ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު: ފޮޓޯ/ އެމްޑީޕީ
ހަބަރު
06 Feb 2026 | 14:45
10 ރިސޯޓްގައި ރަލާއި އޫރުމަސް ނުވިއްކައި ދިވެއްސަކަށް 400 ޑޮލަރު ދެވޭނެކަމަށް ގަބޫލެއް ނުކުރެވޭ: މައުރޫފް

ދިވެހިންގެ ނަމުގައި މި ސަރުކާރުން ހަދާ 10 ރިސޯޓްގައި ރަލާއި އޫރުމަސް ނުވިއްކައި ކޮންމެ ދިވެއްސަކަށް 400 ޑޮލަރު ދެވޭނެކަމަށް ބުއްދި ގަބޫލުނުކުރާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. 

ދިވެހީންގެ ނަމުގައި މަދުވެގެން 10 ރިސޯޓް ތަރައްގީކޮށް ކޮންމެ އަހަރަކު ހުރިހާ ދިވެހީންނަށް ފައިދާ ބަހަން ނިންމާ އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ދެއްވި ރިޔާސީ ބަޔާނުގައި ވަނީ އިއުލާނު ކުރައްވައިފައެވެ.

ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި އެކަމަށް ފާޑުވިދާޅު ވާހަކަދައްކަވަމުން މައުރޫފް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ހަލާލް ޓޫރިޒަމްގެ ވާހަކަދައްކަވާފައިވާ ކަމަށެވެ. އަދި ހަލާލް ޓޫރިޒަމް އަށް ހިންގާ ރިސޯޓް ތަކުގައި ރަލާއި އޫރުމަސްވެސް ނުވިއްކާނެ ކަމަށާ، އެހެން ކަމަށް ވާނަމަ، އެ ރިސޯޓް ތަކުން ކޮންމެ ދިވެއްސަކަށް 400 ޑޮލަރު ބެހޭ ވަރަށް ފައިދާ ލިބޭނެކަމަށް އޭނާ ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވިއެވެ. 

ދިހަ ރިސޯޓް ހަދާފައި އަހަރަކު 400 ޑޮލަރު ދޭނަމޭ. ހަލާލް ޓޫރިޒަމްގެ ވާހަކަވެސް ދެއްކެވި. ވަރަށް ބޮޑަށް. އަޅުގަނޑު ހިތަށް އަރަނީ، މިބޭފުޅާ މި ހައްދަވާ ރިސޯޓްތަކުގައި ހަމަ ގައިމުވެސް ރަލާއި އޫރު މަހެއް ނުވިއްކާނެއޭ. ނުވިއްކާ، 10 ރިސޯޓް ހަދައިގެން ކޮންމެ ދިވެހި ރައްޔިތަކަށް އޭގެން 400 ޑޮލަރު ދޭނެ ގޮތެއް އަޅުގަނޑުގެ ބުއްދިއަކަށެއް ފަހުމެއް ނުވޭ

މައުރޫފް ޒާކިރު

މީގެ އިތުރުން، މައުރޫފް ވަނީ މިފަހަރުގެ ރިޔާސީ ބަޔާނުން ފެނުނު މަންޒަރަކީ ކުރިން ހަދާފައިވާ ދޮގުތައް ތަކުރާރުކުރެއްވުން ކަމަށާ އެ ދޮގުތަކަށްވެސް ފޮނިތޮށި ކާފޫރުތޮޅި އަޅާފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގެ ރޫހެއް މި ސަރުކާރުގެ ނެތް ކަަމަށް މައުރޫފް ވިދާޅުވި އެވެ. 

އިއްޔެގެ ރިޔާސީ ބަޔާން ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ރާއްޖޭގެ ފަޅުތަކާއި ރަށްތަކާއި ގިރިތަކާއި އެ ނޫން ކޮންމެ ތަނަކީ ހުރިހާ ދިވެހީންގެ މިލްކުވެރިކަން އޮތް ތަންތަން ކަމަށެވެ. އެހެން ކަމުން ފަތުރުވެރިކަމުން ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު މަންފާ ލިބެން ޖެހޭ ކަމުގައި ވިދާޅުވި އެވެ.

އެކަމަށް މަގު ފަހި ކުރުމުގެ ގޮތުން ދިވެހީންގެ ނަމުގައި މަދުވެގެން 10 ރިސޯޓް ތަރައްގީކޮށް ކޮންމެ އަހަރަކު ހުރިހާ ދިވެހީންނަށް ފައިދާ ބަހަން ނިންމާފައިވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

"ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓް ތަރައްޤީކޮށް އެ ރިސޯޓްތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް ހަމަ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް ހަމަހަމަ ކަމާއެކު އަހަރަކު އެއް ފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭން,"

ރައީސް މުޢިއްޒު

ރައީސް ވިދާޅުވި ގޮތުގައި މި ގޮތަށް ތަރައްގީކުރާ ހުރިހާ ރިސޯޓެއްގެ ހިއްސާ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބޭ ގޮތަށް ގާނޫނުގައި އެކަން ކަނޑައަޅުއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

އަދި ރިސޯޓްތައް ތަަރައްގީކޮށް ކުރިއަށް އޮތް 2030 ވަނަ އަހަރުން ފެށިގެން ފައިދާ ޖަމާކުރަން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އަންދާޒާ އަކީ އަހަރަކު ކޮންމެ ރައްޔިތެއްގެ އެކައުންޓަށް 400 ޑޮލަރު ޖަމާވުން ކަމަށެވެ. އަދި ވިދާޅުވީ އެ އުންމީދު ހަގީގަތަކަށް ހެދުމަށް ވަރަށް ހަލުވިކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް
ޢަލީ
ރިސޯޓަކާއި 2 ލެޕްޓޮޕުން ދައުލަތް ހިންގާނެކަމަށް ބުނީމަ ޤަބޫލުކުރެވިއްޖެ. ދެ ރިސޯޓުން ބޮލަކަށް އަހަރަކު 400 ޑޮލަރު މަހަކު 33.33 ޑޮލަރު ދޭންބުނީމަ ޤަބޫލެއް ނުކުރެވުނު.
06 Feb 2026
ގުޅޭ ލިޔުންތައް
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.