ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިންތަކެއް-- ފޮޓޯ/ ހައްޖު ކޯޕަރޭޝަން
ހަބަރު
02 Feb 2026 | 11:02
މިއަހަރުގެ ހައްޖު ދަތުރަށް ވާންޖެހޭ ތައްޔާރީގެ ބޮޑުބައެއް ވަނީ ނިމިފައި: ޝަކީލް

ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަހަރުގެ ހައްޖު ދަތުރަށް ވާންޖެހޭ ތައްޔާރީތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައި ކަމަށް އެ ކޯފަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް މިހެން ވިދާޅުވެފައިވަނީ ދައުލަތުގެ މިޑިއާގެ ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާ ވިދާޅުވިގޮތުގައި، ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް އަދި އުމްރާއަށް ދާ ފަރާތްތަކަށް ހެޔޮ އަގުގައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދިނުމަށް އެ ކޯޕަރޭޝަނުން މުހިންމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އަދި މި ތައްޔާރީތަކުގެ ބޮޑުބައެއް ނިމިފައިވާކަމަށްވެސް އޭނާ މައުލޫމާތުދެއްވިއެވެ. 

އެގޮތުން، މިއަހަރުގެ ހައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ހޮޓްލަތަކަށް ފައިސާ ދައްކާ، މީގެ ކުރިން 2 ސްޓަރ ފެންވަރުގެ ހޮޓެލްތައް މިހާރު 4 ސްޓަރ ފެންވަރަށް ހެދުމުގެ މަސައްކަތްވެސް ކޮށް، މައްކާއާއި މަދީނާގެ އެކޮމޮޑޭޝަން ގެ ހުރިހާ ކަމެއް މިހާރު ވަނީ ނިމިފައިކަމަށް ޝަކީލް ވިދާޅުވިއެވެ.  

އޭނާ ވިދާޅުވީ ކުރިން އަހަރެކޭވެސް އެއްގޮތަށް މިއަހަރުވެސް ހައްޖުވެރިން އަރަފާތުގައި ތިބެން ހަމަޖެހިފައިވަނީ ދިވެހި ރައްޔިތުންނަށް ހާއްސަ ސަރަހައްދެއްގައި ކަމަށާއި، އެ ޓެންޓުތަށް ހަމަޖެއއްސުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށެވެ. 

އަދި މޯލްޑިވިއަން އާއި ސައުދީ އެއާ މެދުވެރިކޮށް ފުރިހަމަ ކުރަންޖެހޭ ހުރިހާ އިންތިޒާމްތަކަކާއި އެކު ދަތުރުފަތުރުގެ ހިދުމަތް ދޭ ފަރާތްތަކާއި އެކު ހަދަންޖެހޭ އެގްރިމެންޓުތަށްވެސް މިހާރު ވަނީ ހަދާަފައިކަމަށް ޝަކީލް މައުލުމާތުދެއްވިއެވެ. 

މީގެ އިތުރުން، ކާބޯތަކެތި ފޯރުކޮށްދޭ ފަރާތްތަކާއި އެކުވެސް އެއްބަސްވުންތައް އެކުލަވާލެވި، ދިވެހި ރަހަތަކަށްވެސް ހާއްސަ ކާނާ މިފަަރު ލިބޭނެ ކަމަށް އެ ކޯޕަރޭސަނުން މައުލުމާތު ދެއެވެ. 

ޝަކީލް ވިދާޅުވީ ހައްޖާޖީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާވެސް މުހިންމު އެތައް ފިޔަވަޅެއް އެ ކޮޕަރޭޝަނުން އަޅާފައިވާކަމަށެވެ. އެގޮތުން، ފަސްޓްު އެއިޑް އާއި އޮކްސިޖަން ނެގުމަށް ބޭނުންވާ މެޝިންތަކާއި އޮކްސިޖަން ސިލިންޑަރު ކަހަލަ ހުރިހާ ތަކެއްޗެއް ދަތުުރުފަތުރުކުރާއިރު ބަހުގައިވެސް ހުންނާނެކަމަށާއި، މި ވަގުތު ރާއްޖޭގައި  ރާއްޖޭގައި އެންމެ ފެންވަރުގެ ތަމްރީނު ލިބިފައިވާ އެ ކޯޕަރޭޝަންގެ މުވައްޒަފުންނާއި ޑޮކްޓަރުންނާއި ނަރުހުންނަށް ކޮންމެ ތަނެއްގައިވެސް ސިއްހީ ހިދުމަތް ފޯރުކޮށްދެވޭނެކަމަށާއި، ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސައުދީ އަރަބިއާގެ ނެޝަނަލް ހޮސްޕިޓަލްގެ ދަށުން ހިންގާ އަބީރު ހޮސްޕިޓަލާއި އެކުވެސް އެއްބަސްވުމެއް ހެދިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

މީގެ އިތުރުން، ހައްޖުވެރިންގެ ކަރުގައި އަޅާފައި އޮންނަ ފާހާއި އެކު އިލެކްޓްރޮނިކް ޓްރެކިންގ ޑިވައިސްއެއް އޮންނާނެ ކަމަށާއި، މި ޑިވައިސް މެދުވެރިކޮށް ހައްޖުވެރިން އަދި އުމްރާވެރިން އުޅުއްވާ ހުރިހާ ހިސާބެއް 24 ބެލޭނެކަމަށްވެސް މައުލޫމާތުދެއްވިއެވެ. 

ޝަކީލް ވިދާޅުވިގޮތުގައި، އެ ކޯޕަރޭޝަންއިން މިވަގުތު ކުރަމުންދާ މަސައްކަތަކީ ހައްޖަށް ވަޑައިގަންނަވާ ފަރާތްތަކުގެ ވިސާ ދޫކުރުމުގެ މަސައްކަތެވެ. އަދި ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި ހުރިހާ ވިސާއެއް ދޫކުރުމުގެ މަސައްކަތްވެސް ނިމޭނެކަމަށާއި، މިހާރު އިދާރީގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

އަދި ރައީސުލްޖުމްހޫރިއްޔާގެ ލަފައާއި އެއްކޮށް، ކުރިން އަހަރުގެ ހައްޖުތަކުން ތަޖުރިބާ ލިބިގަނެ، އަހަރަކުން އަހަރަކަށް ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅުކޮށް، މިދިޔަ އަހަރު ދެވުނު ހިދުމަތާއި އެއްފެންވަރެއް ނުވަތަ އެއަށްވުރެވެސް ރަނގަޅު ހިދުމަތެއް ދިނުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް އަންނަނީ ވަމުންކަމަށް ޝަކީލް ވިދާލުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.