަމައެކަނި ދުންޔަވީ ވަޒީފާއަކަށް ތައްޔާރުވުމެއް ނޫންކަން ފާހަގަކުރަމުން، އެ ތަޢުލީމާއި ތަރުބިޔަތު ވާންޖެހޭނީ ކުދީންގެ ބުއްދިއާއި އަޚުލާޤަށް ފުރިހަމަކަން ގެނެސްދޭ، ޞާލިޙު އިންސާނަކު ބިނާކުރުމަށް ފޯރުކޮށްދެވޭ ވަށައިޖެހޭ ތަޢުލީމަކަށް ކަމަށް ޚުތުބާގައި ބުންޏެވެ.

މުދައްރިސުންނަށް މުޚާޠަބުކޮށް ޚުތުބާގައި ބުނީ، މުދައްރިސުންނަކީ ޢިލްމާއި މަޢުރިފާގެ ނޫރުން ދަރިވަރުންގެ ހިތްތައް އަލިކޮށްދޭ ދަންމަރުތަކެއް ކަމަށެވެ. ކޮންމެ މާއްދާއެއް ކިޔަވައިދިން ކަމުގައި ވިޔަސް، އިސްލާމްދީނުގެ އަޞްލުތަކާއި ތަރަހައިގެ ތެރެއަށް ފެއްތުމަކީ މުދައްރިސުންގެ ބޮޑު މަސްއޫލިއްޔަތެއް ކަމުގައި ޚުތުބާގައި ހަނދާންކޮށްދިނެވެ. އަދި ހެޔޮކަން އުނގަންނައިދޭ މީހާއަށް މާތް اللهގެ ރަޙުމަތާއި މަލާއިކަތުންގެ ހެޔޮ ދުޢާ ލިބޭނެކަން ޙަދީޘްފުޅުތަކުގެ އަލީގައި ބަޔާންކުރިއެވެ.

ދަރިވަރުންނަށް ދިން ނަސޭހަތުގައި، ތަޢުލީމު އުނގެނުމަކީ ސުވަރުގެއަށް މަގު ފަހިކޮށްދޭ އަޖުރު މަތިވެރި ޖިހާދެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. މުދައްރިސުންނަށް އިޙުތިރާމުކުރުމަށާއި، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދަރިވަރުންނަށް އިލްތިމާސްކުރިއެވެ.

ބެލެނިވެރިންގެ ޒިންމާއާ ގުޅޭގޮތުން ޚުތުބާގައި ބުނީ، ދަރީން މަދަރުސާއަށް ފޮނުވުމުން ޒިންމާ ނިމުނީ ކަމަށް ނުދެކުމަށެވެ. އެ ކުދީންގެ ޖިސްމާނީ އަދި ނަފުސާނީ ބަދަލުތަކަށް ހޭލުންތެރިވެ، އާއިލީ ނުތަނަވަސްކަމުން ދަރީން ރައްކާތެރިކޮށްދޭ އައްޑަނައަކަށް ބެލެނިވެރިން ވާންޖެހޭނެ ކަމަށް ބުންޏެވެ.

އެ ކުދީންނަށް ބޭނުންވާ ތަކެތި ހޯދައިދޭ ފަދައިން، އެ ކުދީންނަށް ހިތްވަރުދީ އިތުބާރު ވެސް ހޯދައިދޭށެވެ! ދަރިވަރުންގެ ޞިއްޙަތާއި، އެ ކުދީންނަށް އަންނަ ޖިސްމާނީ އަދި ނަފުސާނީ ބަދަލުތަކަށް ހޭލުންތެރިކުރުވާ އެންމެ ގާތް އެކުވެރިޔާއަށް ވާށެވެ! ޢާއިލީ ނުތަނަވަސްކަމާއި މުޖުތަމަޢުން ކުރިމަތިވާ ތުރާތަކުން ދަރީން ދުރުކޮށްދީ، އެ ކުދީން ރައްކާތެރިކޮށްދޭ އައްޑަނައަކަށްވާށެވެ! ކާމިޔާބީގައި ބައިވެރިވެ، ތަރުޙީބުދޭށެވެ! ނާކާމިޔާބީގައި އަތުގައި ހިފައި، އައު ޢަޒުމަކާ އެކު ކުރިއަށްދާން ހިތްވަރުދޭށެވެ!ކަމާބެހޭ އިދާރާތަކުގެ ވެރީންނޭވެ! ތަޢުލީމީ ސިޔާސަތުތައް ޒަމާނާ ގުޅޭ ގޮތަށް މުރާޖަޢާކޮށް ހަރުދަނާކުރާށެވެ! މަންހަޖުތަކާއި މުޤައްރަރުތައް އިލާހީ މަންހަޖާ އެއް ގޮތަށް، ދުރު ރާސްތާގެ ސާބިތު އަމާޒުތަކެއްގެ މައްޗަށް ބިނާކުރާށެވެ!

މީގެ އިތުރުން، ތަޢުލީމީ ދާއިރާގެ ސިޔާސަތުތައް ކަނޑައަޅުއްވާ ފަރާތްތަކަށް އަމާޒުކޮށް ޚުތުބާގައި ވަނީ، ތަޢުލީމީ މަންހަޖުތަކާއި މުޤައްރަރުތައް އިލާހީ މަންހަޖާ އެއްގޮތަށް، ދުރު ރާސްތާގެ ސާބިތު އަމާޒުތަކެއްގެ މައްޗަށް ބިނާކުރުމަށް ގޮވާލާފައެވެ.

ޚުތުބާގައި އިތުރަށް ބުނީ، މިއަދު އުންމަތް ބޭނުންވަނީ ދީނީ އަދި ދުންޔަވީ ޢިލްމަށް ފަރިތަ، އިޚުލާޞްތެރި އަދި ޤައުމީ މަޞްލަޙަތު އިސްކުރާ ޖީލެއް ކަމަށެވެ. މިފަދަ ޖީލެއް ބިނާކުރުމަށްޓަކައި އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ބާރުއަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް