އެޕްސްޓީން އާއި ކައުބަތުالله ގެފުޅު
ދުނިޔެ
03 Feb 2026 | 08:12
ކައުބަތުالله ގެފުޅުގެ އުރަކޮޅުގެ ބައިތަކެއް އެޕްސްޓީންއަށް ފޮނުވާފައިވާ ކަން ހާމަވެއްޖެ

މައްކާގެ ކައުބަތުالله ގެފުޅުގެ އުރަކޮޅުގެ (ކިސްވާ) ބައިތަކެއް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އާ ގުޅުންހުރި ފަރާތްތަކެއް މެދުވެރިކޮށް އެމެރިކާގައި ހުރި ޖެފްރީ އެޕްސްޓީންއަށް ފޮނުވާފައިވާކަން، މިފަހުން އާއްމުވެފައިވާ  އެޕްސްޓީން ލިޔެކިޔުންތަކުން ހާމަވެއްޖެއެވެ.

އެގޮތުން އާއްމު ވެފައިވާ، 2017 ވަނަ އަހަރުގެ ފެބްރުއަރީ އަދި މާރިޗު މަހުގެ އީމެއިލްތަކުން އެނގޭގޮތުގައި، ޔޫއޭއީގައި ހަރަކާތްތެރިވާ ވިޔަފާރިވެރިއެއް ކަމަށްވާ އަޒީޒާ އަލް އަޙްމަދީ އާއި އަބްދުالله އަލް މާރީ ނަމަކަށް ކިޔާ މީހަކާ ގުޅިގެން ވަނީ ކިސްވާގެ ތިން ބައެއް އެޕްސްޓީންއަށް ފޮނުވުމުގެ މަސައްކަތް ކޮށްފައެވެ.

ކައުބަތުالله ގެފުޅުގެ އުރަކޮޅު ކޮންމެ އަހަރަކު ބަދަލުކުރާއިރު، ބާލާ އުރަކޮޅުގެ ބައިތަކަކީ ވަރަށް އަގުބޮޑު އާސާރީ ތަކެތީގެ ގޮތުގައި ބެލެވޭ ތަކެއްޗެވެ.

މި ތަކެތި ސައުދީ އަރަބިއްޔާއިން ބްރިޓިޝް އެއާވޭޒް މެދުވެރިކޮށް ފްލޮރިޑާއަށް ފޮނުވާފައިވަނީ އާޓްވޯކް ނުވަތަ ކުރެހުމުގެ ބާވަތްތަކުގެ ގޮތުގައި ކަމަށް އީމެއިލްތަކުން ހާމަވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ގެފުޅުގެ އެތެރޭގައި ބޭނުންކޮށްފައިވާ ފޮތިގަނޑަކާއި، ބޭރުގައި ބޭނުންކޮށްފައިވާ އުރަކޮޅުގެ ބައެއްގެ އިތުރުން، އުރަކޮޅު ތައްޔާރުކުރާ ސާމާނުން ހަދާފައިވާ ނަމަވެސް ބޭނުންނުކުރާ ފޮތިގަނޑެކެވެ. މި ތަކެތި އެޕްސްޓީންގެ ގެއަށް ފޯރާފައިވަނީ 2017 ވަނަ އަހަރުގެ މާރިޗު މަހުގައެވެ.

އަޒީޒާ އަލް އަޙްމަދީ އެޕްސްޓީންއަށް ފޮނުވި އީމެއިލެއްގައި ބުނެފައިވަނީ، އެ ފޮތިގަނޑަކީ މަދުވެގެން 10 މިލިއަން މުސްލިމުން ބީހި، އެމީހުންގެ ދުއާ އާއި އުންމީދުތައް އޭގައި ”ރައްކާކުރެވިފައިވާ“ އެއްޗެއް ކަމަށެވެ.

ނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ އެޕްސްޓީންއާ އަޒީޒާއާ އޮތީ ކޮން ކަހަލަ ގުޅުމެއްކަމެއް އަދި މި ތަކެތި އޭނާއަށް ފޮނުވީ ކީއްވެގެން ކަމެއް ލިޔެކިޔުންތަކުން ސާފެއް ނުވެއެވެ.

މީގެ އިތުރުން، 2017 ވަނަ އަހަރު އެމެރިކާ ސަރަހައްދަށް އެރި ތޫފާން އިރްމާގައި އެޕްސްޓީންގެ އަމިއްލަ ރަށަށް ލިބުނު ގެއްލުންތަކާ ގުޅިގެންވެސް އަޒީޒާ ވަނީ އޭނާގެ ހާލު ބަލާފައެވެ. އަދި އެޕްސްޓީންގެ އެހީތެރިއަކު އަޒީޒާއަށް ޑީއެންއޭ ޓެސްޓް ކުރާ ކިޓެއް ފޮނުވާފައިވާކަންވެސް އީމެއިލްތަކުން އެނގެއެވެ.

ހަމައެއާއެކު، އެފްބީއައި އިން ދާދިފަހުން އާންމުކުރި މެމޯއެއްގައި ބުނެފައިވަނީ، އެޕްސްޓީންއަކީ އެމެރިކާ އާއި އިސްރާއީލުގެ ޖާސޫސީ އިދާރާތަކާ ގުޅިގެން މަސައްކަތްކުރި މީހެއް ކަމަށެވެ. އަދި އޭނާ އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އިހޫދު ބަރާކްގެ ދަށުން ޖާސޫސެއްގެ ގޮތުގައި ތަމްރީނުވެފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.