ރައީސް އަދި މިނިސްޓަރު ޝަހީމް --
ހަބަރު
05 Mar 2026 | 01:11
އުމްރާއަށް ނުފުރި ތިބި މީހުންނަށް ފުރޭނެ ގޮތެއް ހޯދައިދޭން ރައީސް އަންގަވައިފި

އުމްރާއަށް ނުފުރި ތިބި މީހުންނަށް ފުރޭނެ ގޮތެއް ހޯދައިދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފި އެވެ.

އެކަން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ހާމަކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ އެކި ކުންފުނިތަކުން އުމްރާއަށް ދިއާން އުޅުނު މީހުންނަށް ނުފުރިފައިވުމާއި ބައެއް ގައުމުތަށް މެދުވެރިކޮށް ޓްރާންސިޓްކޮށް ފުރަން އުޅުނު މީހުންނަށް، އެ ގައުމުތަކުގެ ފްލައިޓްތައް ކެންސަލްވުމުން ނުފުރިފައިވާތީ އެ މީހުން އުމްރާއަށް ފުރުވޭނެ ގޮތެއް ހޯދުމަށް ރައީސުލްޖުމުހޫރިއްޔާ އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

އެހެން ކަމުން އެ މީހުން ފުރުވާލެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީ އާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ. މިވަގުތާހަމަ އަށް 150 މީހުން ފުރަން ބޭނުންވެފަ ތިބިކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ފްލައިޓް ޗާޓަރު ކުރެވޭނެ ގޮތް ވެއްޖެ ނަމަ މީގެ އިތުރުން ވެސް ޖާގަ އެއް ހޯދަން ބޭނުންވާ މީހުންނަށް ޖާގަ ހުރި މިންވަރަކުން ދޭނެ ކަމަށެވެ.

"އަދި ވަގުތު ކުޑަތަންވެފައިވުމުން މިކަމުގައި ހުރި ދަތިތައް ހައްލުވޭތޯ މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަން," މިނިސްޓަރު ވިދާޅުވި އެވެ.

މި ފުރުޞަތުގައި، ރައްޔިތުންނާ ގުޅުން ހުރި މިފަދަ ކަންކަން ހައްލުކޮށްދެެއްވުމަށް ރައީސް ޑރ މުޢިއްޒު ބަހައްޓަވަމުން ގެންދަވާ އަހައްމިއްޔަތަށްޓަކައި ވަރަށް އިހްލާސްތެރިކަމާއެކު ރައީސަށް ޝުކުރު ދަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މޯލްޑިވިއަންއާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ވެސް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ގޮތްތަކެއް ފަހިކޮށްދިން ނަމަވެސް ދަތުރުގެ ހަރަދު ކުރާނީ އެހެންޏާ ވެސް ޢުމްރާ ދަތުރުގައި އޮންނަ އުސޫލުން އުމްރާވެރިން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ