އައިއޭސީން ޣައްޒާގައި ކުދިންނަށް ފެން ހަދިޔާ ކުރަނީ: ފޮޓޯ/ އައިއޭސީ
ހަބަރު
10 Feb 2026 | 13:22
ޣައްޒާ ހިމެނޭހެން މުސްލިމު ގައުމުތަކުގައި ހާލުގައި އުޅޭ ޢާއިލާތައް ސްޕޮންސާ ކުރުމުގެ ފުރުސަތު

އިސްލާމީ އުންމަތުގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ކުރިއަށްގެންދާ "ރޯދަ ހަދިޔާ" ކެމްޕޭނުގެ ދަށުން، ޣައްޒާ ހިމެނޭހެން މުސްލިމު ޤައުމުތަކުގެ ޢާއިލާތައް ސްޕޮންސާ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"އައިއޭސީ ސްޕޮންސަރޝިޕްސް" ގެ ނަމުގައި ފެށި މި މަސައްކަތަކީ، އެކި ސަބަބުތަކާ ހުރެ ގެދޮރު ގެއްލި، ހާލުގައި ޖެހިފައިވާ ޢާއިލާތަކާއި އެހެން ޤައުމުތަކަށް ހިޖުރަކުރަން ޖެހިފައިވާ ފަރާތްތަކަށް ދާއިމީ ސިފައެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފެށި ހަރަކާތެކެވެ.

މި ސްޕޮންސަރޝިޕްގެ ދަށުން ޣައްޒާ، މިސްރު، ސޫދާން އަދި ސްރީލަންކާގެ ޢާއިލާތަކުގެ އިތުރުން ޣައްޒާގެ ޔަތީމު ކުދިން ސްޕޮންސާ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ސްޕޮންސަރޝިޕް ޕެކޭޖްތަކުގެ ތަފްސީލު:

މިސްރު އަދި ސޫދާނުގެ ޢާއިލާތައް: މަހަކު 2,365 ރުފިޔާއަށް ޢާއިލާއެއް ސްޕޮންސާ ކުރެވޭނެއެވެ. މިއީ އެ ފަރާތްތަކުގެ މަހުން މަހަށް ބޭނުންވާ ކަންކަން ފުއްދުމަށް ދެވޭ ފައިސާގެ އެހީއެކެވެ.

ސްރީލަންކާގެ ޢާއިލާތައް: މަހަކު 945 ރުފިޔާއަށް ޢާއިލާއެއް ސްޕޮންސާ ކުރެވޭނެއެވެ. މި ޕެކޭޖުގެ ދަށުން ފޯރުކޮށްދެވޭނީ ކާބޯތަކެތީގެ ޕެކޭޖެވެ.

ޣައްޒާގެ ޢާއިލާތައް: މަހަކު 5,925 ރުފިޔާއަށް ޢާއިލާއެއް ސްޕޮންސާ ކުރެވޭނެއެވެ. ފައިސާ ބޭނުންކުރެވޭ ސަރަހައްދުތަކުގައި ފައިސާގެ އެހީ އަދި އެ ނޫން ސަރަހައްދުތަކުގައި ކާބޯތަކެތީގެ ޕެކޭޖް ފޯރުކޮށްދެވޭނެއެވެ.

ޣައްޒާގެ ޔަތީމު ކުދިން: ކޮންމެ ކުއްޖަކަށް މަހަކު 1,200 ރުފިޔާގެ މަގުން ސްޕޮންސާ ކުރެވޭނެއެވެ.

ޣައްޒާގެ އެތެރޭގައި ދިރިއުޅޭ ޢާއިލާތަކާއި ޔަތީމުންނަށް އެހީ ފޯރުކޮށްދިނުމުގައި، އެ ފަރާތްތަކާ މަޝްވަރާކޮށް އެންމެ ބޭނުންޖެހިފައިވާ ކަންކަމަށް އިސްކަންދެވޭނެ ކަމަށް އައިއޭސީން ބުނެއެވެ. އަދި މި އެހީތައް ފޯރުކޮށްދެވޭނީ ކޮންމެ 3 މަހަކުން އެއްފަހަރު 3 މަސްދުވަހަށެވެ. ޣައްޒާގެ ޢާއިލާއެއް ނުވަތަ ޔަތީމު ކުއްޖަކު ސްޕޮންސާ ކުރެވޭނީ މަދުވެގެން 3 މަސްދުވަހުގެ މުއްދަތަށެވެ. އަދި ބޭނުންވާ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށްވެސް ސްޕޮންސާ ކުރެވިދާނެއެވެ.

މި ޕްރޮގްރާމާ ގުޅޭ އިތުރު ތަފްސީލު ހޯއްދެވުމަށާއި ސްޕޮންސަރޝިޕްގައި ބައިވެރިވުމަށް އައިއޭސީގެ ހޮޓްލައިން ނަންބަރު 9458822 އަށް ގުޅުމަށް އެ ޖަމްޢިއްޔާއިން އެދެއެވެ.

އަދި https://bit.ly/45HJzAgg ލިންކު މެދުވެރިކޮށް ވެސް އިތުރު މަޢުލޫމާތު ލިބޭނެއެވެ. .

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތިކަމާއި ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމަކީ ދިވެހިން އަބަދުވެސް ނަމޫނާ ދައްކަމުން އަންނަ ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްވިއައިގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.