އިސްތިއުފާ ދެއްވުމަށްފަހު މިލިޓަރީގެ އެހީގައި ރައީސް ނަޝީދު މުލިއާގެއަށް ވަޑައިގަންނަވަނީ.. ފޮޓޯ: އޭޕީ
ހަބަރު
07 Feb 2026 | 13:57
ރައީސް ނަޝީދުގެ ވެރިކަން ފުރޮޅާލި ހިސާބުން ޑިމޮކްރަސީ ވެފައިވަނީ ވަގުތީ އެއްޗަކަށް: ފައްޔާޒް

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފުރޮޅުނު ހިސާބުން ދިވެހިންނަށް ލިބުނު ޑިމޮކްރަސީ މިއަދު ވެފައިވަނީ ވަގުތީ އެއްޗަކަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް ފައިސަލް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ނަޝީދުގެ އިސްތިއުފާއަށްފަހު ފެބުރުއަރީމަހުގެ 7 ވަނަ ދުވަހު ހިނގާދިޔަ ހާދިސާގެ ހަނދާންތައް އާ ކުރައްވައި ފައްޔާޒް އެކްސްގައި ވަނީ ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓްގައި ފައްޔާޒް ވަނީ، އޭގެ ކުރިން ދުވަހާއި އެދުވަހުގެ އިތުރުން ފަހުން ރައްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

ފައްޔާޒުގެ ޕޯސްޓްގައި ވިދާޅުވީ ދިވެހިންގެ ކިބައިން ޑިމޮކްރަސީ ފޭރިގަތްތާ މިއަދަށް 14 އަހަރުވެގެންދިޔައިރު، އޭރުގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރުވީ މަޖުބޫރުންކަމަށް ވިދާޅުވެފައެވެ. މި ޕޯސްޓްގައި ފައްޔާޒު ވަނީ، ރައީސުލްޖުމްހޫރުރިއްޔާގެ ނައިބުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދަށް އަމާޒުކުރައްވައި ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މިފަހުން ހާމަވި އެޕްސްޓެއިންގެ ފައިލްތަކުންވެސް އެނގިގެންދިޔައީ އެ ހާދިސާ ހިނގި ގޮތުގެ ހަގީގަތްކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ.

ފައްޔާޒްގެ ޕޯސްޓްގައި ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރި ފަރާތްތައް މަޤްސަދަކަށްވީ އެމީހުންގެ އަމިއްލަ ނަފްސާއި ބާރުވެރިކަން ދެމެހެއްޓުން ކަމަށާއި މިއަދުވެސް އެމީހުންގެ ކިބައިން ފެނިގެންދަނީ އެކަންކަން ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށްފަހު ޖެހިގެން އައި ފެބުރުއަރީމަހުގެ 7 ވަނަ ދުވަހު ފެނިގެންދިޔައީ، މީގެ ކުރިން މި ޤައުމުގެ އެތެރެއިން ފެނިފައިނުވާފަދަ އަނިޔާވެރި ލާއިންސާނީ އަމަލުތަކެއްކަމަށެވެ. އިސްލާހީ މަސައްކަތްތަކުގައި އުޅުނު މީހުންނަށް އެދުވަހު އެސްއޯ ފުލުހުންގެ ފަރާތުން ކުރިމަތިވި އަނިޔާތައް ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ، އިސްލާހީ މަސައްކަތްތެރިންނަށް އެދުވަހު ކުރިމަތިލާންޖެހުނު ލާއީންސާނީ ކަންކަން އަދި އެމީހުންގެ ގުރުބާނީ ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނޭކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ފުލުހުންނާއި، ކޯޓުތަކާއި، ރައްޔިތުންގެ ހިމާޔަތުގައި ހުންނަންޖެހޭ ދައުލަތުގެ މުއައްސަސާތަކަށް އޮތް އިތުބާރު އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އޮތީ ގެއްލިފައި ކަމަށެވެ. ގައުމުގެ އިސްލާހީ ދަތުރު އޮޅުންބޮޅުންވެ މިއަދާހަމަޔަށް އާއިރު އުޅެން ޖެހިފައިމިވަނީ އެތައް ގުރުބާނީއަކުން ހޯދި އަސާސީ ހައްގުތައް ދިފާއުކުރުމަށްޓަކައި ކުރަންޖެހޭ ބޮޑު ހަނގުރާމައެއްގެ ތެރޭގައިކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.

މި ޕޯސްޓްގައި ފައްޔާޒް ވިދާޅުވީ އެމްޑީޕީ ފިޔަވައި އޭގެފަހުން ރާއްޖޭގެ ވެރިކަމަށް އައި ފަރާތްތަކުން މަސައްކަތް ކުރަމުންދިޔައީ އަމިއްލަ ބާރުވެރިކަން ވަރުގަދަކުރުމަށްކަމަށެވެ. ނަމަވެސް މި ދުވަސްތައްވެސް ހިގައިދާނޭކަމަށާއި، މިއަށްވުރެ އުޖާލާ ފާގަތި ދުވަސްތަކެއް އަދި ފެންނާނޭކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫންގެ ވެރިކަމަށްފަހު 2008 ވަނަ އަހަރު ވެރިކަމަށް އައި, ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައިސްފައިވަނީ 2012 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 7 ވަނަ ދުވަހުއެވެ.

ކޮމެންޓް
އަލިބެ
ޑިމޮކްރަސީ އަކީ އިސްލާމީ ގައުމަކަށް މޮޅަކަށް ވުރެން ގެއްލުމެކެވެ. ބޭނުންވަނީ ތިޔަ މޮކް ރަސީ އަށް ވުރެން ޜައްޔިތުންދެކެ ލޯބިވާ ‘ޑިކްޓޭޓަރ’ އެކެވެ.
07 Feb 2026
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.