މޯލްޑިވިއަންގެ އެމްޑީ އިޔާސް- ފޮޓޯ/ މޯލްޑިވިއަން
ހަބަރު
30 Jan 2026 | 20:02
ދެކުނުގެ އަތޮޅުތައް ގުޅާލުން: އިސްކަންދިނީ ރައްޔިތުންނަށް ލުއިފަސޭހަވާނެ ހެޔޮ އަގުތަކެއް ކަނޑައަޅަން: އިޔާސް

ދެކުނުގެ އަތޮޅުތައް ގުޅާލުމުގައި އެންމެ އިސްކަމެއް ދީފައިވާނޯ ރައްޔިތުންނަށް ލުއި ފަސޭހަވާނެގޮތަށް ހެޔޮ އަގުގައި އެ ޚިދުމަތް ދިނުމަށް ކަމަށް އައިލެންޑް އެވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވެއްޖެއެވެ. 

ދެކުނުގެ ގުޅުން އިފްތިތާޙް ކުރުމަށް މިއަދު ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އިޔާސް ވިދާޅުވީ، ދެކުނުގެ އަތޮޅުތައް ގުޅާލުމާއެކު ފެށިގެން ދިޔައީ އައު ބާބެއް ކަމަށެވެ. އަދި އެ ކަމުގެ ސަބަބުން އެ ސަރަޙައްދުގައި ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

"މޯލްޑިވިއަންއިން މިހާރުވެސް ހަފްތާއަކު 2 ދުވަހު ގަން މާލެއަށް ދަތުރުކުރޭ. މި އިފްތިތާޙުކުރެވޭ ޚިދުމަތާއެކު ދެކުނުގެ ހުރިހާ އަތޮޅުތަކެއް ގުޅާލެވިގެންދާނެ. މި ސަރަޙައްދުގެ ރައްޔިތުންގެ ގުޅުން ބަދަހިވެ، އިޖުތިމާޢީ ގޮތުން ކުރިއެރުން އަންނާނެ. މި ސަރަޙައްދަކީ ފަތުރުވެރިކަމުގައިވެސް ފާހަގަކޮށްލެވޭ ސަރަޙައްދަކަށް ވުމާއެކު މި ދަތުރުތަކާއެކު މި ސަރަޙައްދަށް ފަތުރުވެރިކަން އިތުރަށް ކުރިއަރާނެ" އިޔާސް ވިދާޅުވިއެވެ. 

މިއާއެކު އިޔާސް ވިދާޅުވީ، ދެކުނުގެ އަތޮޅުތަކުގެ ދަތުރުތައް ކޮންމެ ދުވަހަކުވެސް ކުރިއަށްދާނެ ކަމަށާ، އެއީ އެ އަތޮޅުތަކުގެ ރައްޔިތުންގެ އެދުމުގެ މަތީން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމުމެއް ކަމަށެވެ. އެހެންކަމުން ސަރުކާރާއި މޯލްޑިވިއަނުންވެސް އެ ދަތުރުތަކަށް ކަނޑައަޅާފައިވާނީ ރައްޔިތުންނަށް ލުއި ފަސޭހަ، ހެޔޮ އަގުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. 

މި އޮޕަރޭޝަންގެ ބޭސްއަކަށް ގަން އިންޓަރނޭޝަނަލް އެއާޕޯޓް ހަމަޖައްސާފައިވާއިރު، އެ އެއާޕޯޓްވެގެން ގޮސްފައިވަނީ އައިލެންޑު އޭވިއޭޝަންގެ ތާރީޚުގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ފިޔަވައި އިތުރު އޮޕަރޭޝަން ބޭސްއެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔަ ފުރަތަމަ އެއާޕޯޓަށެވެ.

މޯލްޑިވިއަނުން މި ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ، 5 ސެކްޓަރ އަށް ބަހާލައިގެންނެވެ. އެއީ، 

- އައްޑޫ ގަމުން، ކާޑެއްދޫ، ކޫއްޑޫ އެއާޕޯޓު އަދި ފުވައްމުލަކަށް 

- ފުވައްމުލަކުން ކާޑެއްދޫ އަދި ކޫއްޑޫއަށް

މޯލްޑިވިއަންގެ ދެކުނުގެ ދަތުރުތަކާއި އަގުތައް

• ގަން - ފުވައްމުލައް - 500ރ

• ފުވައްމުލައް - ކޫއްޑޫ - 650ރ

• ފުވައްމުލައް - ކާޑެއްދޫ - 650ރ

• ގަން - ކާޑެއްދޫ - 900ރ

• ގަން - ކޫއްޑޫ - 900ރ

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ، މޯލްޑިވިއަންގެ އެންމެ ކުދި ސީޕްލޭން ދަތުރުތަކުގައި ބޭނުންކުރާ ޓްވިން އޮޓަރ މަރުކާގެ ބޯޓުތަކުގައެވެ. މިއީ، 15 މީހުންގެ ޖާގައިގެ ކުދި ބޯޓުތަކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ