މި އެވޯޑު ލިބުނު ބައެއް ފަރާތްތައް-- ފޮޓޯ/ އެމްއޭސީއެލް
ހަބަރު
13 Feb 2026 | 20:15
އެމްއޭސީއެލް އިން މުޅިން އަލަށްދޭ "ވެލާނާ އެވޯޑްސް" 22 ފަރާތަކަށް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން, "ވެލާނާ އެވޯޑްސް"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ދީފިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭ ބޭއްވި މި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެމްއޭސީއެލްގެ ޗީފް އޮޕަރޭޓިން އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދުއެވެ. އަދި މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ބޯރޑް މެންބަރުންނާ، އިސްވެރިންނާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވީ, ވެލާނާ އެވޯޑްސްއަކީ ހަމައެކަނި ދޭ އެވޯޑެއް ނޫން ކަމަށާއި އެއީ އެމްއޭސީއެލް އާއެކު ކޮންމެ ދުވަހަކުވެސް ސާބިތުވެ ތިއްބަވާ ކުންފުނީގެ ޕާޓްނަރުން, އެ ބޭފުޅުން ކުރައްވާ މަސައްކަތުގެ އަގުވަޒަންކޮށް, އެކުގައި ހޯދާ ކާމިޔާބީގެ އުފާފާޅުކުރުން ކަމަށެވެ. އެގޮތުން އޮޕަރޭޝަނަލް ކުރިއެރުމަކީ ކާމިޔާބީ މިނެކިރާ އެންމެ މުހިންމު އެއް މިންގަނޑު ނަމަވެސް އެމްއޭސީއެލްގެ ކުރިއެރުމަކީ ހަމައެކަނި ޢަދަދުތަކެއް ނޫން ކަމަށާއި އެއީ އޭގެ ސަބަބުން އަންނަ ހެޔޮ ބަދަލު ކަމަށްވެސް އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ, ކޮންމެ އަހަރަކުވެސް ފަތުރުވެރިކަން ކުރިއަރުވައި ފުޅާކުރުމަށާއި ކާގޯ އޮޕަރޭޝަންތައް އިތުރުކުރުމަށާއި ގައުމުގެ އިގުތިސާދު ވަރުގަދަކުރުމަށް މުހިންމު ލަނޑުދަނޑިތަކެއް ސަރުކާރުން ކަނޑައަޅުއްވާ ކަމަށާއި އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެއާލައިންތަކާއެކު ވަރުގަދަ ގުޅުމެއް ބޭނުންވާ ކަމަށެވެ.

މި އެވޯޑު ލިބުނު ބައެއް ފަރާތްތައް-- ފޮޓޯ/ އެމްއޭސީއެލް

މި އަހަރުގެ އެވޯޑް ރަސްމިއްޔާތުގައި 3 ދާއިރާއަކުން 22 އެވޯޑް ވަނީ ދީފައެވެ.

ވެލާނާ އެވޯޑްސް ލިބުނު ފަރާތްތައް:

- އެއާލައިން އޮފް ދަ އިޔާ: އިއްތިހާދު އެއާވޭސް

- ފްރެއިޓާ އޮފް ދަ އިޔާ: އެފްކޮމް ހޯލްޑިންގްސް ލިމިޓެޑް

- ޕަސެންޖާ އެވޯޑް (އިންޓަރނޭޝަނަލް)

- ޓޮޕް އެއާލައިން ބައި ޕެސެންޖަރ ގްރޯތް:

o      އީސްޓް އެންޑް ސައުތްއީސްޓް އޭޝިއާ: އެއާއޭޝިއާ

o      މިޑިލް އީސްޓް: އެތިހާދު އެއާވޭސް

o      ކޮމަންވެލްޓް އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް (ސީއައިއެސް): އޭރޯފްލޮޓް

o      ޔޫރަޕް: ވާޖިން އެޓްލާންޓިކް

o      އިންޑިއަން ސަބްކޮންޓިނެންޓް: ފިޓްސް އެއާ

- ޕަސެންޖާ އެވޯޑް (އިންޓަރނޭޝަނަލް)

- ޓޮޕް އެއާލައިން ބައި ޕެސެންޖަރ ތްރޫޕުޓް:

o      އީސްޓް އެންޑް ސައުތްއީސްޓް އޭޝިއާ: ސިންގަޕޯ އެއާލައިންސް

o      މިޑިލް އީސްޓް: އެމިރޭޓްސް

o      ކޮމަންވެލްޓް އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް (ސީއައިއެސް): އޭރޯފްލޮޓް

o      ޔޫރަޕް: ޓާކިޝް އެއާލައިންސް

o      އިންޑިއަން ސަބްކޮންޓިނެންޓް: އިންޑިގޯ

- ޕެސެންޖަރ އެވޯޑް (ޑޮމެސްޓިކް)

o      ޓޮޕް ޑޮމެސްޓިކް އެއާލައިން ބައި ޕެސެންޖަރ ގްރޯތް: މަންތާ އެއާ

o      ޓޮޕް ޑޮމެސްތިކް އެއާލައިން ބައި ޕެސެންޖަރ ތްރޫޕުޓް: ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)

- ކާގޯ އެވޯޑް:

o      ޓޮޕް އެއާލައިން ބައި އެއާ ޓު އެއާ އިމްޕޯޓް: އެފްކޮމް ހޯލްޑިންގްސް ލިމިޓެޑް

o      ޓޮޕް އެއާލައިން ބައި އެއާ ޓު އެއާ އެކްސްޕޯޓް: ގަތަރު އެއާވޭސް

o      ޓޮޕް އެއާލައިން ބައި ސީ ޓު އެއާ އެކްސްޕޯޓް: ގަތަރު އެއާވޭސް

o      ޓޮޕް އެއާލައިން ބައި ކާގޯ ތްރޫޕުޓް: އެމިރޭޓްސް

- ލައުންޖް އެވޯޑް ކެޓަގަރީ:

o      ވިލު ޕާޓްނަރ އެވޯޑް – ޖަވަކަރަ އައިލެންޑް މޯލްޑިވްސް

o      މާމަހި ޕާޓްނަރ އެވޯޑް )ޓްރެވަލް އެޖެންޓް އެންޑް ޓުއަރ އޮޕަރޭޓަރ(: އަވިއާ މޯލްޑިވްސް

o      މާމަހި ޕާޓްނަރ އެވޯޑް )ރިސޯޓް(: ސޮނެވާ ރިސޯޓްސް, މޯލްޑިވްސް

o      ކޮވެލި ޕާޓްނަރ އެވޯޑް - އެމިރޭޓްސް

ވެލާނާ އެވޯޑްސްއަކީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަދި ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޕާޓްނަރުން ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް, އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދޭން ކަނޑައާޅާފައިވާ އެވޯޑެއްކަމަށް އެމްއޭސީއެލްއިން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ