ފުލުހުންގެ އިދާރާ --
ހަބަރު
08 Feb 2026 | 17:15
ޖަލުގައި މަރުވި ދެ މީހެއްގެ އޮޓޮޕްސީ ހަދަނީ

ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި ދެ މީހެއްގެ އޮޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ޖަލުގައި މަރުވި އައްޑޫ ހިތަދޫ، ހަސަން ނިޔާޒާއި ދރ 439، އިބްރާހީމް ސުހައިލްގެ ހަށިގަނޑު ވަޅުނުލާ ބާއްވާފައި ވަނީ ތަހުގީގަށް އޮޓޮޕްސީ ހެދުމަށް ކަމަށެވެ. އެގޮތުން އެ ދެ މީހުންގެ ހަށިގަނޑު އޮޓޮޕްސީއަށް އިންޑިއާއަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ނިޔާޒާއި ސުހައިލުވެސް މަރުވީ މި މަހުގެ ދެވަނަ ދުވަހު އެވެ. އެ ދެ މީހުންް މަރުވުމާއި ގުޅިގެން ވެސް އެކަން ކަރެކްްޝަނުން އާންމުކުރި އެވެ.

އެ އިދާރާއިން ބުނީ ނިޔާޒު މަރުވީ މި މަހުގެ 2 ވަނަ ދުވަހުގެ މެންދުރު ފަހު، ހުޅުމާލޭ ޖަލުގައި ކުއްލިއަކަށް މެޑިކަލް އެމަޖެންސީއެއް ދިމާވެގެން ކަމަށެވެ. މަރުވީ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ އަކީ އުމުރު ދުވަހަށް ޖަލަށްލާފައިވާ މީހެކެވެ. އޭނާ މަރުވީ ހުކުމްކޮށް ޖަލަށް ގެންދިޔަތާ ދެ ދުވަހެއް ތެރޭގަ އެވެ.

ސުހެއިލް މަރުވީ ނިއުމޯނިޔާ ޖެހި އޭނާގެ ސިއްހީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ވެފައިވަނިކޮށެވެ. ކުރީން ވެސް ސްޓްރޯކެއް ޖެހިގެން ފަރުވާ ހޯދި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jun 2026
ވެނެޒުއޭލާއަށް ބާރުގަދަ ދެ ބިންހެލުން އަތުވެއްޖެ
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން މައުލޫމާތުދޭ ގޮތުގައި، ބުދަ ދުވަހުގެ ރޭ ފުރަތަމަ އައީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މި ބިންހެލުން އައީ ކަރަކަސްއާ 284 ކިލޯމީޓަރު ދުރުގައި އޮންނަ ސަން ފެލީޕޭ ކައިރިއަށެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން، ކަރަކަސްގެ ހުޅަނގުން 293 ކިލޯމީޓަރު ދުރުގައި އޮންނަ ޔުމާރޭ ކައިރިއަށް 7.5 މެގްނިޓިއުޑްގެ ދެވަނަ ބިންހެލުން އައިސްފައިވެއެވެ.
25 Jun 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ދެ މަސްބޯޓެއް
އެމްއެންޑީއެފުން ބުނިގޮތުގައި، އެ ދެ މަސްބޯޓު ފެނުނީ، ގދ. އަތޮޅާއި ފުވައްމުލަކު ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ގދ.ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް ދަތުރުކުރަމުންދަނިކޮށް ކަމަށެވެ.
25 Jun 2026
އީރާނުގެ ކުރީގެ ރޫޙާނީ ލީޑަރު ޚާމަނައީގެ ޖަނާޒާއަށް މޯދީއަށް ދަޢުވަތު ދީފި
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ގިނަ ދުވަސްތަކަކަށް ދެމިގެންދާ ޖަނާޒާގެ ރަސްމިއްޔާތުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ޖުލައި 7 ވަނަ ދުވަހު ގުމްގައި ޚާއްޞަ ރަސްމިއްޔާތުތަކެއް ބޭއްވުމަށްފަހު، ޖުލައި 9 ވަނަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައި ފަސްދާނުލުމަށް ވަނީ ނިންމާފައެވެ.
25 Jun 2026
ދެކުނު އެފްރިކާއަށް ތާރީހީ ދުވަހެއް، ފުރަތަމަ ފަހަރަށް ވަރލްޑަކަޕް ނޮކްއައުޓަށް
މެޗްތަކަށްފަހު ގްރޫޕް އޭގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު އެއްވަނާގައި އުޅެނީ، 9 ޕޮއިންޓާއެކު މެކްސިކޯއެވެ. ދެވަނާގައި 4 ޕޮއިންޓާއެކު ދެކުނު އެފްރިކާ އުޅޭއިރު، ތިންވަނާގައި އުޅޭ ކޮރެއާއަށް ލިބިފައިވަނީ، 3 ޕޮއިންޓެވެ.
25 Jun 2026
ބްރެޒިލް މޮޅުވެ ގްރޫޕްގެ އެއްވަނަ ހޯދިއިރު، ސްކޮޓްލޭންޑަށް މުބާރާތުން ކެޓުމުގެ ބިރު
ސްކޮޓްލޭންޑުން މި މެޗަށް ނިކުތީ، ޕޮއިންޓެއް ހޯދައިގެން ނަމަވެސް ބޮޑު މުބާރާތެއްގެ ގްރޫޕް ފިޔަވަހިން ފުރަތަމަ ފަހަރަށް ސަލާމަތްވެވޭނެ ކަމުގެ އުއްމީދުގައެވެ
25 Jun 2026
ބަލިވިނަމަވެސް ސްވިޒަރލޭންޑާއެކު ކެނެޑާވެސް އަނެއްބުރަށް
ވެންކޫވާގައި ކުޅުނު މިމެޗް ސްވިޒަރލެންޑުން ކާމިޔާބުކުރީ ކެނެޑާގެ މައްޗަށް 2-1 އިން ބަލިކޮށްގެންނެވެ
24 Jun 2026
ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
މި ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތަކަށް އިސްކަންދީގެން ހިދުމަތް ފޯރުކޮށްދޭ ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
24 Jun 2026
ތެލުގެ އަގު މިހާރު ހެޔޮނުވެގެން އުޅެނީ ވިޔަފާރިވެރިން ދަހިކަމުން: ޓްރަމްޕް
ޕޯސްޓްގައި ޓްރަމްޕް ވަނީ ދުނިޔޭގެ ބާޒާރުގައި ސާފްނުކުރާ ތެލުގެ އަގު ދަށްވިނަމަވެސް އާއްމުނަށް ތެއޮ ވިއްކާ ފަރާތްތަކުން އަގުހެޔޮނުކޮށް ބޮޑު އަގުގައި ވިޔަފާރިތަކުން ފައިދާ ހޯދަމުންދާކަމަށް ތުހުމަތު ކުރައްވާފައެވެ