އޮމާނުން ހަނދު ބެލުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ/ ޓައިމްސް އޮފް އޮމާން
ދުނިޔެ
12 Feb 2026 | 13:14
އޮމާނުން ބުނަނީ ރޯދަ މަސް ފެށޭނީ މިމަހު 19 ގައި ކަމަށް

1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށޭނީ  ވަނަ މި އަހަރުގެ ފެބްރުއަރީ މަހުގެ 19 ވާ ބުރާސްފަތި ދުވަހު ކަމަށް، އޮމާންގެ މިނިސްޓްރީ އޮފް އެންޑޯމެންޓްސް އެންޑް ރިލިޖަސް އެފެއާޒްގެ ހަނދު ބަލާ މަރުކަޒީ ކޮމެޓީން، ރަސްމީކޮށް އިޢުލާންކޮށްފިއެވެ.

މި ތާރީޚު ކަނޑައަޅާފައިވަނީ ފަލަކީ ހިސާބުތަކަށާއި ހަނދުގެ ދައުރުވުމަށް ބަލައި، އިސްލާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި ނިންމުން ނިންމާފައިވަނީ ޝަޢުބާން މަސް ނިމި ރަމަޟާން މަހުގެ ހަނދު ފެނުމާ ގުޅޭގޮތުން ކުރެވުނު ދިރާސާތަކަށް ބިނާކޮށެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު އޮމާނަށް ހަނދު ފެނުމުގެ ފުރުޞަތެއް ނެތެވެ. އެހެންކަމުން، ޝަޢުބާން މަސް 30 ދުވަހަށް ފުރިހަމަވާނީ ފެބްރުއަރީ 18 ވާ ބުދަ ދުވަހަށެވެ. މިއާއެކު، ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ފެބްރުއަރީ 19 ވާ ބުރާސްފަތި ދުވަސް ކަމުގައި ވަނީ ނިންމާފައެވެ. 

މިހާ ކުރީބައިގައި މި ތާރީޚު އިޢުލާން ކުރުމުގެ މަޤްޞަދަކީ އާއިލާތަކާއި، ވިޔަފާރިތަކާއި، އަދި ދީނީ މުއައްސަސާތަކަށް ރަމަޟާން މަހުގެ އަޅުކަންތަކަށް ފުރިހަމައަށް ތައްޔާރުވުމަށް ފުރުޞަތު ދިނުން ކަމަށް އެގައުމުން ބުނެއެވެ. މީގެ އިތުރުން، ހަނދު ބެލުމުގައި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ތަބާވުމުގެ މުހިންމުކަންވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ހަނދާންކޮށްދީފައެވެ.

އޮމާނަކީ ގަލްފުގެ ޤައުމުތަކުގެ ތެރެއިން އެންމެ ކުރިން ރަމަޟާން މަސް ފެށޭ ތާރީޚު ކަނޑައެޅި އެއް ޤައުމަށް ވުމާއެކު، މިއީ އަވަށްޓެރި އެހެން ޤައުމުތަކަށްވެސް މިކަމުގައި ބަލާނެ މުހިންމު މަރުޖިޢަކަށް ވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.