މީހަކު ލޭ ހަދިޔާ ކުރަނީ-- ފޮޓޯ/ ވޮއިސް
ހަބަރު
12 Feb 2026 | 13:29
ކުޅުދުއްފުއްޓަށް ގޮސް، އޭބީ ނެގެޓިވް ލޭ ދެވޭނެ ބައެއް ހޯދަނީ

ޑެންގޫ ހުން ޖެހިގެން، ވަރަށް އަވަހަށް އޭބީ ނެގެޓިވް ލޭ ބޭނުންވެގެން ލޭދޭނެ ހަތަރު މީހަކު ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

މާލެއިން ކުޅުދުފުއްޓަށް ގޮސް ލޭދޭނެ ހަތަރު މީހަކު ހޯދުމަށް އިއުލާނުކޮށްފައި މި ވަނީ ފަސް އަތޮޅުން ވެސް ލޭ ހޯދުމަށް މަސައްކަތްކޮށް ލޭ ނުލިބުމުގެ ސަބަބުންނެވެ. އެގޮތުން، ލޭ ނުލިބިގެން ލޭހޯދުމަށް ހއ އަތޮޅުން ފެށިގެން ރ އަތޮޅާ ހަމަށް ވަނީބަލާފައިއެވެ. 

ޑެންގޫ ޖެހިގެން ހާލުބޮޑުވެ ފަރުވާ ހޯދަމުން އަންނަނީ ހދ ނޮޅިވަރަންފަރުގެ 43 އަހަރުގެ މީހެކެވެ.

މި މަސައްކަތުގައި ލޭ ހޯދުމަށް ކުރި މަސައްކަތުން ރޭގައި ވެސް ވަނި މާލެއިން ކުޅުދުފުއްޓަށް މީހަކު ގެންގޮސް ލޭ ނަގާފައިއެވެ. ލޭ ދިނުމަށް ދިޔަފަރާތުގެ ޓިކެޓުގެ ކަންކަން ވެސް ހަމަޖައްސާފައިވަނީ ލޭ ބޭނުންވި ފަރާތުގެ އާއިލާއިންނެވެ.

ލޭ ބޭނުންވާ ފަރާތުގެ އާއިލާއިން ބުނީ އަދިވެސް ލޭ ދޭނެ ޑޯނަރުން ބޭނުން ކަމަށެވެ. އަދި ލޭ ދޭން ދާފަރާތުގެ ޓިކެޓު ކަންކަން މިފަހަރުވެސް އާއިލާއިން ހަމަޖައްސަދޭނެކަމަށެވެ.

މި ދުވަސްވަރަކީ މާލެއިންވެސް ލޭ ލިބުން ދަތިވެފައިވާ ދުވަސްވަރަކަށްވުމުން މޯލްޑިވްސް ބްލަޑް ބޭންކުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައިއެވެ.

ކޮމެންޓް
ސައްލޭ
ޓިކެޓް އެކަނި ދީގެން ނުދެވޭނެ.
12 Feb 2026
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.