އިންތިހާބުވީ ދެ މެންބަރުން
ހަބަރު
04 Feb 2026 | 23:59
ވޯޓެއް ނެތި އަދާލަތަށް ވެސް ދެ ގޮނޑި ކަށަވަރު ވެެއްޖެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ރ. ކިނަޅޮހު ކައުންސިލަށް އިންތިހާބު ކުރާ 6 ގޮނޑިއަކަަށް އަދާލަތު ޕާޓީން ކުރިމަތިލީ ދެ ކެންޑިޑޭޓަކު ވޯޓެއް ނެތި ހޮވިއްޖެ އެވެ.

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ހުޅުވާލި ފުރުސަތު ވަނީ ހަމަވެފަ އެވެ. އިންތިހާބުގައި 2،993 ކެންޑިޑޭޓުން ވާދަ ކުރާނެ އެވެ.

ނަމަވެސް އިންތިހާބު ކުރަން ޖެހޭ އަދަދަށް ކުރިމަތިލުމުގެ ސަބަބުން އިންތިހާބުގެ ކުރީން ވޯޓެއް ނެތި ބައެއް ކެންޑިޑޭޓުންނަށް ވަނީ ގޮނޑި ކަށަވަރު ވެފަ އެވެ.

އެގޮތުން ކިނޮޅަހު ކައުންސިލަށް އިންތިހާބު ކުރަން ޖެހޭ މެންބަރު ކަމަށް ކުރިމަތިލީ ހަސަން ޝުއައިބެވެ. އޭނާ ކުރިމަތިލީ އަދާލަތު ޕާޓީގެ ޓިކެޓްގަ އެވެ. އިތުރު މީހަކު އެ ގޮނޑިއަށް ކުރިމަަތި ނުލާތީ އިންތިހާބެއް ނެތި ޝުއައިބަށް ވަނީ ގޮނޑި ކަށަވަރު ވެފަ އެވެ.

އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސަކަށް ވެސް ކުރިމަތިލީ އެންމެ ކެންޑިޑޭޓެކެވެ. އެއީ އަދާލަތު ޕާޓީގެ ޓިކެޓްގައި ކުރިމަތިލީ އާއިޝަތު ޖަވާދާ އެވެ. އޭނާއަށް ވެސް ވަނީ ގޮނޑި ކަށަވަރު ވެފަ އެވެ.

ކިނަޅޮހަކީ އަދާލަތުގެ ތާއީދު ވަރަށް ބޮޑު ރަށެކެވެ. އެ ރަށުގެ ކައުންސިލްގައި ކުރީން ވެސް އޮތީ އަދާލަތުގެ މެޖޯރިޓީ އެވެ. އަދާލަތަށް ތާއީދު ބޮޑު ދެތީން ރަށުގެ ތެރޭގައި ކިނަޅޮސް ފާހަގަ ކުރެވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.