ބެން ގޫރިއަން އެއާޕޯޓް.. ފޮޓޯ: އިސްރާއީލް ޓައިމްސް
ދުނިޔެ
09 Mar 2026 | 22:09
އީރާންގެ ކްލާސްޓާ މިސައިލްތައް އިސްރާއީލްގެ އެންމެ ހައި ސެކިއުރިޓީ ސަރަހައްދުތަކަށް

އީރާނުން ފޮނުވާ ކްލާސްޓާ މިސައިލްތައް އިސްރާއީލްގެ މެދުތެރޭ އެންމެ މުހިންމު ސަރަހައްދުތަކަށް އަމާޒުވަމުންދާކަމަށް ޓައިމްސް އޮފް އިސްރާއީލުން ހާމަކޮށްފިއެވެ.

އިސްރާއީލްގެ އެ ނޫހުން މިއަދު ބުނެފައިވަނީ، އީރާނުން އިސްރާއީލަށް މިހާރު ދެމުންދާ މިސައިލް ހަމަލާ ތަކަކީ ކުރިން ލަފާކޮށްފައި ނެތްވަރުގެ ގެއްލުންބޮޑު ހަމަލާތަކެއް ކަމަށެވެ. މިގޮތުން މި ފަހުން ދޭންފެށި ހަމަލާތައް އަމާޒުކޮށްފައިވަނީ، އިސްރާއީލްގެ މެދުތެރޭގެ ސަރަހައްދުތަކަށް ކަމަށް އެނޫހުން ބުންޏެވެ.

ހޯމަދުވަހުން ފެށިގެން އީރާނުން ދެމުންގެންދާ ހަމަލާތައް ވަރުގަދަ ކޮށްފައިވާކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެފައިވާއިރު، މިހާތަނަށް މިސައިލް 8 ހަމަލާ ދީފައިވާކަމަށް ވަނީ ބުނެފައެވެ. އެގޮތުން މިހާރުވެސް ކްލަސްޓަރ މިސައިލް ހަމަލާތައް  ޔަހޫދު، އޯރް ޔަހޫދާ، ހޮލޯން އަދި ބެޓް ޔަމް ސަރަހައްދަށް އަމާޒުވެފައިވާއިރު، ހީނުކުރާވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް މީޑިއާތަކުން ބުންޏެވެ. 

އިސްރާއީލްގެ މެދުތެރޭގެ ސަރަހައްދަކަށް އީރާނުގެ ހަމަލާއެއް އަރާފައި.. ފޮޓޯ: އިސްރާއީލް ޓައިމްސް

އިސްރާއީލް ޓައިމްސްއިން އާއްމުކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި، ބިންގަނޑު ފޫއަޅުވާލައިގެން ގޮސް ބޮޑެތި ވަޅުގަނޑުތައް ހެދިފައިވާއިރު، ގިނަ އަދަދެއްގެ އުޅަނދުފަހަރާއި އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ހަމަލާތަކަކީ ބޮޑު ސަރަހައްދަކަށް ކުދި ބޮންތައް ބުރައިގެންދާ ގޮތަށް ފަރުމާކޮށްފައިވާ ނުރައްކާތެރި ހަމަލާތަކެއްކަމަށް އިސްރާއީލްގެ މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ.

މިފަހުން އީރާނުން ދެމުންދާ ހަމަލާތަކުގެ ގެއްލުން ބޮޑުވަމުންދިއުމާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާއިން ވަނީ ކަމާބެހޭ ފަރާތްތަކުން ސެންސަރު ނުކުރަނީސް އެއްވެސް ތަނެއްގެ މަންޒަރެއް އާއްމުނުކުރުމަށް އިންޒާރުދީފައެވެ. އީރާނުން މި ފަހުން ދޭންފެށި ހަމަލާތައް ސީރިއަސް ހަމަލާތަކެއްގެ ގޮތުގައި އިސްރާއީލްގެ އަސްކަރިއްޔާއިން ނަގާފައިމިވަނީ ހަމަލާތައް ދިން ސަރަހައްދަކީ އެ ޤައުމުގެ މިނިސްޓްރީ އޮފް ޑިފެންސާއި ޖާސޫސީ އިދާރާ "މޮސާޑް" ގެ މައި މަރުކަޒުވެސް ހުންނަ ސަރަޙައްދައް ވާތީއެވެ. މިއީ އިސްތިރާތީޖީ ގޮތުންވެސް އެންމެ މުހިންމު ސަރަހައްދުކަން ފާހަގަކޮށްލެވެއެވެ.

އިސްރާއީލްގެ ސްކޫލެއް ބަންދުކޮށްފައި..

އީރާނުން ދޭންފެށި ހަމަލާތަކާއެކު، އިސްރާއީލްގެ މެދުތެރޭ ސަރަހައްދުތަކުފެ އޮފީސްތަކާއި ކިޔަވައިދޭ ތަންތަން ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ތައުލީމްދޭ ތަންތަން ނުހުޅުވުމަށް ވަނީ ނިންމާފައެވެ. އެގޮތުން 16 ސިޓީއަކުން މި ނިންމުން ނިންމާފައިވާކަމަށް އިސްރާއީލްގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އީރާނުގެ ޤައުމީ ޓީވީން ބުނެފައިވަނީ، އިސްރާއީލަށް މިފަހުން އީރާނުން ދޭންފެށި ހަމަލާތަކަކީ، އީރާނުގެ އާ ލީޑަރު މުޖްތަބާ ޚާމަނާއީގެ އިރުޝާދުގެ ދަށުން ޔަހޫދީންނާ ދެކޮޅަށް ފޮނުވާލި މިސައިލްތަކުގެ ފުރަތަމަ ރާޅު ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.