އެލްޖީއޭގެ ސީއީއޯ ނިމާލް
ހަބަރު
12 Feb 2026 | 09:13
ސަރުކާރާ އިދިކީލަ ކައުންސިލެއް އޮތުމުން ޖެހޭ ތުރާ ބެލެނިވެރިޔާގެ ދުލުން

ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް މުހިންމުވަނީ ސަބަބެއް ނެތިއެއް ނޫންކަމަށް ކައުންސިލްތަކުގެ ބަލަދުވެރިފަރާތް، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ މާފަންނު މެދުދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި އެލްޖީއޭގެ ސީއީއޯ ނިމާލް ވިދާޅުވީ، ކައުންސިލްތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ސަރުކާރަށް މެޖޯރިޓީ ނެތް ކައުންސިލްތަކުގެ ކަންކަން ހުންނަގޮތް ވަރަށް ރަނގަޅަށް އެނގޭކަމަށެވެ. ބައެއް ކައުންސިލްތަކުން ދައުލަތް ހިންގުމަށް ދަތިކޮށް، ސަރުކާރުން ރަށްރަށުގައި ކުރުމަށް ތާވަލްކުރާ މަސައްކަތްތަކަށް ދަތިކުރާކަން ފާހަގަކުރައްވަމުން ނިމާލް ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން މިސްކިތެއްގައި ނަމާދުކުރަން ހުއްދަ ދިން ނަމަވެސް، ސަރުކާރަށް ޖެއްސުން ކުރުމުގެ ނިޔަތުގައި އެބާވަތުގެ ނޭއްގާނީ ކަންކަން ކުރާ ކައުންސިލްތައްވެސް ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ.

ނިމާލް ވިދާޅުވީ، އާރުޑީސީ ކަހަލަ އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރާ ކުންފުނިތަކުން ބައެއް ރަށްރަށަށް ގޮސް މަސައްކަތު މީހުން ބައިތިއްބުމަށް ބިންކޮޅެއް ދޭން އެދުމުން އެކަމާ ދެކޮޅަށް މަސައްކަތްކުރާ ކައުންސިލްތައް އެބަހުރި ކަމަށާއި، އަދި އޭޓީއެމް ފަދަ ރައްޔިތުންނަށް ސީދާ މުހިންމު ހިދުމަތްތައް ދިނުމަށް ބިން ހޯދުމަށް ހުށަހެޅުމުން އެކަމާ ދެކޮޅުވެ، މަސައްކަތްކުރާ ކައުންސިލްތައްވެސް އެބަހުރިކަމަށެވެ.

ޕީއެންސީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުން....

ބައެއް ކަންއުންސިލްތަކުން ކުރާ މިފަދަ ކަންކަން ރައްޔިތުންނަށް އެނގެންޖެހޭ ކަމަށާއި، މިކަންކަން މިގޮތަށް ހިނގަމުން އަންނަކަމުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށް ނިމާލް ފާހަގަކުރެއްވިއެވެ.

މީ ރައްޔިތުންނަށް އެނގެންޖެހޭ ވާހަކަ. އެހެންވީމާ މިކަހަލަ ކަންތައްތައް މިހެން ހުރީތީވެ ސަރުކާރަށް އަޅުގަނޑުމެން ބޭނުންވަނީ މެޖޯރިޓީ ހޯދާދޭން. ލާމަރުކަޒީ ޤާނޫނުން އެލްޖީއޭ އަށް ނޫނީ ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް މިއޮތީ ވަކި ގޮތަކަށް އަމަލުކުރުމަށްޓަކައި ބާރު ލިބިދީފަ އޮތްކަމެއް. ރައްޔިތުންގެ ތަރައްޤީކުރުމަށްޓަކައި އޮތް ފަސޭހައެއް މީ. ރައްޔިތުންނަށް އެ ތަރައްޤީ އައިމާ އެކަންކަން ފަސޭހަކޮށްދިނުމަށްޓަކައި އޮންނަ ފަސޭހައެއް ކައުންސިލްތަކަކީ. މީ އެއްވެސް ގޮތަކަށް ޒިންމާދާރުކުރުވާ މިކަންކަން ކުރާކަށް އޮންނަ ފަސޭހައެއް ނޫން

އެލްޖީއޭގެ ސީއީއޯ ނިމާލް

ނިމާލް ވިދާޅުވީ ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކުރާ ކަންތައްތަކުގައި ކައުންސިލްތަކުން ސަރުކާރުން އެއްބާރުލުން ނުދޭނަމަ، ކައުންސިލްތަކުގެ ބޭނުމެއް ނެތްކަމަށައި، ކައުންސިލްތައް ވާންޖެހޭނީ ސަރުކާރާއި ރައްޔިތުންނާ ގުޅުވާލަދޭ ބަޔަކަށް ކަމަށެވެ. 

ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންނާ ގުޅޭގޮތުން ނިމާލް ވިދާޅުވީ، މާލޭގެ މޭޔަރުކަމަށް ޕީއެންސީ ޓިކެޓްގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި، ޑަބްލިއުޑީސީގެ ރައީސާކަމުގެ މަޤާމަށް އާއިޝަތު އަލައިކާ އަދި އެނޫންވެސް އެޕާޓީއަށް ނިސްބަތްވާ ކެނޑިޑޭޓުންނަކީ މިފަހަރު ބާއްވާ އިންތިހާބުގައި ވާދަކުރާ އެންމެ ޤާބިލް ބޭފުޅުންކަމަށެވެ. ރޭ ވަނީ ޕީއެންސީ މެދުހެންވޭރު ޖަގަހަ ހުޅުވައި ޖަގަހައިގައި ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފަށާފައެވެ.

ކޮމެންޓް
ދިރާސާ
ތިހެން ކިޔާފަ ކަމެއްދަމެއް ނޭގޭ ޖާހިލުންތަކެއް ކައުންސިލްތަކަށް ގެންގޮސް ވެއްދީމާ ވާނީ ބޮޑު ޖޯކަކަށް
12 Feb 2026
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްއައިބީގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.