ހުރާގެ ނަރުދަމާ އަދި ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާ ހަވާލުކުރުން
ހަބަރު
09 Mar 2026 | 16:31
ކ.ހުރާގެ ކަރަންޓާއި ފެން، އަދި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއަށް

ކ.ހުރާގައި ކަރަންޓާއި ފެން، އަދި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ހުރާގައި ގާއިމްކުރުމަށް ނިންމާފައިވާ ޚިދުމަތްތައް ގާއިމްކުރުމުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރ މުހަންމަދު ނަޖާޙުއެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ، ސްޓެލްކޯގެ  ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރުއެވެ.

ސްޓެލްކޯއިން މިއަދު ގާއިމްކުރެވުނު އެއްބަސްވުމާއެކު، ހުރާގައި ކުރިން ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދެމުންދިޔަ ފެނަކަ ކޯޕަރޭޝަންގެ 32 މުވައްޒަފުން ސްޓެލްކޯގެ ދަށަށް ބަދަލުކުރެވިފައިވާކަމަށެވެ. މި ބަދަލާއިއެކު، ކ. ހުރާގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ސްޓެލްކޯގެ ޚިދުމަތުގެ މިންގަނޑުތަކާއި އެއްހަމަކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ވަޞީލަތްތައް ތަރައްޤީކުރުމަށް ސްޓެލްކޯއިން މަސައްކަތްކުރަމުން ދާނޭކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ހުރގެ ނަރުދަމާ އަދި ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާ ހަވާލުކުރުމުގެ ތެރެއިން..

ސްޓެލްކޯއިން ކ. ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތާއި ހަވާލުވުމާއި ގުޅިގެން، ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ކަރަންޓުގެ ޚިދުމަތް ދެމުންދަނީ ސްޓެލްކޯއިންނެވެ. އަދި ގްރޭޓަރ މާލެއާއި ކ އަތޮޅުގެ އިތުރުން އއ، އދ އަދި ވ އަތޮޅުގެ ރަށްތަށް ހިމެނޭގޮތަށް ޖުމްލަ 36 ރަށެއްގައި ކަރަންޓުގެ ޚިދުމަތާއި، 25 ރަށެއްގައި ފެނުގެ ޚިދުމަތް އަދި 24 ރަށުގައި ނަރުދަމާގެ ޚިދުމަތް ސްޓެލްކޯއިން ދެމުންދާކަމަށް އެކުންފުނިން ބުންޏެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި، ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރު ވިދާޅުވީ ހުރާގެ ނަރުދަމާ، ކަރަންޓް އަދި ފެނުގެ ހިދުމަތް ދިނުމަށް ސްޓެލްކޯއިން ހަވާލުވުމަށްފަހު، ސްޓެލްކޯއިން އެހެން ރަށްރަށުގަވެސް ދޭ މިންގަނޑުތަކަށް، ހުރާގެ ޔޫޓިލިޓީ ޚިދުމަތްތައް ކުރާނޭކަަށެވެ.

އަޅުގަނޑުމެންނަށް ފެންނަ ފެނުމުގަ އެރަށުގަ މުހިއްމު ތަރައްޤީގެ އިތުރު މަސައްކަތްތަކެއް. މި ޚިދުމަތްތަކާ ގުޅޭގޮތުން ކުރަން އެބަޖެހޭ. އެކަމާ ގުޅޭ ކަންތައްތައް އަޅުގަނޑުމެން މިހާރުވެސް ޕްލޭން ކުރެވި، އެމަސައްކަތްތައް ރޭވުމުގެ ކަންތައްތައް އެބަ ކުރިއަށްދޭ. އެހެންވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިހާރަށްވުރެވެސް ރަނގަޅަށް އެ މަސައްކަތް ހުރާގެ ރައްޔިތުންނަށް، ހުރާގެ ރައްޔިތުންނާ ގުޅިގެން ފޯރުކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން ފައްޓާނަން

 އަލީ އަޒްވަރު

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުޙައްމަދު ނަޖާޙް ވިދާޅުވީ، ހުރާގެ އެ ހިދުމަތްތައް ދިނުމަށް ސްޓެލްކޯ ހަވާލުވުމާއެކު  އާ ބާބަކުން ޚިދުމަތްތައް ރަނގަޅުކުރެވި، ރަނގަޅު ފެންވަރެއްގަ ދެވިގެންދާނޭކަމަށެވެ.

މިއަދު އަޅުގަނޑުމެންނަށް ކޮންކްލޫޑް މި ކުރެވެނީ ގާތްގަނޑަކަށް އަޅުގަނޑު ހަމަގައިމުވެސް ފެނަކައާ ހަވާލުވިފަހުން އެއް އަހަރު ދުވަހު އަޅުގަނޑުމެން އެކިއެކި ލެވެލްގަ މަޝްވަރާ ކުރެވި ފޯރަމްތައް ބޭއްވި ސިލްސިލާކޮށް އެކި ގޮތްގޮތުން ސްޓަޑީތައް ހެދި، މި ދިގު ސިލްސިލާގެ ނިމުން

މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުޙައްމަދު ނަޖާޙް

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކ. ހުރާ ދާއިރާގެ މެންބަރު މެންބަރު ޑރ. އަނާރާ ނަޢީމް ވިދާޅުވީ މިކަން ވެގެންދާނީ ހުރާ ރައްޔިތުންގެ ވަރަށް ގިނަދުވަސްތަކެއްގެ އުއްމީދެއް މިއަދު ޙާޞިލްވެގެން ދިއުންކަމަށެވެ. އެގޮތުން މިއީ ހުރާއަށް ހުރިހާ ގޮތަކުންވެސް ވަރަށް ފަސޭހަވެ، އިތުރު ކުރިއެރުމާ ތަރައްޤީ ލިބިގެންދާނެ ކަމެއްކަމަށް އަނާރާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.