އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް-- ފޮޓޯ/ ބީބީސީ
ދުނިޔެ
13 Feb 2026 | 15:15
އީރާނުން ނިއުކްލިއާ އެއްބަސްވުމަކަށް އަންނަން ދޭނީ 1 މަސް: އެމެރިކާ

އީރާނުގެ ނިއުކްލިއާ މައްސަލައިގައި އާ އެއްބަސްވުމަކަށް އައުމަށްޓަކައި، އެމެރިކާއިން އެއް މަސްދުވަހުގެ ނުރަސްމީ މުހުލަތެއް ކަނޑައަޅައި އީރާނަށް ދެމުްނދާ ފިއްތުންތައް ވަރުގަދަކޮށްފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދޭގޮތުގައި، އަވަސް މުއްދަތެއްގެ ތެރޭގައި އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އޭގެ ނަތީޖާ ވަރަށް ހިތިވެ، މެދުއިރުމަތީގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެގެންދާނެއެވެ. މި ހަފުތާގައި ވޮޝިންގޓަންގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ބުނެފައިވަނީ، މި އެއްބަސްވުމާއި ގުޅޭ މަޝްވަރާތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދަންޖެހޭ ކަމަށާއި، ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި މިކަމަށް ކުރިއެރުމެއް ލިބެންޖެހޭނެ ކަމަށެވެ. އަދި މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ، އީރާނަށް ވަރަށް ނުރައްކާތެރި ނަތީޖާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. 

އީރާނުގެ ނިއުކްލިއާ މަޝްރޫޢާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން ގޯސްވެފައިވާތާ އަހަރުތަކެއް ވެފައިވާއިރު، މި ނުތަނަވަސްކަން އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަށް އެތައް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެމެރިކާގެ ވޮޝިންގޓަނުން ބާރުއަޅަނީ އީރާނުގެ ނިއުކްލިއާ ހަރަކާތްތައް ވަރަށް ބޮޑަށް ހަނިކުރުމަށާއި، މިސައިލް އުފެއްދުމާއި ސަރަޙައްދީ ސަލާމަތާ ގުޅުންހުރި އެހެނިހެން ކަންކަންވެސް އެއްބަސްވުމުގައި ހިމެނުމަށެވެ. ނަމަވެސް، އީރާނުން ބުނަމިން ދަނި އެގައުމުން ނިއުކްލިއާ ހަރަކާތްތައް ކުރިއަށްގެންދަނީ ނުހަނު ސަމާލުކަމާއި އެކުގައި ކަމަށެވެ. 

ޚާރިޖީ ގޮތުން ކުރާ މަސައްކަތްތަކުގެ އިތުރުން، އެމެރިކާއިން ދަނީ އެ ސަރަޙައްދުގައި އަސްކަރީ ފިއްތުންތައްވެސް ބޮޑުކުރަމުންނެވެ. އެގޮތުން، މަޝްވަރާތައް ނާކާމިޔާބުވެއްޖެ ހާލަތެއްގައި ތައްޔާރަށް ތިބިކަން ހާމަކުރުމުގެ ގޮތުން، އިތުރު މަތިންދާބޯޓު އުފުލާ މަނަވަރުތައް އެ ސަރަޙައްދަށް ފޮނުވުމަށްވެސް ދަނީ މަޝްޗަރާކުރަމުންނެވެ. ކަމާއި ބެހޭ މާހިރުން ބުނާ ގޮތުގައި، މިފަދަ ހަރުކަށި މުހުލަތުތަކާއި އަސްކަރީ ބާރު ދެއްކުމުގެ ބޭނުމަކީ، އީރާނުން ދޫދިނުން އަވަސްކުރުމަށް މަޖުބޫރުކުރުވުމާއި، އީރާނުގެ ނިއުކްލިއާ ބާރާއިމެދު އެމެރިކާގެ ކަންބޮޑުވުން ކުޑަކުރުމެވެ. މި ކަމާއި ގުޅިގެން އީރާނުގެ ވެރިން ބުނަމުންދަނި މަޝްވަރާތައް ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ކަމަށެވެ. ނަމަވެސް އެ މަޝްވަރާތައް ކުރިއަށްދާންވާނީ އެއްވެސް ބިރުދެއްކުމެއް ނުވަތަ މަޖުބޫރުކުރުމެއް ނެތި ކަމަށެވެ.

އެގޮތުން، ކުރިއަށް އޮތް ހަފުތާތަކުގައި ބާއްވާ މަޝްވަރާތަކަށް ދެ ގައުމުންވެސް ތައްޔާރުވަމުންދާއިރު، ޚާރިޖީ މާހިރުންނާން އިންޒާރު ދެނީ މި މަޝްވަރާތަކުގެ ނަތީޖާއަކީ މުޅި ސަރަޙައްދުގެ ހަމަޖެހުމާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެގޮތުން، މަޝްވަރާތައް ކާމިޔާބުވެއްޖެނަމަ ނުތަނަވަސްކަން ކުޑަވާނެ ކަމަށާއި، ނާކާމިޔާބުވެއްޖެނަމަ އާ ކުރިމަތިލުންތަކަކަށް މަގުފަހިވެ، އަސްކަރީ ހަމަނުޖެހުމަކަށް ބަދަލުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.