އެޕްސްޓީން ފައިލްސް-
ދުނިޔެ
04 Feb 2026 | 07:07
އެޕްސްޓީންގެ ފައިލްތައް: ދުނިޔޭގެ ”ނުފޫޒުގަދަ“ މީހުންގެ މުޑުދާރު އަމަލުތައް؛ ފިތްކަނޑައިގެންދާހާ ބިރުވެރި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، އެ ކުދިންނާއި އެތައް ބަޔަކަށް ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންގެ މައްސަލައިގެ ސިއްރު ފައިލްތަކެއް މިދިޔަ ދެދުވަހެއްގެ ތެރޭގައި ހާމަވުމާއެކު، ދުނިޔޭގެ ނުފޫޒުގަދަ އަދި މުއްސަނދި ފަރާތްތަކުގެ އަނދިރި ފަރާތް ހާމަވެ މުޅި ދުނިޔެ ވަނީ ސިއްސުވާލައިފައެވެ.

މި ފައިލްތަކުގައި ހިމެނޭ ބައެއް މައުލޫމާތުތަކަކީ އިންސާނީ ބުއްދިއަށް ގަބޫލުކުރަން ދަތި، އަދި އެހާމެ ބިރުވެރި ކަންތައްތަކެކެވެ.

މި މައްސަލައާ ގުޅިގެން މިހާރު އިންޓަނެޓްގައި އެންމެ ބޮޑަށް ދައުރުވަމުންދަނީ 2009 ވަނަ އަހަރުގެ ވީޑިއޯ ކްލިޕެކެވެ. މެކްސިކޯގެ މޮޑެލްއެއް ކަމަށްވާ ގަބްރިއޭލާ ރީކޯ ޖިމެނޭޒް، މޮންޓެރޭގެ ލަގްޒަރީ ހޮޓަލެއްގެ ބޭރުގައި ވަރަށް ބޮޑަށް ބިރުގެންފައިވާ ހާލަތެއްގައި ހަޅޭއްލަވަމުންދާ މަންޒަރު މި ވީޑިއޯއިން ފެނެއެވެ.

ނުފޫޒުގަދަ މީހުންގެ ޕާޓީއަކަށް ދިޔުމަށްފަހު އޭނާ ބުނަމުންދިޔައީ، "އެމީހުން އިންސާނުންގެ މަސް ކަނީ" ކަމަށާއި، އޭނާގެ ރަހުމަތްތެރިން މަރާލާފައިވާ ކަމަށެވެ. މި ހާދިސާއަށްފަހު އެ މޮޑެލް ވަނީ ގެއްލިފައެވެ.

އެޕްސްޓީންގެ މައްސަލައިގައި ދާދި ފަހުން ހާމަކުރި ސިއްރު ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، މިއީ ހަމައެކަނި ޖިންސީ ގޯނާގެ މައްސަލަތަކެއް ނޫނެވެ. އޭގެ ބަދަލުގައި އިންސާނުން ބޭނުންކޮށްގެން ހިންގާ ބިރުވެރި ރޫހާނީ ނުވަތަ ސިހުރުގެ ކަންތައްތަކަކާއި، އިންސާނުންގެ މަސް ކެއުމާއި، ކުޑަކުދިން ގުރުބާންކުރުން ފަދަ ލާއިންސާނީ އަމަލުތައް މީގެ ތެރޭގައި ހިމެނެއެވެ.

އެގޮތުން ހެކިވެރިއެއްގެ އީމެއިލްއަކުން ހާމަވެފައިވާ ބައެއް ބިރުވެރި ތަފްސީލުތަކުގެ ތެރޭގައި:

* ލަގްޒަރީ ޔޮޓްތަކުގައި ބާއްވާ ހަފުލާތަކުގައި އިންސާނުން ގުރުބާންކުރުމުގެ ރަސްމިއްޔާތުތައް ބޭއްވުން.

* "ޝިމިޓާ" ކަނޑިއަކުން ކުޑަކުއްޖެއްގެ ފައި ބުރިކޮށްލުމަށްފަހު، އެއްވެސް ލަކުނެއް ނުހުންނަ ގޮތަށް އެކަން ފޮރުވުން.

* ކުޑަކުދިންގެ ގުނަވަންތައް ވަކިކޮށް، އެކުދިންގެ ބަނޑު ފަޅައި ބަނޑުތެރޭގައި ހުންނަ ތަކެތި އިންސާނުން ކެއުން.

މީގެ އިތުރުން، އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް (ސީނިއާ) ފިރިހެނަކަށް ޖިންސީ ގޯނާކުރި ކުރާތަން ފެންނަ ވީޑިއޯ އަކާއި، އިނގިރޭސިވިލާތުގެ ޕްރިންސް އެންޑްރޫ ކުޑަ އަންހެން ކުއްޖެއްގެ ގަތް މަތީގައި ނިދާފައި އޮތް މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް މި ފައިލްތަކުގެ ތެރެއިން ވަނީ ފެންމަތިވެފައެވެ.

ލީކުވެފައިވާ އީމެއިލްތަކަކުން ހާމަވެފައިވާ ގޮތުގައި، 1990 ގެ އަހަރުތަކުގެ ތެރޭގައި ޕްރިންސް އެންޑްރޫ ވަނީ ފެޝަންގެ ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން އަންހެން ކުއްޖަކު ގެނެސްފައެވެ. ނަމަވެސް، އެ ކުއްޖާއަށް މަލާމާތްކޮށް، ޖިންސީ އަޅެއްގެ ގޮތުގައި ބޭނުންކޮށް، އިންސާނިއްޔަތާ ހިލާފު ބޮޑެތި އަނިޔާތަކެއް ދީފައިވާކަން މި ލިޔުންތަކުން އެނގެއެވެ.

މީގެ އިތުރުން، އެ އަންހެން ކުއްޖާ މަރާލުމަށް އަންގައި، އެ މަރުގައި ޕްރިންސް އެންޑްރޫގެ ބައިވެރިވުން އޮތްކަންވެސް މި އީމެއިލްތަކުން ކަށަވަރުކޮށްދޭ ކަމަށް ބަޔާންކޮށްފައިވެއެވެ.

މި ފަޅާއަރާފައިވާ ލިޔުންތަކުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ގުޅޭ ގިނަ ސިއްރުތަކެއް ވަނީ ބޭޒާރުވެފައެވެ. އެގޮތުން، އޭނާގެ މައްޗަށް ވަނީ 13 އަހަރުގެ ކުޑަކުއްޖަކު ރޭޕްކޮށް، އެ ކުއްޖާއަށް ލާއިންސާނީ ޖިންސީ އަނިޔާ ކުރި ކަމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައެވެ.

މީގެ އިތުރުން، ޓްރަމްޕްގެ 'މާ-އަ-ލާގޯ' ރިސޯޓުގައި ކުޑަކުދިން ނީލަންކިޔައި ވިއްކާފައިވާ ކަމަށްވެސް މި ލިޔުންތަކުން އެނގެއެވެ. އަދި ކެލިފޯނިއާގެ ރާންޗޯ ޕަލޯސް ވާޑްސްގައި ހުންނަ ޓްރަމްޕްގެ ގޯލްފް ކޯހުގައި އިންސާނީ ވަގުފާރި ހިންގާ ނެޓްވޯކެއް އޮތްކަން މި ލިޔުންތަކުން ހާމަވެއެވެ.

މި ހާދިސާތަކުން ސަލާމަތްވި އެކަކު ކިޔައިދިން ގޮތުގައި، އޭނާ ބައިވެރިވި ބައެއް އާދަޔާ ހިލާފު ޕާޓީތަކުގައި ބައެއް އަންހެން ކުދިން ގެއްލެމުންދިޔަ މަންޒަރު އޭނާއަށް ވަނީ ފެނިފައެވެ. އަދި އެދުވަސްވަރު ޓްރަމްޕްގެ ސެކިއުރިޓީގެ އިސްވެރިޔާ އޭނާއަށް ބިރުދައްކައި އިންޒާރު ދީފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. އެގޮތުން އޭނާ ބުނި ގޮތުގައި، ފެނުނު ނުވަތަ ހިނގި އެއްވެސް ކަމެއްގެ ވާހަކަ ދައްކައިފިނަމަ، އެތަނުގެ ގޯލްފް ދަނޑުގެ ވަޅުތަކުގެ ތެރޭގައި ”ގަސްކާނާއަށް“ އޭނާ ހަދާލާނެ ކަމަށް ބުނެ އިންޒާރު ދިނެވެ.

މިއީ މިހާތަނަށް ފަޅާއަރާފައިވާ ކަންތައްތަކުގެ ވަރަށް ކުޑަ މިންވަރެކެވެ. ދުނިޔޭގެ ނުފޫޒުގަދަ ބައެއް ވެރިންނާއި މަޝްހޫރު ގިނަ ފަރާތްތަކެއް މިކަމުގައި ބައިވެރިވާ ކަމަށް ބެލެވޭއިރު، އަދިވެސް ހާމަނުވެ ސިއްރުވެފައިވާ ކަންތައްތައް މިއަށްވުރެ މާ ބޮޑެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޭގެ ނިއުކްލިއިކް އެސިޑް ޓެސްޓިން ފަށައިފި
އެންއޭޓީ އަކީ ހަދިޔާކުރާ ލޭގައި އެޗްއައިވީ, ހެޕަޓައިޓިސް ބީ (އެޗްބީވީ) އަދި ހެޕަޓައިޓިސް ސީ (އެޗްސީވީ) ފަދަ ނުރައްކާތެރި ބަލިތައް ހުރިތޯ ބެލުމަށް ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީއެވެ. މި ޓެސްޓުގެ ޒަރީޢާއިން ކުރިން ބޭނުންކުރަމުން އައި ޓެސްޓު ކުރުމުގެ އުސޫލުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަޤީންކަމާ އެކު ބަލިތައް ދެނެގަނެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވެފައިވެއެވެ.
23 Jul 2026
ބަންގްލަދޭޝްގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
ބަންގްލަދޭޝްގެ އިރުދެކުނުގެ ހަތް ޑިސްޓްރިކްޓެއް ކަމަށްވާ ޗިޓަގޮންގް، ކޮކްސް ބާޒާރު، ބަންޑަރުބަން، ރަންގަމަތީ، ޚަގްރަޗާރީ، މޯލްވީބާޒާރު އަދި ހަބީގަންޖްގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުންވަނީ ހާލުގައި ޖެހިފައެވެ. މީގެ އިތުރުން 267,918 އާއިލާއެއް ވަނީ އެކަހެރިވެ، ކާބޯތަކެއްޗާއި ބޯފެނަށް ޖެހިފައެވެ.
23 Jul 2026
އެމެރިކާއާއި ސައޫދީ ޢަރަބިއްޔާއިން ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި
އެމެރިކާގެ ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ސައޫދީގެ ނިއުކްލިއާ ހަކަތައިގެ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ބޮޑު ފުރުޞަތެއް އެމެރިކާގެ ކުންފުނިތަކަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ނިއުކްލިއާ ހަތިޔާރު ނުފެތުރުމުގެ އުސޫލުތައް ހިމެނޭ ގޮތަށް، އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި "ދެ ފަރާތެއްގެ ސޭފްގާޑް އެއްބަސްވުމެއް" ގައި ވެސް ވަނީ ސޮއިކޮށްފައެވެ.
23 Jul 2026
ކިލޯއަކަށްވުގެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.
23 Jul 2026
ހޫތީން ސަޢޫދީ ދެ ތެޔޮ ޓޭންކަރަކަށް މިސައިލާއި ޑްރޯން ހަމަލާ ދީފި
ޙޫތީ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުދަ ދުވަހު ހާމަކުރި ގޮތުގައި ހަމަލާ އަމާޒުކޮށްފައި ވަނީ "އެންސީލިއާ" އާއި "ލައިލާ" ނަމަކަށް ކިޔާ ދެ ޓޭންކަރަށެވެ. ޙޫތީންގެ ހަތިޔާރު އެޅި ފައުޖުން ނެރެފައިވާ ކަނޑުގެ ދަތުރުފަތުރު ބަންދުކުރުމުގެ ނިންމުމާ އެ ދެ އުޅަނދު ޚިލާފުވެފައިވާ ކަމަށް ސަރީޢު ބުންޏެވެ. މީގެ އިތުރުން ގާތްގަނޑަކަށް ދިހައެއްހާ ބޯޓު މަގުން އެއްކައިރިކޮށް އަނބުރާ ފޮނުވައިލެވިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
23 Jul 2026
1.15 ޓްރިލިއަން ޑޮލަރުގެ އަސްކަރީ ބިލެއް އެމެރިކާއިން ފާސްކޮށްފި
ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސްއިން ބުދަ ދުވަހު މި ބިލު ފާސްކުރީ ވަރަށް ހަނި ތަފާތަކުންނެވެ. ބިލު ފާސްކުރުމަށް 216 މެންބަރުން ވޯޓު ދިންއިރު، ބިލާ ދެކޮޅަށް 212 މެންބަރުން ވޯޓު ދިނެވެ. މި ވޯޓުގައި ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރަކު ބިލާ ދެކޮޅަށް ވޯޓު ދިންއިރު، ޑިމޮކްރެޓިކް ޕާޓީގެ ހަ މެންބަރަކު ވަނީ ބިލަށް ތާއީދުކޮށްފައެވެ.
23 Jul 2026
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި
ހަރަކާތްތައް ފެށުމުގެ ގޮތުން ރޭ ދަންވަރު 12:00 ގައި އިސްކަންދަރު ބިލްޑިންގުގައި ނަގާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.
23 Jul 2026
ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން މަނާކުރަނީ
ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފިއެވެ. މިއީ ވިލާތުގެ ގައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.