އީރާނުގެ ރައީސް ޕެޒެޝްކިއަން.. ފޮޓޯ؛ އޭޕީ
ދުނިޔެ
31 Jan 2026 | 19:00
އެމެރިކާ އާއި އިސްރާއީލްގެ ބައިވެރިން ފިތުނަ އުފައްދަން ނިކަން މޮޅުވާނެ: އީރާނުގެ ރައީސް

އީރާނުގައި މިފަހަކުން ފެނިގެންދިޔަ މުޒާހަރާތައް ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަބަބުންކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ތުހުމަތު ކުރައްވައިފިއެވެ.

އީރާނުގެ ސްޓޫޑަންޓް ނިއުސް ނެޓްވޯކުން ރިޕޯޓްކޮށްފައިވަނީ، އީރާނުގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއަށް އެމެރިކާ އާއި އިޒްރާއީލްގެ ވެރިންގެ އިތުރުން ވިލާތުގެ ޤައުމުތަކުން ވަދެ ކަންކަން ގޯސްކޮށްފައިވާކަަށެވެ. އީރާނުގެ ޤައުމީޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގެ މައްޗަށް ބިނާކޮށް ސްޓޫޑެންޓް ނެޓްވޯކުން ބުނެފައިވަނީ، އީރާނުގައި އާއްމުންގެ ތެރެއިން ބަޔަކު ނިކުމެ ކުރި މުޒާހަރާގެ ތެރެއަށް އެމެރިކާ އާއި އިސްރާއީލްގެ ބައިވެރިންވަދެ ޤައުމުގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާކަމަށެވެ. 

އެގޮތުން މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައެއް މީހުންނަށް ހަތިޔާރުގެ ވަސީލަތްތައް ފޯރުކޮށްދީ، އެ މީހުން މަގުތަކަށް ނެރެ، ގައުމު ބައިބައިކޮށް، ރައްޔިތުންގެ މެދުގައި ނަފްރަތާއި ދެބަސްވުން އުފެއްދުމަށް އެމެރިކާ އާއި އިސްރާއީލްގެ ބައިވެރިން މަސައްކަތް ކުރިކަމަށް ޕެޒެޝްކިއަން ވިދާޅުވިކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ރައްޔިތުން ކުރި މުޒާހަރާއެއްގެ ތެރެއަށް ހަތިޔާރުހިފައިގެން ނުކުމެ، މަރައި އެމްބިއުލާންސާއި މާރުކޭޓްފަދަ އާއްމު ރައްޔިތުން ޒަރުރީ ބޭނުންތައް ފުއްދާ ތަންތަނުގައި ހުޅުޖަހައި ނުހަދާނޭކަމަށެވެ. މުޒާހަރާގެ ކަންކަން ފުރޮޅިގެންދިޔައީ އެބައިމީހުންގެ ފިތުނައިންކަން އީރާނުގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރިކަމަށް ވަނީ ބުނެފައެވެ.

ސްޓޫޑެންތް ނެޓްވޯކުން ވަނީ މުޒާހަރާތަކުގައި 3،000 މީހުންގެ ފުރާނަ ގެއްލުނުކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ގިނައީ ސަލާމަތީ ބާރުތަކުގެ އޮފިސަރުންކަން ވަނީ ފާހަގަކޮށްފައެވެ.

އީރާނާ އެމެރިކާގެ މަޝްރަހު ވަރަށް ހޫނުވެފައިވައިރު، ދެފަރާތުންވެސް ހަނގުރާމައަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް އީރާން އަދި ހުލަނގަށް ނިސްބަތްވާ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.