ކިއުބާގެ މަގެއްގައި ތެއޮ ހޯދުމަށް ބަޔަކު ކުއޫ ޖެހިފައި.. ފޮޓޯ: އަލްޖަޒީރާ
ހަބަރު
10 Feb 2026 | 16:36
ކިއުބާގެ އާއްމު ހާލަތު ދަނީ ގޯސްވަމުން، ދިވެހި ދަރިވަރުންގެ ހާލު އަދި ރަނގަޅު

ކިއުބާގެ އާއްމު ހާލަތާމެދު އދ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކިއުބާއަށް ތެއޮ ފޯރުކޮށްދޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އެމެރިކާއިން ނިންމުމާ ގުޅިގެން އެޤައުމުގެ އާއްމު ހާލަތު ވަނީ ކަންބޮޑުވާފަދަ ދަރަޖައަކަށް ގޮސްފައެވެ. އެގޮތުން ތެލުގެ ސްޓޮކް ދަށްވެ، ކިއުބާއަށް ހަކަތައިގެ ކާރިސާއެއް ކުރިމަތިވެދާނެކަމުގެ އިންޒާރު އދ އިން ވަނީ ދީފައެވެ.

މިކަމާ ގުޅިގެން ދ. ގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ، ކިއުބާގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ކާބޯތަކެއްޗާއި، ސާފް ބޯފެނާއި އަދި އެނޫންވެސް ރައްޔިތުންނަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ސަރުކާރާ ގުޅިގެން ކުރިއަށްދާކަމަށެވެ. ސްޓެފަން ވިދާޅުވީ، ކިއުބާއަށް ތެލުގެ ދަތިކަން ވަރަށްބޮޑަށް ކުރިމަތިވެފައިވާކަމަށާއި، އާއްމު ރައްޔިތުންނަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރަމުންދާކަމަށެވެ.

ތެއޮ ނުލިބުމުގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގުތައް ވަރަށްބޮޑަށް މައްޗަށްދާކަން ފާހަގަކުރަމުން އޭނާ ވިދާޅުވީ، އެމެރިކާއިން އެޅި ފިޔަވަޅު އަނބުރާ ނުގެންގޮސްފިނަމަ، ކިއުބާއަށް ހައިޕާ އިންފްލޭޝަނެއް އައުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ކިއުބާގެ އާއްމު ހާލަތު މިފަހުން އެހާބޮޑަށް ގޯސްވެފައިމިވަނީ އެޤައުމަށް ކުރިމަތިވި ތޫފާން މެލީސާގެ ސަބަބުންނެވެ. އެ ތޫފާނުގެ ސަބަބުން ކިއުބާގެ މަގުތަކާއި، ގެތަކަށް ބޮދެތި ގެއްލުންތަކެއް ލިބުނުއިރު، ބައެއް ސަރަހައްދުތަކުން ސާފް ބޯފެނާއި އެނޫންވެސް ވަސީލަތްތަ ލިބުން ވަނީ ހުއްޓުމަކަށް އަތުވެފައެވެ.

ކިއުބާގެ އާއްމު ހާލަތު ގޯސްވަމުން އަންނައިރު، އެޤައުމުގެ ހަވާނާ ޔުނިވަރސިޓީގައި ދިވެހި ދަރިވަރުންވެސް ކިޔަވަމުންދެެވެ. ވޮއިސްއަށް މައުލޫމާތު ހިއްސާކުރި ދިވެހި ދަރިވަރަކު ބުނީ، ކިއުބާގައި ތަކެތީގެ އަގުތައް މިވަގުތު ހުރީ އެޤައުމުގެ އާއްމުރައްޔިތުންނަށް އަތްފޯރާވަރަށްވުރެ ބޮޑު އަގުތަކެއްގައިކަަށެވެ. ޔުނިވަރސިޓީގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތު ރަނގަޅުއިރު، އަދި އެއްވެސްކަހަލަ މައްސަލައެއް ކުރިމަތިނުވާކަމަށް ވަނީ ބުނެފައެވެ.

ކިއުބާގައި އަބަދުވެސް ދިވެހި ދަރިވަރުން ކިޔަވަންގޮސް ތިބޭއިރު، މީގެ ތެރޭގައި ބޭސްވެރިކަމުގެ ރޮނގުންނާއި، އުމްރާނީ ތަރައްޤީގެ ރޮނގުން ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. ކިއުބާއަށް އެންމެ ފުރަތަމަ ދިވެހި ދަރިވަރުން ކިޔަވަންދާން ފަށާފައިވަނީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގެ ތެރޭގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.