އެލައިޑުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ އެލައިޑް
ހަބަރު
01 Feb 2026 | 14:51
އެލައިޑްގެ 41 ވަނަ އަހަރީ ދުވަހާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް

އެލައިޑް އިންޝުއަރަންސްގެ 41 ވަނަ އަހަރީ ދުވަހާ ގުޅިގެން ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެގޮތުން އެލައިޑް އިންޝުއަރަންސްގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކުންފުނިން ވަނީ 2025 ވަނަ އަހަރު ކުންފުނިން ހޯދި ތާރީޚީ ކާމިޔާބީތަކާ ބެހޭ މަޢުލޫމާތު ހިއްސާކޮށް، 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިތައް އިޢުލާންކޮށްފައެވެ.

2025 ގައި ކުންފުނިން ވަނީ މުޖުތަމައަށް ފައިދާހުރި، ދެމެހެއްޓެނިވި އަދި ކޯޕަރޭޓް ޕާޓްނާޝިޕްގެ އެކި ހަރަކާތްތައް ކާމިޔާބުކަމާއެކު ހިންގާފައެވެ.

ފާހަގަ ކޮށްލެވޭ ބައެއް ހަރަކާތްތަކުގެ ތެރޭގައި، ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް ހިންގި "ޑައިވް 40" އިނީޝިއޭޓިވް އާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ކުރިއަށް ގެންދިޔަ "ރައްކާ" މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕޭން ހިމެނެއެވެ. މީގެ އިތުރުން، މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި ފެމިލީ ތަކާފުލް ޕްލޭންތަކަށް އާންމުން އަހުލުވެރިކުރުވުމަށް ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި "އެލައިޑް ފެސްޓް 2025" ގެ ސިލްސިލާ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މުޖުތަމައުގެ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން "އެލައިޑް ބައިސްކަލު ރޭސް" ވެސް ވަނީ ބާއްވާފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެލައިޑުން ވަނީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ އެކި ކޯޕަރޭޓް ޕްލެޓްފޯމްތަކާއި ގުޅިގެން ކުންފުނީގެ ދައުރު އިތުރަށް ފުޅާކޮށްފައެވެ. މީގެ ތެރޭގައި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީ.ޓީ.އެމް)، ބިޒްވީކް، ސީ.އީ.އޯ ސަމިޓް، މޯލްޑިވްސް ޓެކްސް ފޯރަމް، މެރިން އިންޑަސްޓްރީ ފޯރަމް، މޯލްޑިވްސް ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް، މޯލްޑިވްސް މެރިން އެކްސްޕޯ އަދި މޯލްޑިވްސް ލިވިންގ އެކްސްޕޯ ފަދަ ޕްލެޓްފޯމްތައް ހިމެނެއެވެ.

2025 ވަނަ އަހަރު އެލައިޑުން ވަނީ ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފައެވެ. އޭގެ ކުރީ އަހަރާ އަޅާބަލާއިރު އާމްދަނީއަށް ވަނީ ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުމެއް ލިބިފައެވެ. މީގެ އިތުރުން، މާކެޓްގެ ރަނގަޅު އިންސައްތަ އެއްވެސް ވަނީ ހާސިލްކުރެވިފައެވެ.

އަދި މީގެ އިތުރުންވެސް، 2025 ވަނަ އަހަރު، އެލައިޑްގެ އިސްލާމިކް ވިންޑޯއަށް 10 އަހަރު ފުރުނު މުނާސަބަތާ ގުޅުވައި، "އަޔާދީ ތަކާފުލް" ގެ ނަން ވަނީ "އެލައިޑް ތަކާފުލް" އަށް ބަދަލުކޮށް ރީބްރޭންޑް ކޮށްފައެވެ. މީގެ އިތުރުން، އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތް އޭޝިއާ (އިފްސާ) އެވޯޑްސްގައި، ފާއިތުވި ދިހަ އަހަރުގެ (2016-2025) އެންމެ ފާހަގަކޮށްލެވޭ ތަކާފުލް ވިންޑޯގެ ޝަރަފުވެރި ލަގަބު އެލައިޑް ތަކާފުލްއަށް ވަނީ ލިބިފައެވެ. އަދި ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑްސް (ޖިފާ) އިން ދޭ ޖިފާ އެކްސެލެންސް އެވޯޑް (ތަކާފުލް) 2025 ވެސް ވަނީ ލިބިފައެވެ.

ކަސްޓަމަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ އިތުބާރުހުރި އިންޝުއަރަންސް އަދި ތަކާފުލް ޚިދުމަތްދޭ ކުންފުނީގެ ގޮތުގައި އެލައިޑުން އަދާކުރާ ދައުރު 2026 ވަނަ އަހަރުވެސް އިތުރަށް ވަރުގަދަ ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ހަމަމިއާއެކު، އަމިއްލަ ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ޚާއްޞަކޮށްގެން ފަރުމާކުރެވޭ އިންޝުއަރަންސް އަދި ތަކާފުލް ޕްލޭންތަކަށް ހާއްސަ އިސްކަމެއް ދެވޭނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، މަސައްކަތްތައް ހަލުވިކޮށް، ކަސްޓަމަރުންނަށް ފަހި ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ވެސް މަސައްކަތް ކުރެވޭނެ ކަމަށް އެލައިޑުން ބުންޏެވެ.

ހަމައެއާއެކު، 2026 ވަނަ އަހަރު ވެސް މުހިންމު ކޯޕަރޭޓް ޕާޓްނަރޝިޕްތަކާއި، ކޯޕަރޭޓް ޕްލެޓްފޯމް ތަކުގައި ކުންފުނީގެ ބައިވެރިވުން އިތުރުކުރުމަށް އެލައިޑުން އިސްކަންދޭނެ ކަމަށާ، 2026 ވަނަ އަހަރު މުޖުތަމައަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކުގައި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދޭނީ ދުޅަހެޔޮކަމާއި ސިއްހަތާ ގުޅުންހުރި ކަންކަމަށް ކަމަށްވެސް ބުނެފައިވެއެވެ.

އަދި ކުންފުނީގެ 41 ވަނަ އަހަރީ ދުވަހާ ގުޅިގެން، ކުންފުނީގެ އަސްލު ނުގެއްލޭނޭހެން ކުންފުނީގެ ލޯގޯ އަދި އެލައިޑް އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލްގެ ލޯގޯއަށް ގެނެވުނު ބަދަލު މިއަދު ވަނީ ރަސްމީކޮށްވަނީ ދައްކާލާފައެވެ.

މިއަދާއި ގުޅިގެން ކުންފުނިންވަނީ ޙާއްސަ "ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރަންސް" ޕްރޮމޯޝަންއެއް އިއުލާންކޮށްފައެވެ. މިޕްރޮމޯޝަންގައި 25 އިންސައްތައިގެ ޚާއްޞަ ޑިސްކައުންޓެއް އޮންލައިންކޮށް މޮޓޯ ކޮންމްޕްރިހެންސިވް ނަގާ މީހުންނަށް ލިބޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 1 ފެބްރުއަރީ 2026 އިން 15 ފެބްރުއަރީ 2026 ގެ ނިޔަލަށް، ޕޮލިސީ ނަގާ ފުރަތަމަ 41 މީހުންނަށެވެ. މީގެ ތެރޭގައި އެލައިޑް ތަކާފުލްގެ ޕްލޭންތައް ވެސް ހިމެނެއެވެ.

މީގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕޭން "ރައްކާ 2026" ކުރިއަށް ގެންދިއުމަށްޓަކައި އެލައިޑާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޙުސައިން ލުވައިޒެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް އިސްމާޢީލް ނަވީނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.