ޓްރަމްޕް އާއި ސީ.އެން.އެންގެ ނޫސްވެރިޔާ ކޭޓްލިން ކޮލިންސް
ދުނިޔެ
09 Feb 2026 | 07:33
އެޕްސްޓީންގެ މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމުން ޓްރަމްޕް ނޫސްވެރިޔަކާ ދިމާކޮށްލައިފި

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގައި ޖަލަށްލި، ޖެފްރީ އެޕްސްޓީން އާ ގުޅޭ ސުވާލެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ކުރުމުން، ސީ.އެން.އެންގެ ނޫސްވެރިޔާ ކޭޓްލިން ކޮލިންސްއާ ދިމާކޮށްލައިފިއެވެ. 

ވައިޓް ހައުސްގައި އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޖެފްރީ އެޕްސްޓީންގެ ފަރާތުން އަނިޔާ ލިބުނު މީހުންނަށް އިންސާފު ނުލިބޭ ކަމަށް އެމީހުންނަށް އިހުސާސް ކުރެވޭތީ އެކަމާ ގުޅޭގޮތުން ކޮލިންސް ސުވާލު ކުރުމުން، ޓްރަމްޕް ވަނީ އޭނާގެ ވާހަކަ މެދުކަނޑާލައިފައެވެ.

އެގޮތުން ނޫސްވެރިޔާއަށް ހުރަސް އަޅަމުން ޓްރަމްޕް ބުނީ ކޮލިންސް އަކީ އެންމެ ދަށު ދަރަޖައިގެ ނޫސްވެރިޔާ ކަމަށާއި، އޭނާ ފަދަ މީހުންގެ ސަބަބުން ސީ.އެން.އެންގެ ރޭޓިންގް ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި އެތައް އަހަރެއް ވަންދެން ކޮލިންސް ދަންނަ އިރު، އޭނާގެ މޫނުމަތިން ދުވަހަކުވެސް ހިނިތުންވުމެއް ފެނިފައިނުވާ ކަމަށް ބުނެ ޓްރަމްޕް ވަނީ ޒާތީ ގޮތުން ފާޑުކިޔާފައެވެ.

"އަހަރެންނަށް ކަލޭ އެނގޭތާ 10 އަހަރުވެއްޖެ. މިވީ 10 އަހަރުވެސް ކަލޭ ހިނިތުންވެފައި ހުރިތަނެއް ނުފެނޭ. ކަލޭ ހިނިތުންނުވަނީ ކީއްވެގެންކަން އެނގޭތަ؟ އެއީ ތެދު ބަހުން ވާހަކަ ނުދައްކާތީ. ސީއެންއެންވެސް ކަލޭއާމެދު ލަދުގަންނަން ޖެހޭނެ،" ޓްރަމްޕް ބުންޏެވެ.

މިކަމާ ގުޅިގެން ސީ.އެން.އެން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮލިންސް އަކީ ހުނަރުވެރި އަދި އާންމުންގެ އިތުބާރު ލިބިފައިވާ ފާހަގަކޮށްލެވޭ ނޫސްވެރިއެއް ކަމަށެވެ.

ނަމަވެސް ވައިޓް ހައުސްގެ ތަރުޖަމާނު އަބީގޭލް ޖެކްސަން ބުނީ، ޓްރަމްޕަކީ ކަންކަން ފޮރުވުމެއް ނެތި ސީދާ ބުނެދޭ މީހެއް ކަމަށާއި، މިއީ އަންހެނަކަށް ވީތީ ކުރި ކަމެއް ނޫން ކަމަށެވެ. އަދި މިއީ މީޑިއާއަށް އޮންނަ އިތުބާރު ކުޑަވުމުގެ ނަތީޖާ ކަމަށްވެސް އޭނާ ބުންޏެވެ.

މިއީ ފަހަކަށް އައިސް އަންހެން ނޫސްވެރިންނާ މެދު ޓްރަމްޕް މިފަދަ ހަރުކަށި ބަސްތަކެއް ބޭނުންކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ބްލޫމްބާގްގެ ނޫސްވެރިޔާ ކެތަރިން ލޫސީއާއި، އޭ.ބީ.ސީ ނިއުސްގެ މޭރީ ބްރޫސްގެ އިތުރުން ސީ.ބީ.އެސް ނިއުސްގެ ނޭންސީ ކޯޑްސްއަށްވެސް ޓްރަމްޕް ވަނީ އެކި ކަހަލަ ބަހުގެ ހަމަލާތައް އަމާޒުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.