ޒުވާނަކު ބަންގި ގޮވާއިރު ޒުވާން ޚަތީބަކު ޚުތުބާދޭން ތައްޔާރުވެގެން މިންބަރުގައި --
ހަބަރު
05 Mar 2026 | 01:41
މި ހުކުރު ތަފާތުވާނެ، ބޮޑެތި ހުރިހާ މިސްކިތްތަކެއްގައި އިމާމުވެ ހުކުރު ކުރާނީ ޒުވާން ޚަތީބުން

މި އަންނަ ހުކުރު ދުވަހު މާލޭގެ ބޮޑެތި ހުރިހާ މިސްކިތްތަކެއްގައި އިމާމުވެ ހުކުރު ކުރާނީ ޒުވާން ޚަތީބުން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިރޭ ވިދާޅުވި ގޮތުގައި މި ހުކުރުގަައި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި އަދި މާލޭގެ ބޮޑެތި ހުރިހާ މިސްކިތްތަކުގައި އިމާމުވެ ހުކުރުކުރާނީ ފާހަގަކޮށްލެވޭ އިލްމީ އަދި ރީތިކޮށް ކީރިތި ޤުރުއާން ކިޔަވާ ޒުވާން ޚަތީބުންނެވެ.

މި ފުރުސަތު އެ ޒުވާނުންްނަށް ދޭން ބޭނުންވަނީ އެ ކުދިންގެ ލީޑާޝިޕް ބަލައިގަންނަކަމާއި އިސްލާމީ ކަންކަން ހިންގުމާއި އިސްލާމީ ޚިދުމަތުގައި އެކުދީންނަށް އޮތް ފުރުސަތުގެ ތަނަވަސްކަން ޔަޤީންކޮށް ދިނުމާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޒުވާން ޖީލު ބިނާކުރެއްވުމަށް ފެއްޓެވި މަސައްކަތްޕުޅަށް ބާރު ދިނުމުގެ ގޮތުން ކަމުގައި ވެސް ވިދާޅުވި އެވެ.

ޒުވާން ޚަތީބުން ތަމްރީނު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ތިން ބުރެއްގެ މަތީން ޚާއްސަ ޕްރަގްރާމްތަކެއް ހިންގާފަ އެވެ. އެ ޕްރަގްރާމްތަކުން މިހާތަނަށް 503 ޚަތީބުން ވަނީ ތަމްރީނު ކޮށްފަ އެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގައި 500 ޒުވާން ޚަތީބުން ތަމްރީނު ކުރުމެވެ.

މިހާރުވެސް މާލޭގެ އެކި މިސްކިތްތަކާއި އަތޮޅުތެރޭގެ އެކި މިސްކިތްތަކުގައި ޒުވާން ޚަތީބުން ދަނީ އިމާމުވެ ނަމާދު ކުރަމުންނެވެ. ހުކުރު ޚުތުބާ ދިނުމާއި އިމާމުވެ ތަރާވީޙު ނަމާދު ކުރުމުގައި ވެސް ޒުވާން ޚަތީބުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް
ގަރުދިޔާރިފު
އޮޅުވާނުލާ، ތީ ވޯޓަށް ޖަހާ ޗައްކަރު، އެހެންވީމަ ކޮންމެހެން ގުއިރޯނު ދަމަން ހަދާނެ ކަމެއް ނެތް، ތިކަމަކީ ރަނގަޅު ކަމެއް، ކޮންމެހެން ދީނީ ކާޑުކުޅެގެން ރައްޔިތުމީހާ ވާވައްދަން އުޅޭނެ ކަމެއްނެތް.
05 Mar 2026
ގުޅޭ ލިޔުންތައް
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.