ޝެއިޚް ނައިފަރީގެ ރޭގެ ދަރުސްގެ ތެރެއިން: ފޮޓޯ/ ވޮއިސް
ހަބަރު
13 Feb 2026 | 08:33
ޝެއިޚް ކިޔައިދެއްވީ ތަނަވަސްކަންދެއްވުން އެދި ދުޢާކޮށްދިނުމަށް ރަސޫލާގެ އަރިހުގައި ދެންނެވި މީހާގެ ވާހަކަ

މުއްސަނދިކަމާއި ތަނަވަސްކަން ދެއްވުން އެދި ދުޢާކޮށްދިނުމަށް ރަސޫލާ އަށް ދެންނެވި މީހާއަށް އާޚިރުގައި ވީ ގޮތުގެ ވާހަކަ ޝެއިޚް މުޙައްމަދު އިބްރާހިމް (ނައިފަރީ) ކިޔައިދެއްވައިފިއެވެ.

”ކަލަކުވޭ ބިރުވެތިވޭ“ ސީރީޒްގެ ދަށުން ”الله ގެ ނިޔާއަށް ރުހުން“ މައުޟޫއަށް ޝެއިޚް ނައިފަރީ ރޭ ދެއްވި ދަރުހުގައި ޝެއިޚް މިވާހަކަ ކިޔައި ދެއްވީ މާތް الله ދެއްވި ނިޢުމަތްތަކަށް ރުހި އެކަމަށް ޝުކުރުވެރިވުމުގެ މުހިންމުކަމަށް އަލިއަޅުވާލައި ވާހަކަދައްކަވަމުންނެވެ. 

އެގޮތުން ޝެއިޚް ވިދާޅުވީ، ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި މުއުމިނުންނަށް މުސީބާތްތަކާއި ދަތި އުނދަގޫތަކެއް ނުޖެހޭނެއެވެ. އެހެން ނަމަވެސް އަޅާއަށް އިމްތިހާން ތަކާއި ކުރިމަތިލާންޖެހޭނީ މާތް الله އަށް އީމާންވުމުން ކަމަށް ޝެއިޚް ވިދާޅުވިއެވެ. އަދި އެކަން ކީރިތި ޤުރުއާނާއި ރަސޫލާ ﷺ ގެ ޙަދީޘް ބަސްފުޅުތަކުންވެސް އެނގޭކަން، ޝެއިޚް ފާހަގަކުރެއްވިއެވެ. 

މިއާއެކު ޝެއިޚް ވިދާޅުވީ، މުއުމިނު އަޅާ އިމްތިހާން ކުރައްވަނީ އީމާންކަމުގައި ތެދުހަދާ މީހުންނާއި ދޮގު ހަދާ މީހުން ބައްލަވައި އިމްތިހާން ކުރެއްވުމަށް ކަމަށާ، އެންމެ ބޮޑެތި އިމްތިހާން ތަކާއި ކުރިމަތިލައްވަންޖެހިވަޑައިގަތީ ނަބީބޭކަލުންނަށަ  ކަމަށެވެ. އެހެނީ އަޅާގެ އީމާންކަން ވަރުގަދަވީ ވަރަކަށް އިމްތިހާންތައް ވަރުގަދަ ވާނެކަމަށެވެ. 

ސުވަރުގެ ވަށައިގެންވަނީ މުސީބާތްތަކާއި އިމްތިހާނު ތަކާއި، އިންސާނާގެ ހިތް ނޭދޭ ކަންކަމުން ކަން ފާހަގަކުރައްވައި ޝެއިޚް އިތުރަށް ވިދާޅުވީ، އެކަން ދަނެ އެކަމާމެދު އަހަރެމެން އަގީދާ ވަރުގަދަ ވާންޖެހޭނެ ކަމަށެވެ. އަދި ފަގީރު މީހާ ފަގީރު ވަނީވެސް އޭގައި ޙިކުމަތެއް އޮވެގެންކަމަށާ އެކަން ރަސޫލާ ﷺ ގެ ޒަމާނުގައި ހިނގައިދިޔަ ހާދިސާއަކުންވެސް ހާމަވެގެންދިޔަކަމަށް ޝެއިޚް ވިދާޅުވިއެވެ. އެ ހާދިސާ ޝެއިޚް ވަނީ ދަރުސްގައި ކިޔައި ދެއްވާފައެވެ.

އެގޮތުން ވިދާޅުވީ، އެއްދުވަހަކު ވަރަށް ފަގީރު ޞަޙާބީބޭކަލަކު ނަބިއްޔާ ﷺ އަރިހަށް ވަޑައިގެން، އެބޭކަލަށް ތަނަވަސްކަންދެއްވުން އެދި ދުޢާ ކުރެއްވުމަށް ދެންނެވި ކަމަށެވެ. 

”الله ގެ ރަސޫލާ އޭނާއަށް ނަޞޭޙަތްތެރިވީ. الله ގެ ނިޔާއަށް ރުހޭށޭ. އެކަމުގެ މައްޗަށް ކެތްތެރިވާށޭ. ނަޞޭހަތް ދެއްވާފައި އޭނާ ފޮނުވައިލެއްވީ އެދުވަހު. 

އަނެއް ދުވަހުވެސް އޭނާ އައިސްފި. އައިސްފައި ހަމަ އެގޮތަށް ދެންނެވީމާ، ރަސޫލާ އޭނާއަށް އެފަދައިން ނަޞޭޙަތް ދެއްވާފައި ފޮނުވައިލެއްވީ. 

ތިންވަނަ ދުވަހު އައީމާ އެކަލޭގެފާނު އޭނާއަށް ދުޢާ ކޮށްދެއްވީ. ދުޢާކޮށްދެއްވީމާ، އޭނާއަށް ބަކަރި ލިބި، ބަކަރިތައް ގިނަވެގެން އޭނާ ރަށްބޭރުން ބިމެއް ގަނެގެން އެ ބިމުގައި އޭނާ ބަކަރި ގެންގުޅެން ފަށައިފި. ބޮޑު މުއްސަންޖަކަށް ވެއްޖެ.

الله ގެ ނަބިއްޔާ ކޮންމެ ދުވަހަކު ބައްލަވާަ، އޭނާ މިސްކޮތަށް ނަމާދުގެ ޖަމާޢަތަށް ހާޒިރުވޭތޯ. އެކަލޭގެފާނަށް ފެނިވަޑައިގަތީ އޭނާ ނަމާދުތަކަށް ފަސްޖެހޭތަން. ޖަމާޢަތަށް ފަސްޖެހޭތަން. ފަސްޖެހެމުންގޮސް އެންމެ ފަހުން ނަމާދު އެޅެން ފަށައިފި އޭނާއަށް އެންމެ ފަހުންގޮސް އޭނާ ހުކުރަށްވެސް ނާންނަންފެށި. 

اللهގެ ނަބިއްޔާ އޭނާ ގެންނަވާފައި ދެއްނެވީ ،ތިބާއަށް މުއްސަނދިކަން ދެއްވީމާ ތިބާގެ މުޅި ދެދުނިޔެ އަބާއްޖަވެރިވެގެން ދިޔައީއޭ. އާޚިރަތް ބަރުބާދުވެގެން ދިޔައީއޭ. ތިބާ ފަގީރެއްގެ ގޮތުގައި ހުރިއިރު ބަރާބަރަށް ނަމާދުގެ ޖަމާއަތަށް ހާޒިރުވީމުއޭ. ދީނީ ކަންތައްތަކަށް ފަރުވާތެރިވީމުއޭ. އެކަމަކު ތިބާއަށް މުއްސަނދިކަން ލިބުނީމާ އެހުރިހާ ކަމެއް ހަނދާންނެތިގެން ދިޔައީއޭ. އެކަމަށްޓަކައޭ މާތް الله  ތިބާއަށް އެ މުއްސަނދިކަން ނުދެއްވީ. ދުނިޔޭގައި ފަގީރެއްގެ ގޮތިގައި ހުރެ ތިބާއަށް ތިބާގެ އާޚިރަތް ކާމިޔާބުވެއްޖެ ނަމަ އެއީ ކިހާބޮޑު ބާއްޖަވެރިއެއް ހެއްޔޭ؟“

އެހެންކަމުން ދުނިޔޭގައި ކިތަންމެ ދަތިހާލުގައި އުޅުނު ނަމަވެސް އާޚިރަތް ބާއްޖަވެރިވެއްޖެ ނަމަ އެމީހަކީ ކާމިޔާބު މީހެއް ކަމުގައި ޝެއިޚް ވިދާޅުވިއެވެ. އެހެނީ ދުނިޔެއަކީ ވަގުތީ ތަނަކަށްވާއިރު އާޚިރަތުގެ ޙަޔާތަކީ އަބަދުގެ ޙަޔާތްކަމަށާ، އެތަނުގައި ކަންބޮޑުވުމެއް، ކަމަކާ ފިކުރުކުރުމެއް، ހިތާމައެއް އަދި ބަލިމަޑުކަމެއް ކުރިމަތިނުވާނެ ކަމަށް ޝެއިޚް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް