މާލީ ވަޒީރު، މޫސާ ޒަމީރު މީގެ ކުރިން މީޑިއާއަށް މައުލޫމާތު ދެއްވަނީ..
ހަބަރު
31 Jan 2026 | 13:55
މިހާރު މި ފެނިގެންދަނީ ޤައުމީ ބޭންކް އަސްލު މަޤާމަށް އަންނަތަން: މާލީ ވަޒީރު

މިއަދު މި ފެނިގެންދަނީ ދިވެހި ރާއްޖޭގެ ޤައުމީ ބޭންކްގެ އަސްލު މަޤާމަށް އަންނަމުންދާ މަންޒަރުކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ދ.ކުޑަހުވަދޫގައި ބީއެމްއެލްގެ އައު ބްރާންޗްގެ ހިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މިއަދު ބޭންކް އޮފް މޯލްޑިވްސް ފުޅާވެ، ވިޔަފާރިކުރަމުންދާ މޮޑަލްގެ މިޝްރާބު ބަދަލުކޮށްލުމާއެކު ބައެއް ބޭފުޅުން ތަފާތު އެކިއެކި ހިޔާލްތައް ފާޅުކުރައްވަމުން ގެންދަވާކަމަށެވެ. ވަޒީރު ވިދާޅުވީ، ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ކޮންމެ ޤައުމެއްގެވެސް އިގްތިސާދު ފުޅާވެ ރައްޔިތުންނަށް ހިދުމަތްދެމުންގެންދާއިރު، ޤައުމީ ބޭންކުތަކުން އެހެން ބޭންކުތަކުން ނުކުރާ މަސައްކަތްތަކެއް ކުރާކަމަށެވެ. 

ދުނިޔޭގެ ތަރައްޤީވެފައިހުރި ކޮންމެ ޤައުމަކަށް ބެލިނަމަވެސް އެންމެދުރާ ކައިރީގައިވާ ޤައުމުތަކުގެ ޤައުމީ ބޭންކުތަކުން އަމަލުކުރަމުން އަންނަނީ މިގޮތަށްކަން ވަޒީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ 10 މިލިއަން ރުފިޔާގެ ކެޕިޓަލްއަކުން ވިޔަފާރި ފެށި ބޭންކްގެ ކެޕިޓަލް މިއަދު 16 ބިލިއަން ރުފިޔާ ފަހަނައަޅައި ދިޔައިރު، ބޭންކުން މިހާރު ފަށާފައިވާ ޕްރޮޖެކްޓްތަކަކީ ރައްޔިތުންނަށް އޭގެ ލާބަ އާއި ފައިދާ ލިބޭނޭ ޕްރޮޖެކްޓްތަކެއް ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ބީއެމްއެލުން ވަނީ ހައުސިންނަށް ހާއްސަ ކުންފުންޏެއް ހަދައި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފްލެޓްތައް އެޅުމުގެ މަސައްކަތް ފަށާފައެވެ.

އެކަމަށް އިޝާރާތް ކުރައްވައި ވަޒީރު ވިދާޅުވީ، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޒައާމަތުގެ ދަށުން ޤައުމީ ބޭންކް މިހާރު ފެނިގެންދަނީ ބޭންކްގެ އަސްލު މަޤާމަށް އަންނަތަން ކަމަށެވެ. 

ރާއްޖޭގެ އިގްތިސާދު ފުޅާވެގެންދާނީ ރާއްޖޭގެ ވިޔަފާރިތައްވެސް ފުޅާވެގެން. ރާއްޖޭގެ ވިޔަފާރިތައް ފުޅާކުރުމަށްޓަކައި ޤައުމީ ބޭންކުގެ އެންމެ މުހިންމު ރޯލަކަށް ވާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ބޮޑެތި ވިޔަފާރިތަކުގެވެސް އަތުގައި ހިފައިގެން އެކުގައި މަސައްކަތްކުރަމުންދިޔުން

ބޭންކްގެ ފައިދާ މިދިޔަ އަހަރު ރެކޯށް މިންވަރަކަށް އިތުރުވެފައިވާއިރު، މާލީ ވަޒީރު ވިދާޅުވީ އުއްމީދަކީ، ސަރުކާރުގެ ސިޔާސަތްތަކާ އެއްގޮތްވާނެގޮތަށް އިގްތިސާދުގެ ހަރަކާތްތައް ފުޅާކުރުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއެކުގައި މަސައްކަތްކުރުން ކަމަށެވެ. ވަޒީރު ވިދާޅުވީ ޤައުމީ ބޭންކް ފުޅާވުމަކީ އެކަމުގެ މަންފާ ރައްޔުތުންނަށް ނިހާޔަތަށް ކުރާނޭ ކަމެއްކަމަށެވެ.

އެގޮތުން ޤައުމީ ބޭންކް މާލީގޮތުން ވަރުގަދަވެގެން ދިއުމުގެ ސަބަބަބުން ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމާއި އެނޫންވެސް ކަންކަމަށް ތަނަވަސް ފުރުސަތުތައް ހުޅުވިގެންދާނޭކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.