މިނިސްޓަރު ޝަހީމް
ހަބަރު
11 Feb 2026 | 23:55
ދީނީ ނަޒަރުން ބަލާއިރު ޚިދުމަތް ދިނުމުގެ އެކި ސަފުތަކުގައި، އަންހެނުން ބައިވެރިވުން ހުއްދަ: ޝަހީމް

ދީނީ ނަޒަރުން ބަލާއިރު މުޖުތަމައުއަށް ޚިދުމަތް ދިނުމުގެ އެކި ސަފުތަކުގައި އަންހެނުން ބައިވެރިވުން ހުއްދަކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ މާފަންނު މެދުދާއިރާގެ ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ބައެއް ރަށްރަށުގައި ކަނބަލުން މަޤާމުތަކަށް ކުރިމަތިލުމާ ގުޅޭގޮތުން ބައެއް ފަރާތްތަކުން އުސޫލްތަކާ ހިލާފަށް ދީނީ ފަތުވާތައް ދެމުންދާކަމުގެ ޝަކުވާ ބައެއް ބޭފުޅުންގެ ފަރާތުން ލިބިފައި އެބަހުރިކަމަށެވެ. 

ކަނބަލުންނަށް މި ކުރިމަތިވަމުންދާ ކަންކަމާ ބަހެއް ނުބުނެ ހަނުހުރުމަކީ އެންމެ އެދެވިގެންވާކަމެއް ނޫންކަމަށް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ ދައުރަކީ ހިދުމަތް ދިނުމުގެ ދައުރެއް ކަމަށާއި، އެގޮތުން މުޖުތަމައުއަށް ޚިދުމަތް ދިނުމުގެ އެކި ސަފުތަކުގައި އަންހެނުން ބައިވެރިވުމަކީ ދީނީގޮތުން ހުއްދަކަމެއް ކަމަށެވެ.

ދީނީ ނަޒަރުން ބަލާއިރުގައި ޚިދުމަތް ދިނުމުގެ އެކި ސަފުތަކުގައި އަންހެނުން ބައިވެރިވުމަކީ އެއީ ހުއްދަ ކަމެއް. އެއީ އިސްލާމް ދީން ތަރުހީބުދޭ ކަމެއްވެސްމެ. ރަސޫލުﷲ صلى الله عليه وسلم ގެ ހަޔާތްޕުޅުން ފެށިގެން މުސްލިމް އުންމަތުގެ އިސްކަނބަލުން އިސްލާމީ އުންމަތާއި އިސްލާމީ ހަޟާރަތު ބިނާކުރުމުގައި ވަރަށް މުހިންމު ދައުރުތަކެއް އަދާކޮށްފައިވޭ. ހަނގުރާމަތަކުގެ މައިދާންތަކުގަވެސް ހަނގުރާމަވެރިންނަށް ޚިދުމަތް ދިނުމުގަވެސް އަދި ޒަޚަމްވެގެން އަންނަ މީހުންނަށް ފަރުވާކުރުމުގަވެސް މިސްކީނުންނަށް ކާންދިނުމުގަވެސް އަދި ބައެއް ހާލަތްތަކުގައި ކަނބަލުން ހަނގުރާމައިގެ މައިދާނުގައި ކީރިތި ރަސޫލުﷲ صلى الله عليه وسلم ގެ ދިފާއުގައި ހަނގުރާމަކުރައްވާފައިވޭ

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް

މިނިސްޓަރު ވިދާޅުވީ އިސްލާމީ ތާރީހަށް ބަލާއިރު،  މިކަންކަން ހިނގާފައި މިވަނީ އިސްލާމީ އުސޫލުތަކުގެ ތެރޭގައި، އަދި އިސްލާމީ އަޚުލާޤުގެ ތެރެއިންކަމަށެވެ. އެހެންކަމުން އިސްލާމީ އަޚުލާޤުގެ ތެރޭގައި ޤާބިލުކަން ހުރި ކޮންމެ ކަނބަލަކަށް މުޖުތަމައަށް ޚިދުމަތްކުރުމަށްޓަކައި ވަޒީރު ކަމާއި، ކައުންސިލްގެ ރައީސްކަމާއި، ކައުންސިލްގެ މެންބަރަކަމުގެ އިތުރުން މޭޔަރަކަށްވެސް ވެވިދާނެކަމަށް ޝަހީމް ވިދާޅުވިއެވެ މީގައި ބަލަން ބޭނުންވަނީ އެމީހަކީ އެކަމަށް ގާބިލް އަދި މަސްއޫލިއްޔަތުތައް އަދާކުރެވޭނެ މީހެއްތޯވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މިކަންކަމަށް ބަލައި ދެޖިންގެ މީހުންނަށް ތަފާތު ނުވާނޭހެން އަންހެނުންނަށްވެސް އިންތިހާބުތަކުގައި ވާދަކުރެވޭނޭ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްއައިބީގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.