ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް-ފޮޓޯ/ ޕީއެންއެފް
ހަބަރު
30 Jan 2026 | 16:41
ދިވެހިން އިހްތިރާމް ކުރަނީ ވައްކަންކުރާ މީހުންނަށް: ރައީސް ޔާމީން

ދިވެހިން އިހްތިރާމް ކުރަނީ ވައްކަން ކުރާ މީހުންނަށް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ރޭގެ ޕީއެންއެފް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖިނާޢީ އަދުލުގެ ނިޒާމް ބައްޓަންވެފައި އޮންނަ ގޮތާމެދު ލަދުވެތިވާ ކަމަށެވެ. 

އެހެން ވިދާޅުވި ސަބަބު ހާމަކުރައްވަމުން ޔާމީން ވަނީ އެމްއެމްޕީއާރްސީ މައްސަލާގައި އެންމެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިނިވަންކަމާއެކު ދޫކޮށްލާފައި ހުރިކަން ފާހަގަކުރައްވާފައެވެ.

ކޮބާތޯ އެމްއެމްޕީއާރްސީގެ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ ވައްކަން. ކޮބާތޯ މިކަމުގެ ޒިންމާތައް އުފުލައި އަމިއްލަ އިއުތިރާފުން ކޯޓުތަކުގައި އެކަމަށް  އިއުތިރާފްވި އަދީބާއި ޒިޔަތާ. އެތިބީ މާފުވެގެން ގޮސްފައި. އޭރު ޕީޖީ އަކަށް ހުރި ޝަމީމްވެސް ބުނި މީނާގެ މައްޗަށް 800 އަހަރުގެ ހުކުމް އަންނާނޭ. އެހެންވީމާ ވަރަށް ވަރަށް މުޑުދާރު އިނގޭތޯ؟ 

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް

ކަންމިހެން ހުރުމުން ރާއްޖޭގައި ވައްކަމެއް ކުރާ ނަމަ ކުރަންޖެހޭނީ ބޮޑު އަދަދަކުން ކަމަށާ، ކުޑަ އަދަދަކުން ވައްކަން ކޮށްފި ނަމަ އެ ކުށުގެ ހުކުމް ތަންފީޒުކޮށް ނިންމާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. 

މިތަނުގައި ވައްކަން ކުރަންޏާ ކޮންމެސް ކޮންމެސް ކުޑަކުޑަ އަދަދެއްގެ އެއްޗެއް ނުނަގާތި. އެއީ އެ ހުކުމްތަންފީޒު ކުރާނެ މުއްދަތު ނިމެންދެން. ވައްކަން ކުރަންޏާ ކުރަންވާނީ ބޮޑެތި އަދަދުން. އޭރުން ތަންފީޒެއް ނުކުރާނެ. ތިން ދުވަހު ޖަލުގައި ހުރެފަ ނުކުންނާނެ އިނގޭތޯ؟

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް

ޔާމީން ވިދާޅުވީ، ރާއްޖޭގައި ސަރުކާރުގެ ފައިސާ ނަގާމީހުންނާ ކޮރަޕްޝަން ހިންގާ މީހުންނަށް ޖަލުހުކުމެއް އަޔަސް އެ ތަންފީޒު ނުކުރާނެ ކަމަށާ، ރާއްޖޭގެ ޖިނާއީ ނިޒާމަކީވެސް ކޮރަޕްޝަންގެ ނިޒާމެއް ކަމަށެވެ. 

މިއާއެކު ޔާމީން ވިދާޅުވީ، ރާއްޖޭގައި ހިމާޔަތް ލިބެނީވެސް ވައްކަން ކުރާ މީހުންނަށް ކަމަށާ ރައްޔިތުން އިހްތިރާމްވެސް ކުރަނީ ވައްކަން ކުރާ މީހުންނަށް ކަމަށެވެ. 

ވައްކަން ކުރަންޏާ ހަމަ ބޮޑުތަނުން ވައްކަންކުރޭ. ދިވެހިރާއްޖޭގައި ހިމާޔަތްވެސް ލިބެނީ ވައްކަންކުރާ މީހުންނަށް. ވައްކަންކުރާ މީހުންނަށް ރައްޔިތުން އިހްތިރާމްވެސް ކުރަނީ. އެ ވަގަށް ނަގާ ފައުސާ އެބަ ބަހާތާ. އޮނެސްޓްކޮށް ލާރި ހޯދާ މީހުން ބަހާނެ ފައިސާއެއް ނުހުންނާނޭ. ވަގަށް ނަގާމީހުން ހަމަ މުށްޖަހަ ޖަހާފައި ދޭންވީތާ.

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް

މީގެ އިތުރުންވެސް ޔާމީން ވަނީ މާލެ ސިޓީ ކައުންސިލްގެ ކޮރަޕްޝަނާއި ސަރުކާރުގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަނުގެ ވާހަކަތައް ދައްކަވާފައެވެ.

ކޮމެންޓް
ގަހަނާ
އެއި ކަލޭ
30 Jan 2026
ހާއުފާ
ކިޔޭ ނުކިޔޭވެސް ނޭގޭހާވަރަށް ބުއްދިއޮޅިފަހެން ހީވަނީ
30 Jan 2026
Subnautica 2
ތި ވާހަކަ ދައްކަން އެންމެ އައުލާކަން ބޮޑީ ޔާމީނަށް.
31 Jan 2026
ގުޅޭ ލިޔުންތައް
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.