ނިޕާ ވައިރަހަށް ވާލެއް ތެސްޓުކުރުމުގެ ތެރެއިން-- ފޮޓޯ/ އޭބީސީ ނިއުސް
ދުނިޔެ
08 Feb 2026 | 13:53
ބަންގްލަދޭޝް އިން ނިޕާ ވައިރަސް ފެނިއްޖެ

ބަންގްލަދޭޝްގެ އުތުރުގެ ނައޯގޯން ޑިސްޓްރިކްޓުން ނިޕާ ވައިރަހުގެ ކޭހެއް ފެނިފައިވަކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ރިޕޯޓުކޮށްފިއެވެ. 

މ ބަލި ޖެހުނު އަންހެން ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު މަރުވެފައެވެ. މި މީހާ މަރުވީ ނިޕާ ވައިރަހުންކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އަށް ކަށަވަރުކުރެވިފައިވަނީ މިއަދެވެ. މިއީ 2026 ވަނަ އަހަރުގެ ތެރޭގައި އެ ގައުމުން މި ބަލީގައި މަރުވި ފުރަތަމަ މީހާއެވެ. 

އުމުރުން 40 އާއި 50 އަހަރާ ދެމެދުގެ މި އަންހެން މީހާ މަރުވެފައިވަނީ ހުން އައުމާއި، ބޮލުގައި ރިއްސުންފަދަ އަލާމާތްތައް ޖެނުއަރީ 21 ހިސާބުގައި ފެނުމަށްފަހު ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން، ރާޖްޝާހީ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. 

ލެބޯޓްރީ ޓެސްޓުތަކުން އޭނާއަށް ބަލި ޖެހިފައިވާކަން ކަށަވަރުވުމާއެކު، އޭނާއާ ގާތުން ބައްދަލުވި މީހުން މޮނިޓަރ ކުރަން ވަނީ ފަށާފައެވެ. ޑަބްލިއު.އެޗް.އޯ އާއި ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި، އޭނާއާއި ގާތުން ބައްދަލުވި 35 މީހަކު ދެނެގަނެ ޓެސްޓު ކުރެވުނު ނަމަވެސް، މިހާތަނަށް އިތުރު މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.

ނިޕާ ވައިރަހަކީ ވާލުގެ ފަރާތުން ފެތުރޭ، ސިކުނޑި ދުޅަވުން ފަދަ ނުރައްކާތެރި މައްސަލަތައް ކުރިމަތިކުރުވާ ބައްޔެކެވެ. މި ބަލީގައި މަރުވާ މީހުންގެ ނިސްބަތް މަތި ނަމަވެސް، މިއީ އެކަކު އަނެކަކުގެ ގަޔަށް ފަސޭހައިން ފެތުރޭ ބައްޔެއް ނޫން ކަމަށް މާހިރުން ބުނެއެވެ. ބަންގްލަދޭޝްގައި ކޮންމެ އަހަރަކުވެސް ފިނި މޫސުމާ ދިމާކޮށް މި ބަލި ފެނެއެވެ. 

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އަންދާޒާކުރާ ގޮތުގައި، މި ބަލި ބައިނަލްއަގުވާމީ ފެންވަރެއްގައި ފެތުރުމުގެ ނުރައްކާ ކުޑައެވެ. އަދި މިވަގުތު ދަތުރުފަތުރުކުރުމާއި ވިޔަފާރީގެ އެއްވެސް ހުރަހެއް އެޅުމަށް އެ ޖަމްއިއްޔާއިން ލަފައެއް ނުދެއެވެ. ވޭތުވެދިޔަ އަހަރުތަކުގައިވެސް ބަންގްލަދޭޝްއިން މި ބަލީގައި މީހުން މަރުވެފައިވާއިރު، ބަލި ފެތުރޭ ދުވަސްވަރު ސަމާލުވެ ތިބުމަކީ ބަލި ކޮންޓްރޯލް ކުރުމަށް މުހިންމު ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.