ޕެރަ އެތްލީޓުން މެޑަލް އާއެކު: ފޮޓޯ/ ޕެރަ ސްޕޯޓްސް ކްލަބް
ރިޕޯޓް
09 Feb 2026 | 13:50
ޕެރަ ސްޕޯޓްސް ކްލަބާއެކު ނުކުޅެދުންތެރިކަން ހުންނަ އެތުލީޓުންގެ އުންމީދުތަކަށް އައު ދިރުމެއް

ކުޅިވަރަކީ ހަމައެކަނި ހަށިހެޔޮކަމާއި މުނިފޫހިފިލުވުމެއް ނޫނެވެ. އެއީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަކޮށްދޭ މުހިންމު ވަސީލަތެކެވެ. އެއީ ވަކި ބަޔަކަށް ޚާއްސަ އެއްޗެއް ނޫނެވެ. އެކަމުގެ ހުނަރާއި ޝައުގުވެރިކަން ހުރި ކޮންމެ މީހަކަށްވެސް  އެކަން ކުރެވޭނެއެވެ.  އެއީ ކުޅެދޭ މީހެއް ނަމަވެސް، ނުކުޅެދޭ މީހެއް ނަމަވެސްމެއެވެ. 

އެކަން މި ދިވެހިރާއްޖެއިންވެސް މިހާރު އަންނަނީ ފެންނަމުންނެވެ. އެގޮތުން މުޖުތަމައުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީވެސް ކުޅިވަރުގެ މައިދާނުގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދިދާނެ ބައެއްކަން  އެފަރާތްތަކުން ސާބިތުކޮށްދެމުންދާއިރު، އެ ފަރާތްތަކުގެ ހިތްވަރާއި، ސާބިތުކަމާއި އަދި ކާމިޔާބީގެ ފަހަތުގައިވާ އެއް ފަރާތަކީ، "ޕެރަ ސްޕޯޓްސް ކްލަބް"އެވެ. އެ ކްލަބުގެ ނަމޫނާ އަދި ބުރަ މަސައްކަތެވެ. 

ޕެރަ ސްޕޯޓްސް އަކީ ކޮބާ؟

ޕެރަ ސްޕޯޓްސް އަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ނުވަތަ ފެނުމުގެ ތަފާތު ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ފަރުމާކުރެވިފައިވާ ކުޅިވަރުތަކެވެ. މި ކުޅިވަރުތަކުގެ ސަބަބުން މިފަދަ ފަރާތްތަކަށް މުޖުތަމައުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދެއެވެ.

ޕެރަ ސްޕޯޓްސް ކްލަބަކީ ކީތްކުރާ ބައެއް؟

ޕެރަ ސްޕޯޓްސް ކްލަބަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ ތަމްރީނުތަކާއި ކަސްރަތު ޕްރޮގްރާމްތައް މުޅިން ހިލޭ ފޯރުކޮށްދޭ ކްލަބެކެވެ. މި ކްލަބުން އެންމެ ޚާއްޞަ އިސްކަމެއް ދެނީ އެތުލެޓިކްސްގެ ދާއިރާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްރީނު ކުރުމަށެވެ.

މި ކްލަބްގެ މަސައްކަތްތައް އެންމެ ފުރަތަމަ ފެށިފައިވަނީ 2008 ވަނަ އަހަރުގައެވެ. ނަމަވެސް، ރަސްމީކޮށް ސްޕޯޓްސް ކޮމިޝަންގައި ރެޖިސްޓްރީ ކުރެވިފައިވަނީ 2019 ވަނަ އަހަރުގައެވެ.

މިފަދަ ކްލަބެއް އުފެއްދުމުގެ އަސްލު ހިތްވަރަކީ 2005 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި ބޭއްވުނު ފުރަތަމަ "އިސްލާމިކް ސޮލިޑަރިޓީ ގޭމްސް" ކަމަށް ކްލަބްގެ ފައުންޑަރުން ބުނެއެވެ. އެގޮތުން، އެ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ބައްދަލުވި ލޯފަން އެތުލީޓުންގެ ފަރާތުން ލިބުނު ހިތްވަރާއި ފެނުނު ކުޅަދާނަކަމަކީ މި މަސައްކަތް ފެށުމަށް ލިބުނު އެންމެ ބޮޑު ހިތްވަރު ކަން ކްލަބުން ފާހަގަކުރެއެވެ.

ކާމިޔާބީތަކާއި އަމާޒު

ކްލަބްގެ މައިގަނޑު އެއް އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފިޒިކަލް ތަމްރީނުދީ، އެމީހުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމެވެ. މި މަސައްކަތުގެ ނަތީޖާ މިހާރުވެސް ފެންނަމުންދެއެވެ. 

އެގޮތުން:

2013 އަދި 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (IOIG) ގައި ވަނީ ރާއްޖެއަށް މެޑަލް ހޯދައިދީފައި.

2020 ވަނަ އަހަރުގެ ޕެރަލިމްޕިކް ގޭމްސްގައި ރާއްޖެ ތަމްސީލުކޮށްފައިވޭ.

2019 ވަނަ އަހަރުން ފެށިގެން މި ކްލަބްގެ އެތުލީޓުން އަންނަނީ ބައިނަލްއަގުވާމީ އެކި މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރަމުން.

ކުރިއަށް ހުރި ޕްލޭންތައް

ޕެރަ ސްޕޯޓްސް ކުލަބުގެ މި އަހަރުގެ އެންމެ ބޮޑު އެއް އަމާޒަކީ އޭޝިއަން ގޭމްސްއަށް ޓީމު ތަމްރީނު ކުރުމެވެ. މީގެ އިތުރުން، އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ހުޅުމާލޭގައި "ބްލައިންޑްފޯލްޑް ރަން" (Blindfold Run) އެއް ބޭއްވުމަށްވެސް ވަނީ ރޭވިފައެވެ.

މިފަދަ ކަންކަމުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު އާއްމުން ދެކޭގޮތް ބަދަލުވެ، އެމީހުންނަކީވެސް މުޖުތަމައި ބަލައިގަންނަ މުޖުތަމައުއަށް ފައިދާ ކުރާ ބަޔަކަށް ހެދުމަކީ ކުލަބުގެ އުއްމީދެވެ. 

ގޮންޖެހުންތައް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން މިފަދަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު އާއްމުން ދެކޭ ގޮތެވެ. އެގޮތުން އެފަދަ ފަރާތްތަކަށް ކުޅިވަރު ކުޅެވިދާނެކަން މުޖުތަމައުގެ ބައެއް ފަރާތްތަކަށް އަދިވެސް ގަބޫލުކުރަން ދައްޗެވެ.

މީގެ އިތުރުން، މިފަދަ ކުޅިވަރުތަކަށް ބޭނުންވާ ޚާއްޞަ އިކުއިޕްމަންޓް ހޯދުމާއި، އެ ތަކެތި ރައްކާތެރިކަމާއެކު ބެހެއްޓޭނެ އިންތިޒާމެއް ނެތުމަކީވެސް ބޮޑު ގޮންޖެހުމެއްކަން އެ ކްލަބުން ފާހަގަކުރެއެވެ.

މިފަދަ ގޮންޖެހުން ތަކާއެކުވެސް ފަހަތަށް ޖެހުމެއްނެތި ކުރިއަށް ދެވެނީ ގިނަ ބައެއްގެ އެހީއާއި މަދަދު މި ކްލަބަށް ލިބޭތީކަން އެ ކްލަބުން ފާހަގަ ކުރެއެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ކުޅިވަރު ކުޅެވޭނެކަން ގަބޫލުކޮށް، މި ދަތުރުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ކްލަބްގެ ފަރާތުން ޝުކުރު އަދާކުރެއެވެ.

ކްލަބްގެ ފަރާތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަދަ ފަރާތްތަކުގެ ބެލެނިވެރިންނަށް ދޭން އޮތް އެންމެ މުހިންމު އެއް މެސެޖަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ގޭގައި ނުބައިތިއްބާ ކްލަބާ ހަމައަށް ގެނެސްދިނުމެވެ. 

”މިއީ އާދަޔާ ޚިލާފު ހުނަރުވެރި ކުދިންތަކެކެވެ. އެކުދިންގެ ހުނަރު ތަރައްގީކުރުމުގެ ފުރުސަތު ދެއްވާ." ޕެރަ ސްޕޯޓްސް ކްލަބުން ބުނެފައިވެއެވެ. 

އެ ކުލަބުގެ އަމާޒަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް، ކުޅިވަރުގެ ތެރެއިން އެންމެނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމެވެ. އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، މިއީ ގައުމަށް ރީތި ނަން ހޯދައިދޭނެ ފަހުރުވެރި ދަރިންތަކަކަށް ވާނެކަން ޔަގީނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.