ެސެމިނާގެ ތެރެއިން.. ފޮޓޯ: އެމްއެންޔޫ
ހަބަރު
10 Feb 2026 | 19:50
އެމްއެންޔޫއިން ކުދި ޤައުމުތަކުގެ ސަލާމަތާއި ހާރިޖީ ސިޔާސަތާ ގުޅޭ ސެމިނާއެއް ބާއްވައިފި

ކުދި ޤައުމުތަކުގެ ސަލާމަތާއި ހާރިޖީ ސިޔާސަތްތަކާ ގުޅޭގޮތުން މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އާއި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޯސިމް) ގުޅިގެން ބާއްވާ ހާއްސަ ސެމިނަރ މިއަދު ކުރިއަށް ގެންގޮސްފި އެވެ.

ޤައުމީ ޔުނިވަރސިތީގެ އޮޑިޓޯރިއަމްގައި ކުރިއަށްދިޔަ މި ސެމިނަރ އަކީ ޤައުމީ އަދި ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން  ފުޅާދާއިރާއެއްގައި އިލްމީގޮތުން މަޝްވަރާކޮށް ހޭލުންތެރިކަން އިތުރުކުރުމަށް އެމްއެންޔޫއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ސެމިނާގައި ސިޔާސަތުތައް ކަނޑައަޅާ ބޭފުޅުންނާއި، އިލްމީ މާހިރުންގެ އިތުރުން ދަރިވަރުން ބައިވެރިވިއެވެ.

ސެމިނާގައި ދުނިޔޭގެ މަޝްރަހަށް ކުރިމަތިވާ އެލިއެކި ލޮޅުންތަކުގެ ސަބަބުން ރާްޖެ ފަދަ ކުދި ޤައުމުތަކުން މައުނަވީ ހިކުމަތްތެރިގޮތެއްގައި އަމަލުކުރާނޭ ގޮތްތަކާ ބެހޭގޮތުން ވަނީ ހިޔާލުބަދަލުކޮށް މަޝްވަރާތައްކޮށްފައެވެ. މީގެ ތެރޭގައި ސިޔާސީގޮތުން ކުރިމަތިވާ ކަންކަމާއި، މުސުމީ ބަދަލުތަކުގެ އިތުރުން، ކަނޑުމަތީގެ ނުރައްކާތެރިކަމާ ގުޅިގެން ޤައުމީ މަސްލަހަތު ހިމާޔަތްކުރުމަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަތައް ދެކެވުނެވެ.

މިއަދުގެ ޕްރޮގްރާމް ފައްޓަވައިދެއްވީ އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. ސެހެނާޒްގެ ވާަކަފުޅުގައި ވަނީ ރާއްޖެއަށް މުހިންމު ސަލާމަތީ އަދި ޚާރިޖީ ދާއިރާތަކުން ސިޔާސަތުތައް ބައްޓަންކުރުމަށް ބޭނުންވާ އިލްމީ ދިރާސާތައް ކުރުމާއި، އެކަންކަމާ ގުޅޭގޮތުން މަޝްވަރާތައްކުރުމުގައި ޤައުމީ ޔުނިވަރސިޓީގެ ދައުރު ފާހަގަކުރައްވާފައެވެ.

ސެމިނާގައި ތަގުރީރު ކުރެއްވީ ބޭފުޅުންގެ ތެރޭގައި ސްްރީލަންކާގެ ބަންޑާރަނައިކަ ސެންޓަރ ފޯ އިންޓަރނޭޝަނަލް ސްޓަޑީޒްގެ ޑައިރެކްޓަރ އޮފް އެޑިއުކޭޝަން ޑރ. ބާގްޔާ ސެނަރަ ފާހަގަކޮށްލެވެއެވެ. އެކަމަނާގެ ވާހަކަފުޅުގައި ވަނީ ކުދި ޤައުމުތަކަށް ބަސްބުނެ ނިންމުންތައް ނިންމުމުގެ ބާރު އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި، އިންޑިއާ ކަނޑުގެ ޤައުމުތަކުގެ ސަރަހައްދީ އެއްބާރުލުން މިހާރަށްވުރެ ބޮޑުވުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

މިއަދުގެ މި ސެމިނާގައި ވަނީ ބައިނަލްއަޤްވާމީ ކަންކަމުގައި ކުދި ޤައުމުތަކުން އަދާކުރަމުންދާ ދައުރު އިތުރުވަމުން އަންނަކަން ފާހަގަކޮށް ހަރުދަނާ ސަލާމަތީ އަދި ޚާރިޖީ ސިޔާސަތުތަކެއް ބައްޓަންކުރުމަށްޓަކައި، އިލްމީ މުއައްސަސާތަކާއި ސިޔާސަތު ކަނޑައަޅާ އިދާރާތަކާ ދެމެދު އޮންނަ ގުޅުން ވަރުގަދަކަމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.