ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި, އެކަކަށް ވަރަށް އަނިޔާވި

ހައިވޭގައި އެކްސިޑެންޓް ހިނގާފައި

ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެކްސިޑެންޓްގައި އެކަކަށް ވަރަށް ބޮޑަށް އަނިޔާވި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެކްސިޑެންޓާއި ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެކްސިޑެންޓްވީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގަ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގީ ހައިވޭ، މާލެއިން ހުޅުމާލެއަށްދާ ފަޅީގައި ކާރު ލައިންގައި މަޑުކޮށްގެން އޮތް ކާރެއްގައި ދުއްވާފައިދިޔަ އެހެން ކާރެއް ފަހަތުން ޖެހި އެ ކާރު ސައިކަލު ލޭނަށް ފުރޮޅާލާ އިތުރު ހަތަރު ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓްގައި ހަތަރު މީހަކަށް އަނިޔާވި އެވެ. އެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އެ މީހުންނަށަ ސީރިއަސް އަނިޔާތަކެެއް ލިބުނު ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓް ހިނގީ މިރޭ 12:45 ހާއިރު އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އެކްސިޑެންޓާއި ގުޅިގެން ހައިވޭގައި ވެހިކަލްތައް ވަނީ ތޮއްޖެހިފަ އެވެ.

ކޮމެންޓް