އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް.. ފޮޓޯ: އެފްއޭއެމް
ހަބަރު
04 Mar 2026 | 21:28
އެފްއޭއެމްގެ ތެރެއިން އިތުރު ހިޔާނާތެއް، މިފަހަރު 29.5 މިލިއަން ރުފިޔާއަށް އަރާ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްގެ ތެރެއިން އަނެއްކާވެސް އިތުރު ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

މިފަހަރުގެ ހިޔާނާތް ފެންމަތިވެފައިވަނީ މިއަދު އޮޑިޓަރ ޖެނެރަލް ނެރުއްވި، ފުޓްބޯލް ޓްރެއިނިން ފެސިލިޓީއެއް ގާއިމްކުރުމަށް އެފްއޭއޭއެމަށް ދޫކުރި ބިމުން ބައެއް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިންނެވެ. އޮޑިޓަރ ޖެނެރަލް މިއަދު ނެރުއްވި ރިޕޯޓްގައި ބުނެފައިވަނީ، ހުޅުމާލެއިން އެފްއޭއެމަށް ދޫކުރި ބިމުގެ ސްލޮޓްތައް ކުއްޔަށްދީގެން ލިބުނު ފައިސާގެ ތެރެއިން 29.60 މިލިއަން ރުފިޔާ ގެއްލިފައިވާކަމަށް ބެލެވޭކަމަށެވެ.

އެއީ ހުޅުމާލޭގައި ފުޓްބޯލް ޓްރެއިނިން ފެސިލިޓީއެއް ގާއިްމްކުރުމަށްޓަކައި ސަރުކާރުން އެޗްޑިސީ މެދުވެރިކޮށް އެފްއޭއެމަށް ދޫކުރި ބިމުގެ 12 ބްލޮކް ވިޔަފާރީގެ ބޭނުންތަކަށް ދިނުމުގެ މުއާމަލާތުގެ ތެރެއިންނެވެ. އޮޑިޓް ރިޕޯޓްގައި ބުނީ 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ހަދާފައިވާ 13 ސަބްލީސް އެއްބަސްވުމާއި އެ ބިމުގައި އަޅާފައިވާ އެކޮމަޑޭޝަން ބްލޮކްގެ ތިން ފްލޯ ކުއްޔަށް ދޫކުރުމަށް ހެދި އެއްބަސްވުންތަކުން ބިމު ކުލީގެ ގޮތުގައި 2025 ވަނަ އަހަރުގެ ނިޔަލަށް އެފްއޭއެމަށް 56.2 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށެވެ. މީގެ ތެރެއިން 52.2 މިލިއަން ރުފިޔާ އެފްއޭއެމަށް ބަލައިގަނެފައިވާކަމަށް އެ އިދާރާގެ ރެކޯޑްތަކުން ދައްކައެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ބުނެފައިވަނީ 52.2 މިލިއަން ރުފިޔާގެ ތެރެއިން 29.59 މިލިއަން ރުފިޔާ އެފްއޭއެމްގެ އެއްވެސް ކަމަކަށް ބޭނުން ނުކުރެވި ގެއްލިފައިވާކަމަށް ފާހަގަކުރެވޭ ކަމަށެވެ. ގެއްލުނު ފައިސާގެ ތެރޭގައި ހިމެނެނީ ބިމުގެ ސްލޮޓްތަކާއި އިމާރާތުގެ ފްލޯތަކުން ކުއްޔަށްނެގި 5 ފަރާތަކުން ބަލައިގަތްކަމަށް ބުނެ ހުށަހަޅާފައިވާ އެފްއޭއެމްގެ ބައެއް އިސްފަރާތްތަކުން ބަލައިގަތްކަމަށް ބުނެ ހުށަހަޅާފައިވާ އެފްއޭއެމްގެ ސްޓޭމްޕް އަދި އިސްފަރާތްތަކުގެ ސޮއި ހިމެނޭ ރަޝީދުތަކާއި ޕޭމަންޓް ވައުޗަރުތަކުގެ ޖުމްލަ 14.1 މިލިއަން ރުފިޔާ އާއި އެފްއޭއެމްގެ ބޭންކު އެކައުންޓްތަކަށް އެ ސްލޮޓްތަކުގެ ކުލީގެ ގޮތުގައި ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ އެކައުންޓަށް ފޮނުވާފައިވާ 14.01 މިލިއަން ރުފިޔާއެވެ. 

މީގެ އިތުރުން އެފްއޭއެމްގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން އެކި ފަހަރު މަތިން ނަގުދު ފައިސާގެ ގޮތުގައި ނަގާފައިވާ ޖުމްލަ 1.4 މިލިއަން ރުފިޔާވެސް ހިމެނެއެވެ.

އޮޑިޓް ރިޕޯތްގައި ބުނެފައިވަނީ ނަގުދު ފައިސާއިންނާއި ޗެކުން އެފްއޭއެމަށް ދިންކަމަށް ބުނެ ހުށަހަޅާފައިވާ ރަޝީދުތަކާއި ޕޭމަންޓް ވައުޗަރުތަކުގައި ހިމެނޭ ޖުމްލަ 14.1 މިލިއަން ރުފިޔާ ގެއްލިފައިވާކަމަށެވެ.

ނަގުދު ފައިސާއިންނާއި ޗެކުން ފައިސާ ލިބުނުކަމަށް ސޮއިކޮށްފައިވާ ފަރާްތްތަކާއި ބަލައިގަތް ފައިސާގެ އަދަދު އަންގައިދޭ ތާވަލް:

މައުލޫމާތު: އޮޑިޓް އޮފީސް

އެފްއޭއެމްގެ މި މައްސަލަ ހިނގާދިޔައިރު އެ އިދާރާގެ ރައީސްކަމުގެ މަޤާމުގައި ހުންނެވީ މިހާރުވެސް ހިޔާނާތުގެ މައްސަލަތައް ޝަރުއީ މަރުހަލާގައި ކުރިއަށްދާ އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުކަން ފާހަގަކޮށްލެވެއެވެ. 

އޮޑިޓް ރިޕޯޓްގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މީގެ ތެރެއިން ބައެއް ފައިސާ ވަނީ ބޭރުފައިސާ ވިއްކާ ކުންފުންޏެއްގެ އެކައުންޓަށްވެސް ޖަމާކޮށްފައެވެ. ނަމަވެސް އެ ޖަމާކުރި ފައިސާ ލިބުނުކަން އެނގޭކަށެއް ނެތެވެ. އެ ފައިސާގެ ޖުމްލަ އަދަދުވެސް 8.99 މިލިއަން ރުފިޔާއަށް އަރައެވެ.

ކޯޓުގައި ހިނގަމުންދިޔަ ބައެއް މައްސަލަތައް ބައްސާމުގެ މައްޗަށް ސާބިތުވެފައިވާއިރު، ފީފާއިން އެފްއޭއެމަށް ދިން 1.2 މިލިއަން ޑޮލަރުގެ މައްސަލާގައި އޭނާގެ މައްޗަށް އުފުލި މަނީ ލޯންޑަރީންގެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ އޭނާ 23 އަހަރަށް ޖަލަށްލައި 44.7 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.