މީރާ ހުންނަ އިމާރާތް
ހަބަރު
04 Feb 2026 | 19:31
ދައުލަތަށް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން އާއްމުކޮށްފި

ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަންތައް ދައުލަތުގެ ޓެކްސް އިދާރާއިން އާއްމުކޮށްފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން އާއްމުކުރި މި ލިސްޓްގައި ހިމެނެނީ، އެއްލައްކަ ރުފިޔާއަށް ވުރެ ގިނައިން ދައުލަތަށް ފައިސާ ދައްކަންޖެހި ނުދައްކާ ފަރާތްތަކެވެ. މި ފަރާތްތަކުގެ ނަންތައް މީރާއިން ހާމަކޮށްފައިވަނީ ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރުމުގައި އެ އިދާރާއިން ގެންގުޅޭ ސިޔާސަތުގެ ތެރެއިންނެވެ.

މީރާއިން ބުނީ އެ އިދާރާއިން ވާނީ ޓެކްސް ދެއްކުމަށް އެފަރާތްތަކަށް އެކި ފަހަރުގެ މަތިން ގުޅައި، ލިޔެކިޔުމުން ކުރަންޖެހޭ މުއާމަލާތްތައްކޮށްފައެވެ.

މީރާއިން ނަންތައް އާއްމުކުރި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 2024 ވަނަ އަހަރު އާމްދަނީން ނަގާ ޓެކްސް ނުދައްކާ ފަރާތްތަކެވެ. އެ އިދާރާއިން ވަނީ ޓެކްސް ދެއްކުމަށް ކަނޑައެޅިފައިވާ ސުންގަނޑި ހަމަވުމުގެ ކުރިން ޓެކްސްބަޔާން ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ.

ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމަށް މީރާއިން މިދިޔަ އަހަރު ކުރި މަސައްކަތްތަކުން 1.46 ބިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. ދައުލަތަށް ނުލިބިފާ ފައިސާގެ އަދަދު 13.8 ބިލިއަން ރުފިޔާއަށް އަރާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.