ގޯތި ދޫކުރަނީ-- ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ
ހަބަރު
11 Feb 2026 | 12:00
ގޯއްޗާއި ފްލެޓަށް އެދި 3,600 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި؛ ގިނަ މީހުން ބޭނުންވަނީ ފްލެޓު

ސަރުކާރުން ތައާރަފް ކުރި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 3,600 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އާއިލީ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން މިހާތަނަށް 3,651 އެޕްލިކޭޝަނެއް ފުރިހަމަކޮށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން 10,000 އެއްހާ އެޕްލިކޭޝަން ފޯމު ފުރުމުގެ މަރުހަލާގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ހުށަހަޅާފައިވާ ފޯމުތަކަށް ބަލާއިރު، ގޯއްޗަށްވުރެ ބޮޑަށް ފްލެޓަށް އޮތް ޑިމާންޑު ބޮޑުކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާ އެއް މަސައްކަތަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އެގޮތުން ކުރީގެ "ބިންވެރިޔާ" ސްކީމުގެ ދަށުން ނުހިއްކާ ހުރި ބިންތަކުން ދޫކޮށްފައިވާ ތަންތަން ވެސް މިހާރު ވުޖޫދަށް ގެނެސް، 3،800 އަށް ވުރެ ގިނަ ފަރާތްތަކަށް އެގްރީމެންޓު ކުރެވި، 3،600 އަށް ވުރެ ގިނަ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރެވިފައިވާކަމަށް ވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ. 

"ބިންވެރިޔާ ސްކީމުން އޭރުގައި ނުހިއްކާ ހުރި ތަނތަނުން ދީފައި ހުރި ގޯތިތައް، ހިއްކާފަ ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ވަރަށް އިސްކަެއް ދީގެން ކުރިއަށް މިގެންދަނީ. ސަރުކާރު އައި އިރު ހަމައެކަނި ހަވާލުކުރެވިފަ ވަނީ ފޭސް 2 ގެ ގޯތިތަކެއް. ދެން ގުޅީފަޅުގެވެސް ކޮންމެސް ވަރެއްގެ ގޯތިތަކެއް ހަވާލުކޮށްފަ ހުރި. ނަމަވެސް މި ސަރުކާރުން އައިސް ގުޅީފަޅުގެ ބާކީ ބައި ހިއްކާ، ޕޯޓު ޑިވަލޮޕް ކުރުމަށްޓަކައި ކަނޑައަޅާފައިވާ ބިންވެސް ގޯތި ދިނުމަށްޤ ކަނޑައަޅާ، އަދި ދެން ނުހިއްކާ ހުރި ތަންތަންވެސް ހިއްކާފައި.  އޭރު ފޭސް 3 އަދި ގިރާވަރު ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ . އެހެންވީމަ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް މި ދިނީ އޭރުގަ އެފަރާތްތަކަށް ދީފަ ހުރި ތަންތަން ކަމަށް ވާތީވެ، އެތަންތަން ވުޖުދުގައި ނެތްތަންތަން ކަމަށްވިޔަސް އެތަންތަން ހަދާ ނިންމާ، ބިންހިއްކާ ނިންމާ، އެފާރާތްތަކަށް ހަވާލުކުރުމުގެ މަސަްކަތް." 

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބް

މީގެ އިތުރުން ވަޒީރު ވިދާޅުވީ 'ބޯހިޔާވަހިކަން އެންމެންނަށް' ނަމުގައި މި ސަރުކާރުން މި ފެށި ސިޔާސަތަކީ ވަރަށް ހަރުދަނާ ސިޔާސަތެއްކަމަށެވެ. އެގޮތުން، މި ސްކީމުގެ ދަށުން ފްލެޓާއި ގޯތި ލިބޭ ޝަރުތުތަށްވެސް ހަރުދަނާކުރެވި، ވީހާވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ލިބޭނެ މަގުފަހި ކުރުމަށޤ މުހިންމު ފިޔަވަޅުތަކެއް އެޅިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

ސަރުކާރުގެ މި މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުން 7,900 ފްލެޓާއި، މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ފްލެޓްތަކުގެ ތެރެއިން 4,000 ފްލެޓަކީ މާލޭގެ ރަށްވެހިންނަށް ޚާއްޞަ، އަދި 1،500 ފްލެޓަކީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ހާއްސަކޮށްފައިވާ ފްލެޓްތަކެކެވެ. މީގެ އިތުރުން، 2,400 ފްލެޓް ކަނޑައަޅާފައި ވަނީ ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަކަށެވެ. 

ގޯތި ދޫކުރުމުގައިވެސް މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށްވެސް 1,500 ގޯތި ވަނީ ކަނޑައަޅާފައެވެ. 

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް، މިދިޔަ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު، ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލާއި އެކު ވަނީ އާއްމުކޮށްފައެވެ. އެއަށްފަހު، ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ. މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ އަންނަ މާރިޗު މަހުގެ 4 އަދި ފްލެޓަށް އެދި ހުށަހެޅޭނީ އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްއައިބީގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.