ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ކަރާތަކެއް.. ފޮޓޯ: ވޮއިސް
ހަބަރު
09 Mar 2026 | 17:21
ބާޒާރުގައި ދިވެހި ކަރާ ކިލޯއެއްގެ އަގު 35 ރުފިޔާއަށް އަރައިފި

މާލޭ ބާޒާރުގައި ދިވެހި ކަރާ ކިލޯއެއްގެ އަގު 35 ރުފިޔާއަށް އަރައިފިއެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި މިއަދު ތޮއްޑޫ ކަރާ ކިލޯއެއްގެ އަގު 35 ރުފިޔާގައި ހުރިއިރު، ލ.އަތޮޅުގެ އިތުރުން ކަނޑޫދޫ ކަރާ ކިލޯއެއްގެ އަގު ހުރީ ހަމަ އއް އަގުތަކެއްގައެވެ. ގޮޅިތަކުން ވާހަކަދެއްކި ބައެއް މީހުން ބުނީ ކަރާ އަގުބޮޑުވެފައިވަނީ، ބާޒާރަށް އެންމެ ގިނައިން ކަރާ ގެންނަ ތޮއްޑޫއިން ކަރާ ނުގެންނާތީކަމަށެވެ. 

ރޯދަމަސް ފެށުނުއިރު ދަތުރުވެރިްނގެ މާރުކޭޓުގައި ދިވެހި ކަރާ ކިލޯއެއްގެ އަގު 25 ރުފިޔާގައި ހުރިނަމަވެސް ފުރަތަމަ ހަފްތާ ނިމުނުއިރު ކަރާ ކިލޯއެއްގެ އަގު ހުރީ 20 ރުފިޔާ އާއި 18 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. އޭރު ބާޒާރުގައި ދިވެހި ކަރާގެ އަގު ދަށަށްދިޔަ މައިގަނޑު އެއް ސަބަބަކީ ގިނަ އަދަދަކަށް އިންޑިއާ ކަރާ މާރުކޭޓަށް ގެނައުމެވެ. 

ދަތުރުވެރިންގެ މާރުކޭޓާއި ބާޒާރުމަތީ ފިހާރަތަކުގައި މިއަދު އިންޑިއާ ކަރާ ކިލޯއެއްގެ އަގު ހުރީ 25 ރުފިޔާގައެވެ. އިންޑިއާ ކަރާ ކިލޯއެއް އެ އަގަށް ހުރިނަމަވެސް ކަރާ މަދުކަން ފާހަގަކޮށްލެވެއެވެ. ވިޔަފާރިވެރިން ބުނާގޮތުގައި މާލޭ ބާޒާރުގައި ކުރިއަށް އޮތްތަނުގައި ކަރާގެ އަގު ދަށަށް ދިއުމަކީ ނާދިރުކަމެކެވެ. ސަބަބަކީ ތެލުގެ އަގުބޮޑުވުމާއި ކަރާ ލިބުން ދަތިވުމެވެ.

ބާޒާރަށް ބަލާއިރު މިހާރު އެންމެ އަގުހެޔޮ ތަކެތީގެ ތެރޭގައި ހިމެނެނީ ފިޔާ، ކެރެޓް އަދި އޮރެންޖެވެ. ބާޒާރުމަތީ ފިހާރަތަކުގައި ފިޔާ ކިލޯއެއްގެ އަގު 8 ރުފިޔާއަށް ލިބެން ހުރިއިރު، މިހާރު އޮރެންޖެއް 4 ރުފިޔާއަށް ލިބެން އެބަހުއްޓެވެ.

ބާޒާރުގައި ވިއްކަން ބަހައްޓާފައި ހުރި ތަރުކާރީތަކެއް... ފޮޓޯ؛ ވޮއިސް

މާލޭ ބާޒާރުގެ އަގުތަކަށް ބަލާއިރު، ކުރިއަށް މިއޮތް ދުވަސްތަކުގައި އަގުތައް އެންމެބޮޑަށް އުފުލޭނޭކަމަށް ލަފާކރެވެނީ ފިނިކުރި ކުކުޅާއި އެބާވަތުގެ މުދަލެވެ. މީގެ އިތުރުން ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ދަތުރުފަތުރުގެ އަގަށް އަންނަ ބަދަލަށް ބަލައި ކުރިއަށް އޮތްތަނުގައި ތަކެތީގެ އަގުތައް އުފުލުމަކީ ކައިރިކަމެއްކަމަށް ބައެއް ވިޔަފާރިވެރިން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.