ސައުދީ ރަސްގެފާނު:
ދުނިޔެ
11 Feb 2026 | 14:16
ސަޢޫދީގެ ހުރިހާ ހިސާބެއްގައި ބުރާސްފަތި ދުވަހު އިސްތިސްޤާ ނަމާދު ކުރަން ރަސްގެފާނު އަންގައިފި

ސަޢޫދީ ޢަރަބިއްޔާގެ ހުރިހާ ސަރަޙައްދެއްގައި އަންނަ ބުރާސްފަތި ދުވަހު އިސްތިސްޤާ ނަމާދު ކުރުމަށް އެ ޤައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދު ގޮވާލައްވައިފިއެވެ.

ސަޢޫދީ ރޯޔަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބުރާސްފަތި ދުވަހު މުޅި ސަޢުދީގައި އިސްތިސްޤާ ނަމާދު ކުރިއަށް ގެންދިއުމަށް ރަސްގެފާނު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

މި ބަޔާނުގައި ރަސްގެފާނު ވަނީ މާތް اللهُ އަށް ތައުބާވެ، ފާފަ ފުއްސެވުމަށް އެދި ދުޢާކޮށް، އިސްތިޣްފާރު ކުރުން، ގިނަކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން، ހެޔޮ އަމަލުތައް ކުރުމާއި، އިޙްސާންތެރިވުމާއި، ސުންނަތް ނަމާދުތައް ކުރުން އިތުރުކުރުމަށްވެސް ރަސްގެފާނުގެ ބަޔާނުގައި ބާރުއަޅުއްވާފައިވެއެވެ. އަދި اللهُ ގެ ރަޙްމަތުން ބަރަކާތްތެރި ވާރޭ ވެއްސަވައިދެއްވުން އެދި ދުޢާކުރުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

އިސްތިސްޤާ ނަމާދަކީ ވާރޭ ނުވެހި ގިނަދުވަސްވެ، ހަނަފަސްކަން ބޮޑުވާ ޙާލަތްތަކުގައި، އެކަލާނގެ ޙަޟްރަތުން ވާރޭއަށް އެދި ދެ ރަކުޢަތުގެ ސުންނަތް ނަމާދެކެވެ. ސަޢޫދީ ޢަރަބިއްޔާގައި އާންމުކޮށް މިފަދަ ހަނަފަސް ދުވަސްވަރު އިސްތިސްޤާ ނަމާދު ކުރަމުން ގެންދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.