އެސްޓީއޯގެ މައި އޮފީސް-- ފޮޓޯ/ ވޮއިސް
ހަބަރު
01 Feb 2026 | 11:00
އެސްޓީއޯގެ މިދިޔަ އަހަރުގެ ސާފު ފައިދާ 762 މިލިއަނަށް އިތުރު

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %3 އިތުރުވެ، 762 މިލިއަން ރުފިޔާއަށް އަރައިފިކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. 

މި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 15.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 98 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 

މީގެ އިތުރުން، ޓެކްސްއަށް ކެނޑުމުގެ ކުރިން 910 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބުނު ކަމަށްވެސް މި ހިސާބުތަކުން ދައްކައެވެ. އަދި މިދިޔަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ވަނީ 4.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށްވެސް ހާމަވެއެވެ. މިއީ މި އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާބަލާއިރު %8 އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓާގައި، ކުރީ ކުއާޓާއާއި އަލާބަލާއިރު %11 އިތުރުވެ، ހިންގުމުގެ ފައިދާގެ ގޮތުގައި 322 މިލިއަން ރުފިޔާ އަދި ޖުމުލަ ފައިދާގެ ގޮތުގައި 671 މިލިއަން ރުފިޔާ ލިބިފައިވާކަމަށްވެސް މި ހިސާބުތަކުން ދައްކައެވެ. 

އެސްޓީއޯއިން ހާމަކޮށްފައިވާގޮތުގައި ކުރީ ކުއާޓާއާއި އަޅާބަލާއިރު %20 އިތުރުވެ، ޓެކްސް އަށް ކެންޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 276 މިލިއަން ރުފިޔާއަށް އަރާފައެވެ. އެއާއިއެކު ސާފު ފައިފާގެ ގޮތުގައި  244 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ތެލުގެ އާމްދަނީ %4 އިތުރުވެ، އެހެނިހެން އާމްދަނީވެސް ވަނީ %19 އިތުރުވެފައެވެ. 

އެ ކުންފުނިން މައުލުމާތުދޭގޮތުގައި ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ހުރިހާ ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވެފައިވުމެވެ. އަދި ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.