އާދަމް ޝަރީ މިރޭގެ ހަފްލާގައި.. ފޮޓޯ: ވޮއިސް
ހަބަރު
04 Mar 2026 | 22:55
އިދިކީލަ ވިސްނުމުގެ ބަޔަކު ތިބެއްޖެނަމަ ތަރައްޤީގެ ކަންކަން ލަސްވުން ނޫންކަމެއް ނުވާނެ: އާދަމް ޝަރީފް

ސަރުކާރާ އިދިކީލަ ވިސްނުމުގެ ބަޔަކު ތިބެއްޖެނަމަ ތަރައްޤީގެ ކަންކަން ލަސްވުން ނޫންކަމެއް ނުވާނޭކަމަށް ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީން މިރޭ ބޭއްވި ހެންވޭރު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ހަފްލާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ޕީއެންސީން މަސައްކަތްކުރަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ތަސައްވަރާ އެއްގޮތަށް ތަރައްޤީގެ ކަންކަން ހާސިލްކުރުމަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ޕީއެންސީން މަސައްކަތްކުރަނީ ސަރުކާރުން ރައްޔިތުންގެ މަންފާއަށްޓަކައި ކުރުމަށް ރާވާފައިވާ ތަރައްޤީގެ ކަންކަން އަވަހަށް ގެނެސްދިނުމަށް ކަމަށާއި، މިގޮތުން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ބޭނުންވަނީ ސަރުކާރު ވިސްނުމާ އެއްގޮތަށް މަސައްކަތް ކޮށްދޭނޭ މަދަދުގާރުންކަމަށެވެ.

ހެންވޭރު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ހަފްލާ.. ފޮޓޯ: ވޮއިސް

އެގޮތުން އެ ވިސްނުމާ އިދިކީލަ ބަޔަކު ތިބެއްޖެނަމަ ސަރުކާރުން ހުށަހަޅާފައިވާ ތަރައްޤީގެ ކަންކަން އައުން މަޑުޖެހިގެންދާނޭކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރެއް އޮވެގެން ރައްޔިތުންނަށް ބޭނުންވާ ވަރަށް ހާއްސަ މަގުސަދުތަކެއް ހާސިލްކުރުމަށްޓަކައި ކުރަންހުރި ކަންތައްތަކެއް ބޮޑު ފޮތެއްގެ ސިފައިގައި ލިޔުއްވައިގެން ނުކުންނެވި ހަމައެކަނި ވެރިއަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށްވެފައި އެމަނިކުފާނުގެ ލީޑަރޝިޕްގައި ޕާޓީ ނުކުމެ މި ކުރަން އުޅޭ މަސައްކަތަކީ ގައުމު ކުރިއަށް ގެންދިއުމުގައި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތް ކުރާނެ އިތުރު މަދަދުގާރުންތަކެއް ހޯދުމުގެ މަސައްކަތް

މިނިސްޓަރުއާދަމް ސަރީފް 

ދިވެހިރާއްޖޭގައި މިވަގުތު އޮތް އެންމެ ހަރުދަނާ ސިޔާސީ ޕާޓީއަކީ، އަދި މިވަގުތު ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތަށްޓަކައި، ގައުމުގެ ހަމަޖެހުމަށްޓަކައި، ތަރައްގީއަށްޓަކައި، އަދި ހަމަހަމަކަން ގާއިމު ކުރުމަށްޓަކައި މަސައްކަތްކުރާ ޕާޓީއަކީ ޕީއެންސީކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ދޫންޏަށް ވޯޓުދޭންވީ އެ ސަބަބަށްޓަކައި ކަމަށެވެ.

މިރޭގެ ހަފްލާގައިވަނީ ޕީއެންސީ ހެންވޭރު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވާފައެވެ. މި ޖަގަހަ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. މި ހަފްލާގައި ޕީއެންސީގެ ފަރާތުން މާލޭ މޭޔަރު ކެނޑިޑޭޓާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ ކެނޑިޑޭޓުގެ އިތުރުން އެ ދާއިރާއަށް ކުރިމަތިލާ ކެނޑިޑޭޓުންގެ އިތުރުން ޕާޓީ މެމްބަރުންނާއި ދާއިރާއަށް ނިސްބަތްވާ ރައްޔިތުން ބައިވެރިވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.