އެމްޑީޕީން މީގެ ކުރިން ބޭއްވީ ނޫސްވެރިންގެ ބައްދަކުވުމެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
10 Feb 2026 | 11:48
ދެ އިންތިޚާބު އެއްކޮށްލަން އުޅެނީ ރިޔާސީ ދައުރު ދަންމާލަން: އެމްޑީޕީ ޕީޖީ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލަން މި ސަރުކާރުން މަސައްކަތް ކުރަނީ ހިނގަމުން މިދާ ރިޔާސީ ދައުރު ދަންމާލަން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ. 

ދެ އިންތިޚާބު އެއްކޮށްލާ ބިލު އިއްޔެ ކޮމިޓީން ފާސްކޮށްފައިވާއިރު، މިއަދު އޮތީ އެއަށް ބަހުސް ކުރުމެވެ. ނަމަވެސް އެމްޑީޕީ މެންބަރުން އަޑު ގަދަކޮށް މަޖިލީހުގެ ނިޒާމް ގެއްލުވައި ލުމުން މިއަދުގެ ޖަލްސާ ވަނީ މެދުކަނޑާލާފައެވެ. 

އެފަހުން މަޖިލީހުގެ ބޭރުގައި އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރް މޫސާ ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ގޯސްކޮށް ގާނޫނު އަސާސީއާ ކުޅެ، ދައުރު ދަންމާލުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ރައްޔިތުންނަށް ދައްކަން ކަމަށެވެ. 

އޭރުންދެން މާދަން ހުށަހަޅާނެ ރިޔާސީ އިންތިހާބު ދެން ބާއްވާނީ، 2030 ގައޭ، ނޫނީ 2028 ގައޭ. އެކަންކަން ކުރުމަށްޓަކައި މިކަން ކުރަނީމި. މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. އެންމެ ފަހުން އޮތް ރިޔާސީ ބަޔާނުގައި 2030  ކޮށްދެން ހުރި ކަންލަމުގެ ވާހަކަ ކިޔައިދެމުން ގެންދިޔައީ. އެއީ ދައުރުން ބޭރުވީ. އެހެން ވީމާ މިކަން ރާވާ ހިންގާ ގޮތް، ވަރަށް ސާފުކޮށް ފެންނަން މިއޮތީ.

އަބްދުލްޣަފޫރް

ޣަފޫރު ވިދާޅުވިގޮތުގައި މި ސަރުކާރުން މަސައްކަތް ކުރަނީ ދިވެހިރާއްޖޭގައި އޮތް ދިމިކުރާތީ ވެރިކަމުގެ ނިޒާމް ގެއްލުވާލައި ޚުދުމުޚުތާރު ވެރިކަމަކާ ދިމާއަށް ގައުމު ގެންދިޔުމަށެވެ.

ދެން އަނެއްކާ ހުށަހަޅާނީ ތިން އިންތިޚާބު އެއްކޮށްލަން. ރައްޔޮތުން ކައިރިއަށް ދިޔުމަކީ މި ބޭފުޅުން ކުރަން ބޭނުންވާ ކަމެއް ނޫން. ރައްޔިތުންގެ އަޑު އެހުމަކީ މި ބޭފުޅުން ގަބޫލުކުރާ ކަމެއް ނޫން ދަންނަވެސް ކަމެއް ނޫން.

އަބްދުލްޣަފޫރް

ޣަފޫރު އިތުރަށް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ވޯޓުގައި އެމްޑީޕީން ބައިވެރި ނުވާނެ ކަމަށެވެ.

ޣަފޫރުގެ އިތުރުން މިއަދުގެ ބައްދަކުވުމުގައި ވާހަކަދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވެސް ވަނީއެ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ސަރުކާރުތަކުން ރަށްރަށަށް ކަންކަން ކޮށްދެނީ އިންތިޚާބު ތަކާ ދިމާކޮށް ކަމަށެވެ. އެގޮތުން ރަށްރަށުގައި މަޑު ޖެހުފައި ހުރި ކަންކަންވެސް މަޖިލިސް އިންތިޚާބާއި ކައުންސިލް އިންތިޚާބާ ދިމާކޮށް ކުރިއަށްދާ ކަމަށާ، ދެ އިންތިޚާބް އެއްކޮށްލުމުން އެގޮތަށްވެސް މަޝްރޫއުތައް ކުރިއަށް ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

އެހެންކަމުން، ތަރައްގީގެ މަޝްރޫއުތައް މަޑުޖެހި ރައްޔިތުން ބޭނުންވާ ކަންކަން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
އަހުދުނާމާ
ރައްޔިތުން ކައިރީ އަހަން އެފާސްކުރީ ދެން ކީކޭ ކިޔާކައް
10 Feb 2026
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.