އިހަވަން ބާޒާރުގެ ތެރެއިން-- ފޮޓޯ/މަސްވެރި އިހަވަންދޫ
ހަބަރު
08 Feb 2026 | 14:17
"އިހަވަން ބާޒާރު 2026" އިހަވަންދޫއަށް ވިޔަފާރީގެ އީދެއް

ހއ. އިހަވަންދޫގައި ކުރިއަށްގެންދާ "އިހަވަން ބާޒާރު 2026" އަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ވޮއިސްއަށް މައުލޫމާތު ދެއްވަމުން ހއ.އިހަވަންދޫ ކައުންސިލްގެ ނައިބުރައީސް މުހައްމަދު އަރީބް ވިދާޅުވީ މި ބާޒާރަކީ، ރަށުގެ އިގްތިސާދު ކުރިއަރުވައި، ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ވިޔަފާރިތަކަށާއި، އާއްމު ފަރުދުންގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި ބާއްވާ ބާޒާރެއްކަމަށެވެ.

މީގެ އިތުރުން ދަނޑުވެރިންނާއި މަސްވެރިންގެ އިތުރުންވެސް ކާބޯތަކެތީގެ ބާވަތްތައް އުފައްދާ ފަރާތްތަކަށް އާމްދަނީ ހޯދައިދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް ބާޒާރު ބޭއްވުމުގެ މުހިންމު އެއް ބޭނުންކަމަށް އަރީބް ވިދާޅުވިއެވެ.

އިހަވަން ބާޒާރުގެ ތެރެއިން-- ފޮޓޯ/މަސްވެރި އިހަވަންދޫ

އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާ މި ބާޒާރުގައި، ކޮންމެ ދުވަހެއްގެ ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް ތަކެތި ވިއްކުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ބާޒާރުގައި ތަކެތި ވިއްކުމުގެ ފުރުސަތު އަތޮޅުގެ ރަށަކަށް ހުޅުވާލާފައިވާއިރު، އިހަވަންދޫގެ އިތުރުން ކައިރި ރަށްރަށުގެ ގިނަ އަދަދެއްގެ މީހުން ބާޒާރުގައި ބައިވެރިވާކަމަށް އަރީބް ވިދާޅުވިއެވެ.

މި ބާޒާރުގެ ތެރެއިން ހުރިހާ ވައްތަރެއްގެ ސާމާނު ލިބެންހުންނާނެ. ގޭތެރޭގައި ބޭނުންކުރާ ސާމާނާއި، ތެލިތަށީގެ އިތުރުން އަތްތެރި މަސައްކަތްތަކާއި، އަންނައުނުވެސް ހިމެނޭ. އިހަވަންދޫއަކީ މަސްވެރިކަމަށް ހާއްސަ ރަށެއްކަމުން މި ބާޒާރުގައި ރިހާކުރު، ހެދިކާއާއި އަދި މިނޫންވެސް އެކި ކަހަލަ ކާބޯތަކެތިވެސް ލިބެން ހުންނާނެ

މުހައްމަދު އަރީބް/ އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް 


އިހަވަންދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، މި ބާޒާރުގައި، އިއްޔެ އެކަނިވެސް 1000 އަށް ވުރެ ގިނަ މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. އެގޮތުން ހދ އަތޮޅުން ކުޅުދުއްފުށި، ނޮޅިވަރަމް، ނޮޅިވަރަންފަރު، ނެއްލައިދޫ، ކުމުންދޫ، ނާވައިދޫ، ހިރިމަރަދޫ އަދި ހއ އަތޮޅުން ހޯރަފުށި، ތަކަންދޫ، ފިއްލަދޫ، މާރަންދޫ، މޮޅަދޫ، އުލިގަން، ތުރާކުނު، ކެލާ، ދިއްދޫ އަދި މުރައިދޫގެ ރައްޔިތުން މި ބާޒާރަށް ޒިޔާރަތް ކޮށްފައިވެއެވެ. މި ބާޒާރަށް އެންމެ ގިނައިން މީހުން އައިސްފައިވަނީ ހދ ކުޅުދުއްފުށިންނެވެ. 

އިހަވަން ބާޒާރަށް މީހުން ޒިޔާރަތްކުރަނީ-- ފޮޓޯ/މަސްވެރި އިހަވަންދޫ

'އިހަވަން ބާޒާރު 2026' އަކީ ކޮންމެ އަހަރަކުވެސް އާއްމުންގެ ތަރުހީބު އިންތިހާއަށް ލިބޭ ބާޒާރެކެވެ. ނަމަވެސް މިއަހަރުގެ ބާޒާރަށް މިދިޔަ އަހަރަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރާނޭކަމަށް ބެލެވޭކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.