ނޭޕާލްގައި ހިންގި ހާދިސާގައި މީހުން ސަލާމަތް ކުރުމުގެ ތެރެއިން-- ފޮޓޯ/ އޭޕީއޭ
ދުނިޔެ
11 Feb 2026 | 12:04
ނޭޕާލްގައި ބަހެއް ކޯރަކަށް ވެއްޓި 12 މީހުން މަރުވެއްޖެ

ނޭޕާލްގެ ކަތުމަންޑޫއިން އޮޚަލްދުންގާއަށް ދަތުރުކުރި ފަސިންޖަރުން އުފުލާ ބަހެއް، ރަމެޗަޕް ޑިސްޓްރިކްޓްގެ ތަމަކޯޝީ ކޯރަށް ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި 12 މީހުން މަރުވެ، 8 މީހަކަށް އެކިވަރުގެ އަނިޔާތައް ވެއްޖެއެވެ.

މިއަދު ހެނދުނު އެގައުމުގެ ގަޑިންނު 11:00 ހާއިރު ހިނގި މި ހާދިސާގައި، މި ބަސް ވަނީ މަންތާލީ މުނިސިޕަލިޓީ ކައިރީގައި އޮންނަ ފަރުބަދަމަތީ މަގަކުން ކަހާލައިގެން ގޮސް، ކޯރަކަށް ވެއްޓި، ގާތްގަނޑަކަށް 100 މީޓަރު އަޑިއަށް ގޮއްސައެވެ. މި ހާދިސާއާ ގުޅިގެން އެގައުމުގެ ސަލާމަތީ ބާރުތަކާއި، އާންމު ރައްޔިތުން ގުޅިގެން ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި 12 މީހުންގެ ތެރެއިން 6 މީހަކު މަރުވީ ހާދިސާ ހިނގި ތަނުގައެވެ. އަދި ބާކީ 6 މީހުން މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށްށެވެ. 

އެ ގައުމުގެ ފުލުހުން ބުނި ގޮތުގައި، މި ބަހަކީ އެ ސަރަހައްދުގެ ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުންޏަކަށް ނިސްބަތްވާ ބަހެކެވެ. އަދި މި ހާދިސާ ހިނގާފައިވަނީ ހަނި އަދި އުސް ފަރުބަދަމަތީގެ ނުރައްކާތެރި މަގަކުން ދަތުރުކުރަނިކޮށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް މިހާރުވެސް ތަހުގީގުތައް ކުރިއަށްދާކަމަށާއި، ބަހުގެ ޑްރައިވަރު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. 

ރިޕޯޓްތަކުން އެނގޭ ގޮތުގައި، ބަސް ކޯރަށް ވެއްޓުނީ ކޮންޓްރޯލުން ނެއްޓިގެންނެވެ. އަދި މަރުވި މީހުންގެ ތެރެއިން ގިނަ ބައެއްގެ އާއިލާތަކަށް އެކަން އަންގާފައިވީ ނަމަވެސް، ބައެއް މީހުން ދެނެގަތުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ހާދިސާ ހިނގިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސަލާމަތީ ބާރުތަކާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެ ސަރަހައްދަށް ގޮސް، ބަހުގެ ތެރޭގައި ތިބި މީހުން ސަލާމަތްކޮށް ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ. އިއަދި ތުރު ބަޔަކު އުޅޭތޯ ބެލުމުގެ މަސައްކަތް އަދިވެސް ކުރިއަށްދެއެވެ. 

މިފަދަ ހާދިސާތަކަކީ އެ ގައުމުގައި އާންމުކޮށް ހިނގާ ހާދިދާތަކެކެވެ. އެހެންކަމުން، ނޭޕާލްގެ ސަރުކާރުން ވަނީ ފަރުބަދަމަތީގެ ނުރައްކާތެރި މަގުތަކުގައި ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.