މެރިން އެކސްޕޯގެ ތެރެއިން: ފޮޓޯ/ އެލައިޑް
ހަބަރު
10 Feb 2026 | 10:10
މެރިން އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރަންސް ޕާޓްނަރަކަށް އެލައިޑް

މޯލްޑިވްސް މެރިން އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރަންސް އިން ބައިވެރިވެ، މެރިން އިންޑަސްޓްރީއަށް ޚާއްޞަ މުހިންމު މަޢުލޫމާތުތަކާއި ޕްރޮމޯޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

2014 ވަނަ އަހަރުން ފެށިގެން މެރިން އެކްސްޕޯގައި މެދުނުކެނޑި ބައިވެރިވަމުން އަންނަ އެލައިޑުން ބުނިގޮތުގައި، މި އެކްސްޕޯގައި ބައިވެރިވުމުގެ މައިގަނޑު މަޤްޞަދަކީ ކަނޑުދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިންޝުއަރަންސްގެ މުހިންމުކަން އަންގައިދިނުމެވެ. 
އެގޮތުން ޑައިވް ސްކޫލްތަކާއި، ވޯޓާ ސްޕޯޓްސް ސެންޓަރުތަކާއި، އުޅަނދުފަހަރު ބަންނަ ފަރާތްތަކުގެ އިތުރުން މި ދާއިރާގެ އެކި ވިޔަފާރިތަކަށް ބޭނުންވާ އިންޝުއަރަންސް ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން އެލައިޑްގެ އިސްލާމިކް ވިންޑޯ ކަމަށްވާ "އެލައިޑް ތަކާފުލް" ގެ ޕްލޭންތަކާ ބެހޭ މަޢުލޫމާތުވެސް މި އެކްސްޕޯގައި ވަނީ ފޯރުކޮށްދީފައެވެ.

މި އަހަރުގެ އެކްސްޕޯއާ ދިމާކޮށް އެލައިޑުން ވަނީ "މެރިން ހަލް އިންޝުއަރަންސް" ނުވަތަ "މެރިން ހަލް ތަކާފުލް" އަލަށް ނަގާ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްޞަ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވުނު ނަސީބުވެރި ތިން ފަރާތަކަށް 8,000 ރުފިޔާގެ ޑިސްކައުންޓް ވައުޗަރ ވަނީ ހަވާލުކޮށްފައެވެ. މި ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވާފައިވަނީ އެކްސްޕޯ ނިންމުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އެކްސްޕޯ ކުރިއަށްދިޔަ ދުވަސްތަކުގައި އެލައިޑްގެ ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކަށް ތަފާތު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މި ހަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކަށް އެލައިޑްގެ ފަރާތުން ޚާއްޞަ ހަދިޔާތަކެއްވެސް ވަނީ ބަހާފައެވެ.

މިފަދަ ބޮޑެތި އެކްސްޕޯތަކުގައި އެލައިޑުން ބައިވެރިވުމަކީ، ކަސްޓަމަރުންނާ ވީހާވެސް ގާތުން ބައްދަލުކޮށް، ލުއިފަސޭހަކަމާއެކު އިންޝުއަރަންސްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްވިއައިގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.