ޗައިނާގެ ކުރީގެ ޖަސްޓިސް މިނިސްޓަރު-- ފޮޓޯ/ ޗައިނާ ސެންޓްރަލް ޓެލެވިޜަން
ދުނިޔެ
03 Feb 2026 | 12:00
ޗައިނާގެ ކުރީގެ ޖަސްޓިސް މިނިސްޓަރު އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި

ޗައިނާގެ ކުރީގެ ޖަސްޓިސް މިނިސްޓަރު ޓޭންގް ޔީޖުން، ގިނަ އަހަރުތަކެއްގެ މަތިން ބޮޑެތި އަދަދުތަކުން ރިޝްވަތު ހިފިކަން ސާބިތުވުމާ ގުޅިގެން، އޭނާ އުމުރަށް ޖަލަށްލުމަށް ފޫޖިއާން ޕްރޮވިންސްގެ ކޯޓަކުން އިއްޔެ ހުކުމް ކޮށްފިއެވެ.

މިއީ އެ ގައުމުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރިއަށްގެންދާ ވަރުގަދަ ކެމްޕޭނުގެ ދަށުން އެޅުނު ފާހަގަކޮށްލެވޭ ފިޔަވަޅެކެވެ. ޝިއާމެން އިންޓަރމީޑިއަޓް ޕީޕަލްސް ކޯޓުން ނިންމާފައިވާ ގޮތުގައި، އުމުރުން 64 އަހަރުގެ ޓޭންގް، 2006 އިން 2022 އާ ދެމެދު ސަރުކާރުގެ އެކި އިސް މަގާމުތަކުގައި ހުރިއިރު، ގަވާއިދާ ހިލާފަށް 137 މިލިއަން ޔުއާން (ގާތްގަނޑަކަށް 19.7 މިލިއަން ޑޮލަރު) އަށްވުރެ ގިނަ ފައިސާ އާއި މަންފާ ރިޝްވަތުގެ ގޮތުގައި ހޯދާފައިވެއެވެ. އޭނާ އަދާކުރި މަގާމުތަކުގެ ތެރޭގައި 2020 އިން 2023 އަށް ޖަސްޓިސް މިނިސްޓަރުކަމާއި، ލިއާއޮނިންގް ޕްރޮވިންސްގެ ގަވަރުނަރުކަމުގެ އިތުރުން ނިންގްބޯގެ ޕާޓީ ޗީފްގެ މަގާމު ހިމެނެއެވެ.

ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޓޭންގް ވަނީ އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކުންފުނިތަކުގެ ހިއްސާ ބާޒާރަށް ނެރުމާއި، ބިމުގެ މުއާމަލާތްތަކާއި، ބޭންކު ލޯނުތަކުގެ އިތުރުން ގާނޫނީ މައްސަލަތަކުގައި ވަކި ބަޔަކަށް ފައިދާ ހޯދައިދީފައެވެ. މި އަމަލުތަކުގެ ސަބަބުން ދައުލަތަށާއި ރައްޔިތުންގެ މަސްލަހަތަށް އިންތިހާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ކޯޓުން ފާހަގަކުރިއެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމުގެ އިތުރުން، ޓޭންގްގެ ސިޔާސީ ހައްގުތައް އުމުރަށް ނިގުޅައިގަނެ، އޭނާގެ އަމިއްލަ ހުރިހާ މުދަލެއް ދައުލަތަށް ހިފޭގޮތަށް ވަނީ ނިންމާފައެވެ. އަދި ގަވާއިދާ ހިލާފަށް ހޯދާފައިވާ ހުރިހާ ފައިސާއެއް ދައުލަތުގެ ޚަޒާނާއަށް ޖަމާކުރުމަށްވެސް ވަނީ އަމުރުކޮށްފައެވެ. މި ހުކުމް އައިސްފައިވަނީ 2024 ވަނަ އަހަރުގެ އެޕްރީލް މަހު ޕާޓީގެ އަދަބުތަކާއި ގައުމީ ގާނޫނުތަކާ ބޮޑެތި ޚިލާފުތަކެއް ވެފައިވާ ކަމަށް ބުނެ އޭނާގެ މައްސަލަ ތަހުގީގުކުރަން ފެށުމަށްފަހު، ޕާޓީން ވަކިކޮށް 2025 ވަނަ އަހަރު ރަސްމީކޮށް ދައުވާ އުފުލުމާ ގުޅިގެންނެވެ.

ޓޭންގްގެ މައްޗަށް އިއްވި މި ހުކުމަކީ ރައީސް ޝީ ޖިންޕިންގް 2012 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ފަހުން ފެއްޓެވި ކޮރަޕްޝަނާ ދެކޮޅު ކެމްޕޭނުގެ ދަށުން ގިނަ އަދަދެއްގެ އިސް އޮފިޝަލުން ހައްޔަރުކުރަމުންދާ ދަނޑިވަޅެއްގައި ނިންމި ނިންމުމެކެވެ. ބެއިޖިންގުން ބުނާ ގޮތުގައި މިއީ ގައުމު ހިންގުން ހަރުދަނާކުރުމަށާއި މަތީ ފަންތީގެ ކޮރަޕްޝަން ނައްތާލުމަށް ކުރާ މުހިންމު މަސައްކަތެކެވެ. ނަމަވެސް، ބައެއް ފާޑުކިޔާ ފަރާތްތަކުން ދެކޭގޮތުގައި މިއީ ސިޔާސީ ވާދަވެރިން އެކަހެރިކުރުމަށް ބޭނުންކުރާ ވަސީލަތެކެވެ.

މި މައްސަލައާއެކު ޓޭންގް މިވަނީ ކޮރަޕްޝަނުގެ މައްސަލަތަކުގައި ހަރުކަށި އަދަބު ދެވުނު ޗައިނާގެ ސަރުކާރުގެ އިސް އޮފިޝަލުންގެ ދިގު ލިސްޓުގައި ހިމެނިފައެވެ. މިއީ ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތައް ޒިންމާދާރުކުރުވުމަށް ބެއިޖިންގުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަވަމުންދާ ކަމުގެ ހެއްކެއް ކަމަށް ބެލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.